އަލް ގައިދާ މިހާރު ކޮބާ؟

އަލް ގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ (ކ) އަދި އުސާމާ ބިން ލާދިން.

އަލް ގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ (ކ) އަދި އުސާމާ ބިން ލާދިން.

އަލް ގައިދާގެ ފައުންޑަރު އުސާމާ ބިން ލާދިން މަރާލިތާ ދިހަ އަހަރު ފަހުން، މިއަދު އެ ޓެރަރިސްޓު ނެޓްވޯކުން ފެންނަ ސިފަތަކަކީ މީގެ ވިހި އަހަރު ކުރިން ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމެރިކާ އަށް ހަމަލާ ދިން ނެޓްވޯކުން ފެންނަ ސިފަތަކެއް ނޫނެވެ. ނެޓްވޯކުގެ ލީޑާޝިޕް ސްޓްރަކްޗާ މިއަދު ވަނީ މުޅިން ބަދަލުވެފަ އެވެ. އެކަމަކު އަދިވެސް އެއީ ދުނިޔެއަށް އޮތް ނުރައްކަލެކެވެ.

އުސާމާ ބިން ލާދިން މަރާލީ ޕާކިސްތާނުގައި އޭނާ ސިއްރުން ދިރިއުޅެމުން ދަނިކޮށް، އެމެރިކާގެ ހާއްސަ ފައުޖުތަކުގެ ހަމަލާއެއްގަ އެވެ. އެއާއެކު އަލް ގައިދާގެ ލީޑަރު ކަމަށް އައީ މިސްރުގެ އައިމަން އަލް ޒަވާހިރީ އެވެ. އުސާމާ ފަދައިން އޭނާ ވެސް އުޅެމުން އަންނަނީ ފިލައިގެންނެވެ. އޭނާ އުޅޭ ނޫޅޭ ތަނެއް ކަށަވަރުކޮށް ބުނަން ނޭނގުނު ނަމަވެސް، ބެލެވެނީ އަފްގާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ހިސާބުގައި އުޅޭ ކަމަށެވެ.

ޒަވާހިރީ މަރުވި ކަމަށް ވެސް ދޭތެރެއަކުން އަޑު އެރި އެވެ. އެކަމަކު އެއީ ވެސް ޔަގީން ކުރެވޭ ހަބަރެއް ނޫނެވެ.

"މިހާރުގެ އަލް ގައިދާ އަކީ ކުރީގެ އަލް ގައިދާގެ ހިޔަންޏެއް. ޒަވާހިރީގެ އެންމެ ބޮޑު ކާމިޔާބީއަކީ އަލް ގައިދާ މަރުވިޔަ ނުދީ ހިފެހެއްޓުން،" ޕެންސިލްވޭނިއާގެ ހެވާފޯޑް ކޮލެޖުގެ ޓެރަރިޒަމާ ގުޅޭ ތަޖުރިބާކާރު ބަރަކް މެންޑެލްސޯން އޭއެފްޕީ އަށް ވިދާޅުވި އެވެ.

މެންޑެލްސޯން ވިދާޅުވީ މުހިއްމު ނިންމުންތައް ނިންމާ މައި މަރުކަޒެއްގެ ބަދަލުގައި އަލް ގައިދާ އަކީ މިހާރު "އެޑްވައިޒަރުންގެ ބޯޑެއް" ފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޓެރަރިސްޓުންނަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދޭ ބަޔެއް ކަމަށެވެ.

އުމުރުން 69 އަހަރުގެ ޒަވާހިރީގެ ލީޑާޝިޕްގެ ދަށުން އަލް ގައިދާގެ އޮޕަރޭޝަންތައް ހިންގާ ސަރަހައްދު ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން ޔަމަނާއި، ސޯމާލިއާ، އަފްގާނިސްތާނާއި ސީރިއާ އަދި އިރާގުގައި ވެސް އަލް ގައިދާގެ ގޮފިތައް ގާއިމްކޮށްފައި ވެ އެވެ.

"ޒަވާހިރީގެ ލީޑާޝިޕުގައި އަލް ގައިދާ ވަރަށް ބޮޑަށް ލާމަރުކަޒީ ކޮށްފި. އެ ސަރަހައްދެއްގެ އަލް ގައިދާ ގޮފީގެ ބާރުތައް ވެސް ދީފައި މި އޮންނަނީ ގޮފީގެ ތެރެއިން ހޮވާ ލީޑަރުންނަށް،" ކައުންޓާ އެކްސްޓީމިޒަމް ތިންކް ޓޭންކުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވެ އެވެ.

ރިޕޯޓުގައިވާ ގޮތުގައި އަލް ގައިދާގެ ކުޑައިގެ ދަށުން ގިނަ އަދަދެއްގެ ޓެރަރިސްޓު ގްރޫޕު އުފައްދާ، މަސައްކަތަށް ނެރުމަށް ޒަވާހިރީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ކުރިމަގު ޔަގީނެއް ނޫން

ޒަވާހިރީ މަރުވެފައިވާ ކަމަށް އަޑުތައް ފެތުރޭތާ އަހަރުތަކެއް ވެއްޖެ އެވެ. އެންމެ ފަހުން 2020 ވަނަ އަހަރު ނިމުމަކާ ގާތްވެފައި ވަނިކޮށް، ބައެއް ރިޕޯޓުތައް ބުނި ގޮތުގައި ހިތުގެ މައްސަލައެއް ދިމާވެ ޒަވާހިރީ ވަނީ މަރުވެފަ އެވެ. އެކަމަކު އެއީ ޔަގީން ހަބަރެއް ނޫނެވެ.

އޭގެ ފަހުން އަލް ގައިދާ އިން ނެރުނު ވީޑިއޯ މެސެޖެއްގައި ޒަވާހިރީ ވަނީ މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ މެދު އަމަލު ކުރަމުންދާ ގޮތް ކުށްވެރިކޮށްފަ އެވެ. އެކަމަކު ވީޑިއޯގައި ވަކި ތާރީހެއް ނެތުމާއެކު އެއީ އޭނާ ދިރިހުރިކަމުގެ ސާބިތު ހެއްކެއް ކަމަށް ބެލެވޭކަށް ނެތެވެ.

އަލް ގައިދާގެ ލީޑާޝިޕާ މެދު ކުރެވޭ ޝައްކުތަކުގެ ވާހަކަ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ވެސް ފެންމަތިވި އެވެ. އިޒްރޭލުގެ ޖާސޫސީ އޭޖެންޓުން ދިން ހަމަލާއެއްގައި އިރާނުގެ ތެހްރާނުގައި ހުރި އަލް ގައިދާގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަހްމަދު އަބްދުﷲ ނުވަތަ އަބޫ މުހައްމަދު އަލް މަސްރީ އޭރު މަރާލި އެވެ.

ޒަވާހިރީ ދުނިޔޭގައި ހުރި ނަމަ، އޭގެ މާނައަކީ މި ވަގުތު އަލް ގައިދާގެ އެންމެ އިސް ލީޑަރަކަށް ހުރީ ސިއްހީ މައްސަލަތައް ގިނަ، އުމުރުން ދުވަސްވީ މީހެއް ކަމެވެ. ޒަވާހިރީ އަކީ ސެޕްޓެމްބަރު 11 ހަމަލާގެ ފަހަތުގައިވާ އެއް މޭސްތިރި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އޭނާއަކީ އުސާމާ ބިން ލާދިން ފަދައިން ވަރުގަދަ ޒަމާނީ ހަމަލާތައް ރޭވުމުގެ ވިސްނުން ހުރި މީހެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެމެރިކާ އިން ހޯދަމުންދާ ޓެރަރިސްޓުންގެ ލިސްޓުގައި ޒަވާހިރީ ހިމަނައި، އޭނާއާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 25 މިލިއަން ޑޮލަރު ވަނީ ހުށަހަޅާފަ އެވެ. އެކަމަކު ތަޖުރިބާކާރުން ބުނާ ގޮތުގައި ޒަވާހިރީ އަކީ އޮފިޝަލުން މާ ބޮޑަށް ކަންބޮޑުވާ މީހެއްގެ ގޮތުގައެއް ނުބެލެވެ އެވެ. އޭގެ އިތުރުން އޭނާ ހިފަހައްޓައި، ހައްޔަރު ކުރުމަށް މަސައްކަތް ނުކުރާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

ބައެއް އެނެލިސްޓުން ދެކޭ ގޮތުގައި އެމެރިކާ އިން އަލް ގައިދާ އަށް ދޭ އިސްކަން ކުޑަވެފައި ވަނީ ވާދަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕުގެ ނުރައްކާ އެއަށްވުރެ ބޮޑު ކަމަށް ބެލެވޭތީ އެވެ.

އައިއެސްގެ ބާރު ފެތުރިފައި އޮތް އިރު، އިރާގާއި ސީރިއާގެ ބޮޑު ބައެއް ހިފައި "އިސްލާމީ ވެރިކަމެއް" ގާއިމްކޮށްގެން ކުރި މަސައްކަތުގެ ދަށުން، ސޯޝަލް މީޑިއާގައި ޕްރޮޕެގެންޑާ ފެތުރުމުގައި އަލް ގައިދާގެ މައްޗަށް ކުރި ހޯދި އެވެ.

އަލް ގައިދާ އާއި އައިއެސް އެއްބައިވުމުގެ ބަދަލުގައި، މި ދެ ގްރޫޕުން ވަނީ އެކި ފަހަރު މަތިން މެދުއިރުމައްޗާއި އެފްރިކާގައި ހަނގުރާމަކޮށްފަ އެވެ.

އާ ޖީލެއް؟

މި ވަގުތު ޒަވާހިރީ ދުނިޔޭގައި ހުރި ނަމަވެސް ނުވަތަ މަރުވެފައިވާ ނަމަވެސް، ތަޖުރިބާކާރުން ދެކޭ ގޮތުގައި އޭނާގެ ލީޑާޝިޕްގެ ޒަމާން މި ވަނީ ނިމުމަކާ ގާތްވެފަ އެވެ. ޒަވާހިރީގެ ބަދަލުގައި އަލް ގައިދާގެ ލީޑަރުކަމަށް އަންނާނެ ކަމަށް ބެލެވޭ ކެންޑިޑޭޓަކީ މިސްރުގެ ސައިފް އަލް އަދެލް އެވެ.

އަދެލްއަކީ މިސްރުގެ ހާއްސަ ފައުޖުގެ ކުރީގެ ލެފްޓިނެންޓް ކާނަލް އެކެވެ. އޭނާ މިސްރުގެ އިސްލާމިކް ޖިހާދު ގްރޫޕާ ގުޅުނީ 1980 ގެ ތެރޭގަ އެވެ. ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމާއެކު އޭނާ ވަނީ އަފްގާނިސްތާނަށް ދަތުރުކޮށް ޒަވާހިރީގެ ލީޑާޝިޕްގެ ދަށުގައި އޮތް އަލް ގައިދާއަށް ބައިއަތު ހިފާފަ އެވެ.

"އަދެލް ވަނީ އަލް ގައިދާ އޮޕަރޭޓް ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށް، ވަރަށް އަވަހަށް އެ ގްރޫޕުގެ މުހިއްމު ޝަހުސިއްޔަތަކަށް ވެފައި," ކައުންޓާ އެކްސްޓްރީމިޒަމް ތިންކް ޓޭންކުން ބުންޏެވެ.

އެ ތިންކް ޓޭންކުން އިތުރަށް ބުނީ ސެޕްޓެމްބަރު 11 ގެ ހަމަލާތައް ދިނުމުގައި ބައިވެރިވި ހަނގުރާމަވެރިން ތަމްރީން ކުރުމުގައި އަދެލް މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ.

އދ. އިން 2018 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނީ އަދެލް ދިރިއުޅެނީ އިރާނުގައި ކަމަށެވެ. އިޒްރޭލުގެ ހަމަލާގައި އަލް ގައިދާގެ ޑެޕިއުޓީ ލީޑަރު މަސްރީ ތެހްރާނުގައި މަރާލުމާއެކު އިރާނުން ވަނީ އަލް ގައިދާގެ ލީޑަރުންނަށް ރައްކާތެރިކަން ނުދޭ ކަމަށް ބުނާ ވާހަކަ ތަކުރާރުކޮށްފަ އެވެ.

"ސަޕްރައިޒެއްގެ ފުރުސަތު އެބަ އޮތް. ފަހަރުގައި އާ ޖީލަކަށް ލީޑާޝިޕުން ފުރުސަތު ދީފާނެ،" ކުރިން ވާހަކަ ދެއްކި މެންޑެލްސޯން ވިދާޅުވި އެވެ.

އަދެލްއާ ބެހޭ މާ ގިނަ މައުލޫމާތެއް ހާމަވެފައި ނުވާއިރު، އަލް ގައިދާގެ ޒުވާން މެމްބަރުން އޭނާއާ މެދު ދެކޭ ގޮތް ވެސް ސާފު ނޫން ކަމަށް މެންޑެލްސޯން ވިދާޅުވި އެވެ.

އެމެރިކާގައި ހިންގާ ސޫފަން ސެންޓާ ތިންކް ޓޭންކުގެ ރިސާޗް ޑިރެކްޓަރު ކޮލިން ކްލާކް ވިދާޅުވީ އަލް ގައިދާ އާއި އަލް ގައިދާގެ ސަބަބުން އުފެދުނު ހަރަކާތުގެ ތަފާތު ވަކިކުރަން ޖެހޭ ކަމަށެވެ.

"ބައެއް މީހުން ދެކޭ ގޮތުގައި އުސާމާ ބިން ލާދިން އާއި ޒަވާހިރީ އެކުގައި ބިނާކުރި އަލް ގައިދާ މިހާރު ނިމިއްޖެ. އެކަމަކު މާޒީއަށް ބަލައިފި ނަމަ އަލް ގައިދާއަކީ ވަރަށް ދެމެހެއްޓެނިވި ބައެއްކަން ސާފު. އެހެންވީމަ އަލް ގައިދާ ނިމިއްޖެ ކަމަށް ބުނެ، އެ މީހުންގެ ފަހު ސަފުހާ ލިޔެ ނިންމާލަން އަދި މާ އަވަސް."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox