ތޭރަ މަހަށް ފަހު ލުބްނާނުގެ އާ ސަރުކާރު އިއުލާނުކޮށްފި

ލުބްނާނުގެ ބޮޑު ވަޒީރު ނަޖީބު މިކާތީ.-- ފޮޓޯ: އޭއެފްޕީ

ލުބްނާނުގެ ބޮޑު ވަޒީރު ނަޖީބު މިކާތީ.-- ފޮޓޯ: އޭއެފްޕީ

ބެއިރޫތު، ލުބްނާން (ސެޕްޓެމްބަރު 11) - އިގްތިސާދީ އަދި މާލީ ބޮޑު ކާރިސާއަކާ ކުރިމަތިވެފައިވާ ލުބްނާނުގެ އާ ސަރުކާރު 13 މަހުގެ ދިގު އިންތިޒާރަކަށް ފަހު ހުކުރު ދުވަހު އިއުލާނުކޮށްފި އެވެ.

ލުބްނާނަށް ދިމާވެފައިވާ ކާރިސާއިން އަރައިގަތުމަށް ބޭނުންވާ ބޭރުގެ މާލީ އެހީ ލިބޭނީ އާ ސަރުކާރެއް އިއުލާނު ކުރުމުން ކަމަށް އޮތީ ޝަރުތުކޮށްފަ އެވެ. ނަމަވެސް ލުބްނާނަށް ބޭނުންވާ އިސްލާހީ ބަދަލުތައް އާ ސަރުކާރަށް ގެނެވޭނެ ކަމާ މެދު މާ ބޮޑު ޔަގީންކަމެއް ނެތެވެ.

ތިން ވަނަ ފަހަރަށް ލުބްނާނުގެ ބޮޑު ވަޒީރުކަން ކުރައްވަމުންދާ ބިލިއަނަރު ނަޖީބު މިކާތީ ވަނީ އާ ސަރުކާރު އިއުލާނު ކުރެއްވުމުގެ ގޮތުން ދެއްވި ބަޔާނުގައި ދަރަނިވެރިކަމުން ގައުމު ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ވައުދުވެވަޑައިގެންފަ އެވެ.

"ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދޭނެކަން ކަށަވަރު ކުރުމަށް ބޭރުގެ އެހީ ހޯދުމަށް ކޮންމެ ސިކުންތަކު ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނަން،" އަރަބި ގައުމުތަކުގެ އެހީ ހޯދާނެކަން ފާހަގަކުރައްވަމުން މިކާތީ ވިދާޅުވި އެވެ.

މިކާތީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ މިދިޔަ ޖުލައި މަހު އެވެ. އޭގެ ކުރިން ބޮޑު ވަޒީރު ކަމުގައި ތިއްބެވި ދެ ބޭފުޅުންނަށް ވެސް ވަނީ އާ ސަރުކާރެއް އުފެއްދުމަށް ސިޔާސީ ޕާޓީތައް އެއްބަސްވުމަކަށް ގެނެވޭ ގޮތް ނުވެފައެއް ނުވެ އެވެ.

ލުބްނާނުގެ ކުރީ ސަރުކާރުން އިސްތިއުފާ ދިނީ މިދިޔަ އަހަރުގެ ބެއިރޫޓު ބަނދަރުގައި ގޮވި ބޮޑު ގޮވުމަށް ފަހު އެވެ. އެ ގޮވުމުގައި 200 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އެކަން މެދުވެރިވީ ސަރުކާރުގެ ނާގާބިލުކަމާއި ކޮރަޕްޝަނާ ހެދި ކަމަށް ރައްޔިތުން ގަބޫލުކުރެ އެވެ.

ލުބްނާނަށް ކުރިމަތިވެފައިވާ މާލީ ކާރިސާއަކީ، ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި، 1850 ގެ އަހަރުތަކަށް ފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު މާލީ ކާރިސާ އެވެ. ފައިސާ އަގު އިންތިހާއަށް ވެއްޓި، ރައްޔިތުން ފަގީރުކަމުގައި އުޅެމުން ދާއިރު، ތެލުގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox