ހައްގާނީ ނެޓްވޯކް: އަފްގާނިސްތާނުގެ އެންމެ ބިރުވެރި ހަނގުރާމަވެރިން!

ހައްގާނީ ނެޓްވޯކްގެ ފައުންޑަރު ޖަލާލުއްދީން ހައްގާނީ (މ). -- ފޮޓޯ: އޭއެފްޕީ

ހައްގާނީ ނެޓްވޯކްގެ ފައުންޑަރު ޖަލާލުއްދީން ހައްގާނީ (މ). -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 8) - ތާލިބާނުން އިއުލާނު ކުރި އާ ސަރުކާރުގައި އަފްގާނިސްތާނުގެ "އެންމެ ބިރުވެރި" ހަނގުރާމަވެރި ގްރޫޕު، ހައްގާނީ ނެޓްވޯކްގެ ދެ މެމްބަރުން ހިމެނެ އެވެ.

ކުރިން ވެސް އަންދާޒާ ކުރެވުނު ގޮތަށް، ވިހި އަހަރަށް ފަހު އެމެރިކާ ފައުޖުތައް އަފްގާން ފަސްގަނޑު ދޫކޮށް ދިޔުމުން އޯގަސްޓު 15 ވަނަ ދުވަހު ވެރިކަމަށް އައި ތާލިބާނުންގެ ސަރުކާރުގައި ހައްގާނީ ނެޓްވޯކް ވާނީ މުހިއްމު ބައިވެރިއަކަށްކަން އެކަމުން ރަމްޒުކޮށްދެ އެވެ.

ހައްގާނީންނަކީ ކޮން ބައެއް؟

ހައްގާނީ ނެޓްވޯކް ނުވަތަ ހައްގާނީންގެ ފައުންޑަރަކީ 1980 ގެ އަހަރުތަކުގައި ސޯވިއެޓް ޔޫނިއަންގެ ސިފައިންނާ ދެކޮޅަށް ކާމިޔާބު ހޯދި ބަތަލެއްގެ ގޮތުގައި މަޝްހޫރުވި ޖަލާލުއްދީން ހައްގާނީ އެވެ.

އޭރު ޖަލާލުއްދީނަކީ އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އަށް މުހިއްމު މީހެކެވެ. އެމެރިކާ އާއި ޕާކިސްތާން ފަދަ ގައުމުތަކުން އޭރު ދިޔެއީ ސޯވިއެޓް ޔޫނިއަނާ ދެކޮޅަށް އުޅޭ ގްރޫޕުތަކަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ.

ސޯވިއެޓް ޔޫނިއަންގެ ސިފައިންނާއި ހަނގުރާމަ ކުރަމުން ދިޔައިރު، އަދި އޭގެ ފަހުން ވެސް ޖަލާލުއްދީން ހައްގާނީ ގެންދިޔެއީ ބޭރުގެ ހަނގުރާމަވެރިންނާއެކު ގާތް ގުޅުމެއް އުފައްދަމުންނެވެ. އޭގެ ތެރެއިން އެކަކަކީ އުސާމާ ބިން ލާދިން އެވެ.

ޖަލާލުއްދީން ހައްގާނީ ފަހުން ވަނީ 1996 ގައި ވެރިކަމަށް އާއި ތާލިބާނުންނަށް ބައިއަތު ހިފާފަ އެވެ. ދެހާސް އެއް ވަނަ އަހަރު އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރައި، އެ ވެރިކަން ވައްޓާލުމާ ހަމައަށް އޭނާ ހުރީ މިނިސްޓަރެއްގެ މަގާމުގަ އެވެ.

ދިގު މުއްދަތަކަށް ބަލިވެ އުޅުމަށް ފަހު ޖަލާލުއްދީން ހައްގާނީ މަރުވުމާއެކު އެ ގްރޫޕުގެ ލީޑަރަކަށް 2018 ވަނަ އަހަރު އައީ އޭނާގެ ދަރި ސިރާޖުއްދީން ހައްގާނީ އެވެ.

ހައްގާނީ ނެޓްވޯކްގެ މާލީ އަދި އަސްކަރީ ބާރާއި އަނިޔާވެރި ސިފަތަކާ ހެދި، ތާލިބާނުންގެ ތެރޭގައި ހިމެނުނަސް، އެ މީހުން ބެލެވިފައި އޮންނަނީ ވަކި ގްރޫޕެއްގެ ގޮތުގަ އެވެ.

އިރުމަތީ އަފްގާނިސްތާނުގައި ބޮޑަށް ހަރަކާތްތެރިވާ ހައްގާނީ ނެޓްވޯކުގެ އަސްކަރީ މަރުކަޒުތައް ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ކަމަށް ވެ އެވެ. ތާލިބާނުންގެ ލީޑާޝިޕްގެ ތެރެއިން ހައްގާނީ ނެޓްވޯކްގެ މެމްބަރުން ފެންނަން ފެށީ ވަރަށް ފަހުންނެވެ. އެގޮތުން 2015 ވަނަ އަހަރު ސިރާޖުއްދީން ހައްގާނީއަށް ވަނީ ތާލިބާނުންގެ ޑެޕިއުޓީ ލީޑަރުކަން ދީފަ އެވެ.

އެ މީހުން ދެކެ ބިރުގަންނަނީ ކީއްވެ؟

ފާއިތުވި ވިހި އަހަރުގެ ތެރޭގައި އަފްގާނިސްތާނުގައި ދިން އެންމެ ނުރައްކާތެރި އަދި އެންމެ ހައިރާން ކުރުވަނިވި ބައެއް ހަމަލާތަކުގެ ފަހަތުގައި ވަނީ ހައްގާނީ ނެޓްވޯކެވެ.

އެމެރިކާ އިން ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ ޓެރަރިސްޓު ގްރޫޕުތަކުގެ ތެރޭގައި އެ މީހުން ހިމެނެ އެވެ. އަދި އދ. އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ލިސްޓުގައި ވެސް އެ މީހުން ހިމެނެ އެވެ.

ހައްގާނީން މަޝްހޫރުވެފައި ވަނީ އަމިއްލަ އަށް މަރުވެގެން ގިނަ ހަމަލާތަކެއް ދޭ ބަޔެއްގެ ގޮތުގަ އެވެ. އެގޮތުން ކާރާއި ޓްރަކުތަކުގައި ގޮވާ ތަކެތި ހަރުކޮށްގެން ގޮސް ބޮޑެތި އަސްކަރީ މަރުކަޒުތަކާއި އެމްބަސީތަކަށް ވެސް ހަމަލާދީފައި ވެ އެވެ.

ހައްގާނީ ނެޓްވޯކާއި އަފްގާނިސްތާނުގެ ސިފައިންނާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވެ އެވެ. އެމެރިކާގެ އެޑްމިރަލް މައިކް މުލެން 2011 ވަނަ އަހަރު ސިފަކުރި ގޮތުގައި ހައްގާނީ ނެޓްވޯކަކީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އެއް އަތެވެ. ނަމަވެސް ޕާކިސްތާނުން އެކަން ދޮގުކުރެ އެވެ.

ތާލިބާނުން ހަނގުރާމައިގެ މައިދާނުގައި ކުރާ ހުރިހާ ކަމެއްގައި ހައްގާނީންގެ ބޮޑު އެހީތެރިކަމެއް ލިބެ އެވެ. މިދިޔަ ޖޫން މަހު އދ. އިން ނެރުނު ރިޕޯޓެއްގައި ބުނީ ތާލިބާނުންގެ ތެރެއިން ހަނގުރާމައަށް އަބަދުވެސް އެންމެ ތައްޔާރަށް ތިބެނީ ހައްގާނީން ކަމަށެވެ.

އޭގެ އިތުރުން ތާލިބާނުންނާއި އަލް ގައިދާއާ ދެމެދުގައި އޮންނަ މައިގަނޑު މުވާސަލާތީ ގުޅުމަކީ ވެސް ހައްގާނީ ނެޓްވޯކު ކަމަށް އދ. އިން ބުނެ އެވެ.

ތާލިބާނުންގެ އާ ސަރުކާރުގައި އެ މީހުންނަށް ލިބުނީ ކޮން އެއްޗެއް؟

ސަރުކާރުގެ އެންމެ މުހިއްމު އެއް ވުޒާރާ ލިބުނީ ސިރާޖުއްދީން ހައްގާނީ އަށެވެ. އިންޓީރިއާ މިނިސްޓަރު ކަމުގައި ހުރެގެން އަފްގާނިސްތާނުގެ ދާހިލީ ސަލާމަތާ ގުޅޭ ހުރިހާ ކަމެއް އޭނާ ކޮންޓްރޯލް ކުރާނެ އެވެ.

މިއީ އަހަރުތަކެއް ވަންދެން ނުރައްކާތެރި ހަމަލާތަކެއް ދެމުން އައި ގްރޫޕުގެ ލީޑަރުގެ ޒިންމާއަށް އައި ބޮޑު ބަދަލެކެވެ.

އިންޓީރިއާ މިނިސްޓަރުގެ ގޮތުގައި ސިރާޖުއްދީނަށް ޖެހޭނެ އެންމެ ބޮޑު މަސައްކަތަކީ އިސްލާމިކް ސްޓޭޓުގެ ނުރައްކަލާ ކުރިމަތިލުމެވެ. އޭގެ އިތުރުން އަފްގާން ރައްޔިތުންގެ ތެރޭގައި އޮންނަ ނަސްލީ ތަފާތު ކުރުމާ ހެދި ދިމާވާ ގޮންޖެހުންތަކާއި ކުށް މަދު ކުރުމުގެ މަސައްކަތް ވެސް އޭނާ ކުރަން ޖެހޭނެ އެވެ.

ސިރާޖުއްދީން ހައްގާނީގެ ބޮޑުބޭބެ، ހަލީލް ހައްގާނީ ހަމަޖައްސާފައި ވަނީ ރެފިއުޖީންނާ ބެހޭ މިނިސްޓަރު ކަމަށެވެ.

ސިރާޖުއްދީން އާއި ހަލީލްއާ ދެ މީހުންނަކީ ވެސް އެމެރިކާ އިން އެތައް މިލިއަން ޑޮލަރެއް ހުށަހަޅައިގެން ހޯދަމުންދާ ދެ ޓެރަރިސްޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox