އިދިކޮޅު ހަރާކާތުގައި ޔާމީން "ނުސީދާކޮށް" ބައިވެރިވި މައްސަލަ ބަލަނީ

 ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ގެ ކުޑަދޮރަކުން އެމަނިކުފާނު އާންމުންނަށް ހަނާއަޅުއްވަނީ. ފޮޓޯ: މާޖިދު އިސްމާއިލްގެ ޓްވިޓާ

ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ގެ ކުޑަދޮރަކުން އެމަނިކުފާނު އާންމުންނަށް ހަނާއަޅުއްވަނީ. ފޮޓޯ: މާޖިދު އިސްމާއިލްގެ ޓްވިޓާ

ރާއްޖޭގެ ޖަލުތަކުގައި ކޮވިޑް-19ގެ ނުރައްކާ އިތުރުވުމާ ގުޅިގެން، ހައި ރިސްކު ގައިދީން ގޭ ބަންދަށް ބަދަލުކުރި އުސޫލުގެ ތެރެއިން މިވަގުތު ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ހިނގާލުމުގައި، ގެކޮޅުގައި ހުންނަވައިގެން "ނުސީދާ" ކޮށް އެ ހަރަކާތުގައި ބައިވެރިވި ބައިވެރިވުމަކީ މަނާކަމެއް ކަމަށް، އަދި އެ މައްސަލަ ބަލަމުންދާކަމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ މިއަދު އިދިކޮޅުން ބޭއްވި "އިންސާފު ކޮބާ" ހިނގާލުމުގައި މަނީ ލޯންޑަރިންގެ ދައުވާތަކެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން ނުސީދާކޮށް ބައިވެރިވިކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އަދި އެއީ ހަގީގަތެއްނަމަ އެ މައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމަށެވެ.

"އެ ކުރެއްވި ކަމަކީ، އެއީ މަނާ ކަމެއް ކޮންމެ ގޮތަކަށްވިޔަސް. އެއީ ސިއްހީ ހާލުކޮޅަށްޓަކައި ޖަލުން ގޭ ބަންދަށް ބަދަލުކުރެވިފަ ހުރި ފަރާތެއް އެއީ. ދެން އަޅުގަނޑުމެންވެސް އެއީ ހަގީގަތެއްތޯ ބަލަން އެންމެ ފުރަތަމަ ޖެހޭނީ،" ކަރެކްޝަންސްގެ އޮފިޝަލް މި ނޫހަށް ވިދާޅުވި އެވެ.

ނަމަވެސް މައްސަލަ ބެލުމަށްފަހު ޔާމީނާ ދެކޮޅަށް އަޅާނީ ކޮން ފިޔަވަޅެއްކަމެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.

އޭގެ ފަހުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން މިއަދު އަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިގުރާރާ ހިލާފަށް ކަމަށެވެ.

"އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން މިއަދު ބޭއްވި އިންސާފު ކޮބާ ހިނގާލުން ނިންމާލުމުގެ ތެރެއިން ސަޕޯޓަރުން ޕީޕީއެމް އޮފީސް ކައިރިޔަށް އެއްވި ވަގުތުކޮޅުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު މިހާރު ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ގެ ކުޑަދޮރަކުން އާންމުންނަށް ހަނާއަޅުއްވައި، ޕީޕީއެމްއަށް ނިސްބަތްވާ ދިދައެއް ނަންގައިވައިގެން ހޫރުވައިފަ އެވެ. ރައީސް ޔާމީންގެ ގެކޮޅުކަމުގައިވާ ހ. ދޫވެހި ހުންނަނީ ޕީޕީއެމް އޮފީސް ހުންނަ ބްލޮކްއާއި ޖެހިގެން ހުންނަ ބްލޮކްގެ ކަންމައްޗަށެވެ.

ރައީސް ޔާމީން މިވަގުތު ތަންފީޒުކުރަމުން ގެންދަވަނީީ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި، މަނީ ލޯންޑާކުރިކަމުގެ މައްސަލައިގައި އެމަނިކުފާނަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެވެ. އިސްތިއުނާފުގައި އޮތް އެ ހުކުމުގައި ހިމެނޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެމަނިކުފާނު ނުދައްކަވާތީ އެ މައްސަލަވެސް ދައުލަތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

ވޮޑަމުލާގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައިވެސް އެމަނިކުފާނާއި ދެކޮޅަށް ވަނީ ދައުވާ އުފުލާފަ އެވެ. އަދި ވ. އާރަށުގެ މައްސަލައިގައިވެސް އެމަނިކުފާނާ ދެކޮޅަށް ދައުވާ ކުރަން މިހާރު ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox