އިންޑިއާގެ ދީނީ ފެސްޓިވަލްތަކަށް މީހުން އެއްވުން މަނާކޮށްފި

އިންޑިއާގެ މާރުކޭޓެއްގައި މީހުން. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ މާރުކޭޓެއްގައި މީހުން. -- ފޮޓޯ: އޭއެފްޕީ

މުމްބާއީ، އިންޑިއާ (ސެޕްޓެމްބަރު 8) - ކޮވިޑުގެ އާ ރާޅެއް މުމްބާއީގައި ނަގާފައިވާތީވެ، މި ހަފުތާގައި ފަށަން ހަމަޖެހިފައިވާ އިންޑިއާގެ ދީނީ ފެސްޓިވަލްތަކާ ދިމާކޮށް ފިޔަވަޅު އަޅައިފި އެވެ.

އިންޑިއާގެ ސްޓޭޓް ސަރުކާރުތަކުން ނިންމާފައި ވަނީ ބޮޑެތި އެއްވުންތަކަށް ހުއްދަ ނުދިނުމަށެވެ. މިދިޔަ އޭޕްރިލް އަދި މޭ މަހު 1.3 ބިލިއަން މީހުން އުޅޭ އިންޑިއާއަށް އައި ރާޅުގައި ވަރަށް ބޮޑުވަރުވި އެވެ.

"ތިން ވަނަ ރާޅު އަންނަނީކީއެއް ނޫން. މިހާރު ވެސް މި އޮތީ އައިސްފައި،" މުމްބާއީގެ މޭޔަރު ކިޝޯރީ ޕެޑްނޭކަރް ނޫސްވެރިންނަށް ވިދާޅުވި އެވެ.

"ފެސްޓިވަލްތަކުގެ އުފާ ފާހުން ފާހަގަކުރެވިދާނެ. އެންމެ ފުރަތަމަ އިސްކަންދޭންވީ ރައްޔިތުންގެ ފުރާނަ އާއި ސިއްހަތަށް،" މުމްބާއީ ނިސްބަތްވާ މަހަރާޝްތްރަ ސްޓޭޓުގެ ޗީފް މިނިސްޓަރު އުއްދަވް ތަކެރޭ ވިދާޅުވި އެވެ.

ހިންދޫ ދީނުގެ މީހުން ފާހަގަކުރާ ގަނޭޝް ޗަޓުރްތީ ފެސްޓިވަލް ފަށަން ހަމަޖެހިފައި އޮތީ ހުކުރު ދުވަހު އެވެ. އެއީ 11 ދުވަހަށް ދެމިގެންދާ ބޮޑު ފެސްޓިވަލެކެވެ.

އެންމެ ފަހުން އިންޑިއާއަށް އައި ކޮވިޑުގެ ރާޅުގައި ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، 200،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އެ ރާޅު ކުރިމަތިވީ ހިންދޫ ދީނުގެ ކުމްބް މޭލާ ފެސްޓިވަލަށް 25 މިލިއަން މީހުން ޖަމާވި ފަހުންނެވެ.

ކުމްބް މޭލާގެ އިތުރުން އިންތިހާބަށް ބޮޑެތި ކެމްޕެއިން އެއްވެންތައް ބޭއްވުމާއި، ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއެންޓު އިންޑިއާއިން ފެނުމަކީ ވެސް އެ ފަހަރު ހާލަތު ގޯސްވި ސަބަބުތަކެވެ.

އޯގަސްޓު މަހު ކެރަލާގައި ބޭއްވި އޯނަމް ފެސްޓިވަލަށް ފަހު އެ ސްޓޭޓުގައި ކޭސްތައް އިތުރުވެފައި ވާތީ، އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ނަމަވެސް އިންޒާރުތަކަށް ބެލުމެއް ނެތި، ދީނީ ފެސްޓިވަލްތަކަށް ތައްޔާރުވުމަށް ގިނަ ބަޔަކު އަންނަނީ މާރުކޭޓުތަކަށް ނިކުމެ ވިޔަފާރި ކުރަމުންނެވެ.

ހުކުރު ދުވަހު ފަށާ ފެސްޓިވަލަށް ޖަމާވެވޭނެ މީހުންގެ އަދަދު ލިމިޓު ކުރާނެ ކަމަށް މަހަރާޝްތްރަ ސްޓޭޓުން ބުނެ އެވެ. ފެސްޓިވަލްގެ ފުރަތަމަ އަދި ފަހު ދުވަހު މަގުމަތީގައި އާއްމުކޮށް އޮންނަ ޕެރޭޑު ވެސް މި އަހަރު މަނާވާނެ އެވެ.

މަހަރާޝްތްރަ ސްޓޭޓުގެ ނަގްޕޫރް ސިޓީގައި ވެސް ކޭސްތައް އިތުރުވަމުން ދާތީ އެ ތަނުގައި ފިޔަވަޅުތައް ވަރުގަދަ ކުރަން މިހާރު ދަނީ ވިސްނަމުންނެވެ.

ކަރްނާޓަކާ ސްޓޭޓުގައި ރޭގަނޑުގެ ކާފިއު ތަންފީޒު ކުރަމުން ދާއިރު، ކޭސްތައް ގިނައިން ފެންނަ ޑިސްޓްރިކްޓުތަކުގައި ގަނޭޝް ފެސްޓިވަލްގެ އެއްވެސް ހަރަކާތެއް ހިންގުން މަނާވާނެ އެވެ.

ކަރްނާޓަކާގެ ހެލްތު މިނިސްޓަރު ކޭ ސުދާކަރް އޭއެފްޕީ އަށް ވިދާޅުވީ ހައި ސްކޫލުތައް އަލުން ހުޅުވާފައި ވާތީ، އެއީ ވެސް ކަންބޮޑުވުން ހުރި ކަމެއް ކަމަށެވެ.

އުތުރުގެ ޓަމިލް ނާޑޫ ސްޓޭޓުން ފެސްޓިވަލްގެ އެއްވުންތައް މަނާކޮށްފައި ވާއިރު، އިރުމަތީ ވެސްޓް ބެންގޯލް ސްޓޭޓުން ވެސް ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު މަހު ނުވަ ދުވަހަށް ކުރިއަށް ގެންދާ ދުރްގާ ޕޫޖާއާ ދިމާކޮށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށެވެ.

އިންޑިއާގައި މިހާތަނަށް 33 މިލިއަން ޕޮޒިޓިވް ކޭސް ފެނިފައި ވާއިރު، 441،000 މީހުން މަރުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox