ލަންކާގައި ދަރިން ހޯދަން ވިސްނާ މީހުން އެއް އަހަރު ވަންދެން މަޑުކުރަން އެދިއްޖެ

ސްރީލަންކާގެ ގައިނިކޮލޮޖިސްޓް ޑރ. ހަރްޝާ އަޓަޕައްޓު.

ސްރީލަންކާގެ ގައިނިކޮލޮޖިސްޓް ޑރ. ހަރްޝާ އަޓަޕައްޓު.

ކޮލަމްބޯ، ސްރީލަންކާ (ސެޕްޓެމްބަރު 8) - ސްރީ ލަންކާގައި ކޮވިޑު ވައިރަހުގެ ޑެލްޓާ ވޭރިއެންޓު ފެތުރެމުން ދާތީ ދަރިން ހޯދަން ބޭނުންވާ އަންހެނުން އެއް އަހަރު ވަންދެން މަޑުކުރަން ސިއްހީ ފަރާތްތަކުން ލަފާދީފި އެވެ.

ބުދަ ދުވަހު އޮތް ލަންކާގެ ހެލްތު ޕްރޮމޯޝަން ބިޔުރޯގެ ޕްރެސް ބްރީފިންގައި ގައިނިކޮލޮޖިސްޓް ޑރ. ހަރްޝާ އަޓަޕައްޓު ވިދާޅުވީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން މަންމަ އާއި ބަނޑުގައި އޮންނަ ދަރިފުޅު ވެސް ނުރައްކަލަށް ހުށަހެޅޭނެ ކަމަށެވެ.

"[ދަރިން ހޯދަން ބޭނުންވާ މީހުންނަށް] މަޑުކުރެވެން އޮތް ނަމަ، އަޅުގަނޑުގެ ލަފައަކީ އެއް އަހަރު ވަންދެން ދަރިއަކު ނުހޯދާ މަޑުކޮށްލުން،" ޑރ. ހަރްޝާ ވިދާޅުވި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މީގެ ކުރިން ލަންކާގައި ކޮވިޑް ޖެހޭ މާބަނޑު އަންހެނުންގެ ތެރެއިން ސީރިއަސްވެފައި ވަނީ ހަމައެކަނި ވިހަން ކައިރިވެފައިވާ މީހުންނެވެ. އެއާ ހިލާފަށް، ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށި ފަހުން ފުރަތަމަ އަދި ދެވަނަ ތިން މަހުގައި ވެސް ސީރިއަސް ހާލަތަށް ދާ މާބަނޑު އަންހެނުން ވަނީ އިތުރުވެފަ އެވެ.

ދަރިން ހޯދުން އެއް އަހަރަށް ފަސްކުރަން އެދިފައި ވާއިރު، ލަންކާގެ ކޮވިޑުގެ ހާލަތު މި ވަގުތު ވަރަށް ގޯހެވެ. ދުވާލަކު ދުއިސްތައެއްހާ މީހުން ދަނީ މި ބަލީގައި މަރުވަމުންނެވެ.

އެ ގައުމުން މިހާތަނަށް ޖުމްލަ 472،000 އަށް ވުރެ ގިނަ ކޭސް ފެނިފައި ވާއިރު، 10،504 މީހުން ވަނީ މަރުވެފަ އެވެ. ލަންކާ ގައި ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅެމުންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox