ޝަރުތު ކަނޑައެޅުން ރަނގަޅު، ގޯސްވީ މަހްލޫފުގެ ޝަކުވާ ބެލި ގޮތް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު:

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު:

އެމްޑީޕީގެ ގައުމީ މަޖިލިސް ހޮވުމަށް ބާއްވާ އިންތިހާބުގައި މިވަގުތު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައި ހުންނެވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ބައިވެރިވެވޭނެ ކަމަށް ނިންމީ، އޭނާ ހުށަހެޅި ޝަކުވާ ބެލި ގޮތް ގޯސްވެގެން ކަމަށް އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ބުނެފި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ. އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާނަމަ، އެޝަރުތަކަށެވެ.

ނަމަވެސް، ގައުމީ މަޖިލީހުގެ އިންތިހާބަށް ހުޅުވާލައި، ބައެއް ކެންޑިޑޭޓުން ފޯމް ވެސް ހުށަހެޅި ފަހުން ގައުމީ ހިންގާ ކޮމެޓީން ވަނީ އާ ޝަރުތަކެއް މަތިކޮށް އެކަން ފާސްކޮށްފަ އެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވާދަ ނުކުރެވުމެވެ.

އެ ޝަރުތުގެ މަތިން މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިިއިރު، މަހުލޫފްގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އެ މައްސަލާގައި މަހުލޫފު ހުންނެވީ ވެސް ސަސްޕެންޑްކޮށްފަ އެވެ.

ނަމަވެސް، އެމްޑީޕީގެ ނިންމުން މަހުލޫފް ބަލައެއްނުގަނެވެ. އެހެންވެ، އެ މައްސަލަ ރިވިއުކޮށްދޭން އެމްޑީޕީގެ ޝަކުވާ ކޮމިޓީއަށް ހުށަހަޅުއްވި އެވެ. މަހުލޫފު ދެކަވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ ނިންމުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ ހިލާފު ނިންމުމެކެވެ. ނަމަވެސް, އެ ކޮމިޓީން ވެސް ނިންމީ މަހުލޫފާ ދެކޮޅަށެވެ. އެހެންވެ, އެ ޝަކުވާ އިލެކްޝަން ކޮމިޝަނާ ހަމައަށް މަހުލޫފް ގެންދެވި އެވެ.

އެ ޝަކުވާއާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ އިންތިހާބުތަކެއް ކަށަވަރު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސިޓީގައި ބުނި ގޮތުގައި، ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީގެ މެންބަރުކަން ފިޔަވައި އިތުރު ޝަރުތުތަކެއް ކަނޑައަޅާނަމަ، އެފަދަ ޝަރުތުތަކެއް ކަނޑައެޅޭނީ އަސާސީ ގަވައިދަށް ގެނެވޭ އިސްލާހަކުން ނުވަތަ އެ ގަވައިދުން ބާރުލިބިގެން ހަދާ ގަވައިދަކުން ކަމަށެވެ.

އެ ނޫން ގޮތަކަށް ކެންޑިޑޭޓެއްގެ ޝަރުތުތައް ކަނޑައެޅުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ އިޖުރާއަތްތަކާ ހިލާފުކަން އިލެކްޝަން ކޮމިޝަނުގެ ސިޓީގައި އެމްޑީޕީއަށް ވަނީ ސާފުކޮށްދީފަ އެވެ.

ގައުމީ ހިންގާ ކޮމިޓީއަށް ޝަރުތު ކަނޑައެޅޭނެ

އީސީގެ އެންގުމާއެކު އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މަހްލޫފްގެ މައްސަލަ ބެލުމަށްފަހު، ނިންމި ނިންމުމުގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވައިދުގައި ހިމެނިފައިނެތް ކަމެއް، ގައުމީ މަޖިލީހުން ކުރިމާއި، އަސާސީ ގަވައިދުގައި ނުވަތަ ކޮންގްރެސްއިން ވަކި ގޮތަކަށް ކަނޑައަޅައި ގާއިމުކޮށްފައިވާ އެއްވެސް ނިންމުމަކާ ދިމާ އިދިކޮޅަށް ނުވަތަ ފުށުއަރާ ގޮތަށް ކަމެއް ކުރުމަކީ ތަފާތު ދެ ހާލަތެއް ކަމަށެވެ.

އަދި އެމްޑީޕީގެ ކޮންގްރެސްއިން ވަކި ގޮތަކަށް ކަނޑައަޅައި ގާއިމުކޮށްފައިވާ އެއްވެސް ނިންމުމަކާ ފުށުނާރާ ގޮތަށް ގައުމީ މަޖިލީހުން ނިންމާ ކޮންމެ ނިންމުމަކަށް ހިނގާ އެންމެހައި ގާނޫނީ ބާރެއް ހިންގާ ކޮމިޓީއަށް ވެސް ލިބިގެންވާ ކަމަށް އެ މައްސަލަ ބެލި ތިން ބޭފުޅުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ނައުޝާދު އަބްދުލްއަޒީޒްގެ ރައުޔުގައި ބުންޏެވެ.

"ގައުމީ މަޖިލީހުގެ ދެ ބައްދަލުވުމުގެ ދެމެދުގައި ގައުމީ ހިންގާ ކޮމިޓީން ނިންމާ ނިންމުންތަކަކީ ގައުމީ މަޖިލީހުގެ ނިންމުންތަކެއް ކަމުގައި ބެލުމަށް ގާނޫނީ ގޮތުން ހުރަސްއަޅާ ސަބަބެއް އޮތް ކަމަށް އަޅުގަނޑަށް ނުފެނެ އެވެ،" އެ ރައުޔުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެމްޑީޕީގެ އަސާސީ ގަވައިދަށް ރިއާއަތްކޮށް، ޕާޓީގެ ދާއިރާތަކުގެ އިންތިހާބުތަކުގައި ކުރިމަތިލާ ފަރާތްތަކަށް އިތުރު ޝަރުތުތަކެއް ހިމެނުމަކީ ގައުމީ ހިންގާ ކޮމިޓީގެ އިހުތިސޯސުން ބޭރުންކޮށްފައިވާ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށް ބުންޏެވެ.

މަހްލޫފަށް ވާދަ ކުރެވެނީ ޝަކުވާ ބެލި ގޮތް ގޯސްވެގެން

އެ ރައުޔުގައި އިތުރަށް ބުނެފައިވަނީ ވާދަކުރުމުގެ ފުރުސަތު މަހްލޫފަށް ނުދިން މައްސަލަ އޭނާ ޝަކުވާ ބަލާ ކޮމިޓީއަށް ހުށަހެޅުމުން، އެކަމުގައި ކޮމިޓީން ގޮތެއް ނިންމާފައިވަނީ ޝަކުވާ ހުށަހެޅި ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ކަމަށެވެ.

އަދި އެއީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އެ ރައުޔުގައި ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން، ގައުމީ ހިންގާ ކޮމިޓީން ކަނޑައެޅި ޝަރުތުތަކަށް ރިއާއަތްކޮށް ޝަކުވާ ބަލާ ކޮމިޓީން މި މައްސަލައިގައި ގޮތް ނިންމާފައިވަނީ ގާނޫނީ ގޮތުން މަހްލޫފު ހުށަހެޅުއްވި ކަންބޮޑުވުންތަކަށާއި ޝަކުވާތަކަށް ފުރިހަމައަށް ޖަވާބު ނުދީ ކަމަށެވެ.

އެހެންކަމުން، މަހްލޫފަށް ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އަމަލުކޮށްފައިވަނީ އިޖުރާއަތަށާއި "ނެޗުރަލް ޖަސްޓިސް"ގެ އުސޫލުތަކާ ހިލާފަށް ކަމަށްވާތީ، އެ ނިންމުން ބާތިލުކުރަންޖެހޭ ކަމަށް އެ މައްސަލަ ބެލި ތިން ބޭފުޅުން ވަނީ އިއްތިފާގުވެފަ އެވެ.

"ވީމާ، ޝަކުވާ ބަލާ ކޮމިޓީގެ ނިންމެވުމާއި އިންތިހާބީ ކޮމިޓީގެ ނިންމެވުން ބާތިލުކުރަންޖެހޭ ކަމުގައި އަޅުގަނޑު ދެކެމެވެ،" އެ ރައުޔުގައި ބުންޏެވެ.

ނައުޝާދު އަބްދުލްއަޒީޒްގެ ރައުޔުއަށް ދެން އެ މައްސަލަ ބެލި އަނެއް ދެ ބޭފުޅުން ކަމަށްވާ، އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ހުސެއިން ރަޝީދު ވެސް ވަނީ ތާއީދުކުރައްވައިފަ އެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަކީ ކޮބާ؟

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެފައި އޮތްވައި، ޕާޓީގެ ބާރުގަދަ ގުނަވަނެއް ކަަމަށްވާ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއިދު ކުރެއްވި ކެންޑިޑޭޓުން އިންތިހާބުވެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހެވެ.

  1. އަނަސް އަބްދުއްސައްތާރު، މއ. ބަޑިކުޅިމާލެ، މާލެ
  2. އަހުމަދު ރިޝްވާން، އާލަމް، ހއ. ދިއްދޫ
  3. އިބްރާހިމް މުހައްމަދު ދީދީ، ލެގޫން ވިއު، ސ. ހިތަދޫ
  4. އަހުމަދު މައުރޫފު، ނިއު ލައިޓް، ލ. ކަލައިދޫ
  5. ފާތިމަތު އިނާޝާ، ހ. ގްރީން ފެހި، މާލެ
  6. ހުސައިން ރަޝީދު، ތިބުރޯޒުގެ، ތ. އޮމަދޫ
  7. އާދަމް މާހިރު، މެޑޯޒް، ރ. އަލިފުށި
  8. އަހުމަދު ނިޝާދު، ނޫރު، މ. ދިއްގަރު
  9. ނައުޝާދު އަބްދުލް އަޒީޒު، ސުވޭދާ މަންޒިލު، އއ. ރަސްދޫ

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ އެއްވެސް ކަމަކާ މެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފްކުރަން ބޭނުންވާ ނަމަ އެ ޝަކުވާ ބެލުމެވެ. މީގެ އިތުރުން އަސާސީ ގަވާއިދު މާނުކުރުމާ މެދު އުފެދޭ ހުރިހާ ދެބަސްވުންތަކުގެ ހައްލަށް ވެސް އެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށް އަސާސީ ގަވާއިދުގައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ފަސް އަހަރުގެ ދައުރަކަށް ހޮވާ އެ މަޖިލިސް އެކުލެވިގެންވާނީ ރައީސާއި އަށް މެމްބަރުންގެ މައްޗަށެވެ.

ފަސް އަހަރުގެ ދައުރު ހަމަވުމުން، އިތުރު ދައުރަކަށް އެ މެމްބަރަކު އިންތިހާބު ވެސް ކުރެވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގައި ނުތިބެވޭނެ އެވެ. ގައުމީ މަޖިލީހަށް ހޮވިއްޖެ ނަމަ އެ މީހެއްގެ މަގާމް ގެއްލޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox