ކޮވިޑާ ހެދި ތިމާވެށީގެ ސަމިޓު ފަސްކުރަން ގޮވާލައިފި

މޫސުމީ ބަދަލާ ގުޅޭ ބެނާއެއް ކޯރަކަށް ދޫކޮށްލާފައި.-- ފޮޓޯ: އޭއެފްޕީ

މޫސުމީ ބަދަލާ ގުޅޭ ބެނާއެއް ކޯރަކަށް ދޫކޮށްލާފައި.-- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސި ވިލާތް (ސެޕްޓެމްބަރު 8) - ތިމާވެއްޓާ ގުޅޭ 1،500 އަށް ވުރެ ގިނަ ޖަމިއްޔާ ހިމެނޭ ބައިނަލްއަގްވާމީ ނެޓްވޯކަކުން ކޮޕް-26 ސަމިޓު ފަސްކުރަން އިނގިރޭސި ވިލާތަށް ގޮވާލައިފި އެވެ.

ކްލައިމެޓް އެކްޝަން ނެޓްވޯކް (ކޭން) އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑު ކޭސްތައް އިތުރުވުމާއި، ވެކްސިންގެ ހަމަހަމަކަން ނެތުމާއި، އިނގިރޭސި ވިލާތުގެ ރަތް ލިސްޓުގައި ހިމެނޭ 60 އަށް ވުރެ ގިނަ ގައުމުން އަންނަ މީހުން ކަރަންޓީނު ވާން ޖެހުން ފަދަ ކަންކަމާ ހެދި ރައްކާތެރިކަމާއެކު ބައްދަލުވުން ނުބޭއްވޭނެ ކަމަށެވެ.

މޫސުމީ ބަދަލާ ގުޅޭ ގޮތުން ބާއްވާ އދ. ގެ އެ ބައްދަލުވުން އޮންނާނީ ނޮވެމްބަރު މަހު އިނގިރޭސި ވިލާތުގަ އެވެ. ބާރަ ދުވަހަށް ދެމިގެންދާ ސަމިޓަކީ "ރައްކާތެރި، އެންމެންގެ ބައިވެރިވުން ހިމެނޭ އަދި އިންސާފުވެރި ސަމިޓަކަށް" ހަދަން މި ހާލަތު ތަން ނުދޭ ކަމަށް ބަޔާނުގައި ވެ އެވެ.

Advertisement

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ގައުމުތަކަށް މުއްސަނދި ގައުމުތަކުން އެހީނުވެ، ވެކްސިން ނުލިބި އުފެދިފައިވާ ހާލަތާ ހެދި އެ ގައުމުތަކަށް ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުން،" ކޭންގެ އެގްޒެކްޓިވް ޑިރެކްޓަރު ތަސްނީމް އެސޮޕް ވިދާޅުވި އެވެ.

ނަމަވެސް އިނގިރޭސި ވިލާތުން ބުނީ ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލާ ގުޅޭ ކާރިސާއަކީ ބައްދަލުވުން ފަސްކުރެވޭ ވަރަށް ވުރެ ސީރިއަސް ކާރިސާއެއް ކަމަށެވެ.

މި އަހަރުގެ ކޮޕް ސަމިޓުގެ ރައީސް އަދި އިނގިރޭސި ތިމާވެށީގެ މިނިސްޓަރު އަލޮކް ޝަރުމާ އޭއެފްޕީ އަށް ވިދާޅުވީ ސަމިޓު ބާއްވަން ޖެހޭ ސަބަބުތައް އދ. އިން ނެރުނު ރިޕޯޓުން ސާފުވާ ކަމަށާއި މިހާރު ވެސް ބައްދަލުވުން މާ ބޮޑަށް ލަސްވެއްޖެ ކަމަށެވެ.

ކޮޕް26 ސަމިޓު ބާއްވަން ކުރިން ރާވާފައި އޮރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް ބައްދަލުވުން ނުބާއްވާ މި އަހަރުގެ ނޮވެމްބަރަށް ފަސްކުރީ ކޮވިޑު ބަލިމަޑުކަމާ ހެދި އެވެ.

ސަމިޓަށް އިނގިރޭސިވިލާތަށް ދަތުރުކުރާ ވަފުދުތަކުން ކަރަންޓީނު ވާން ޖެހޭ ނަމަ އެ ފަރާތްތަކުގެ ހަރަދު ދޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ވަފުދުތަކުގެ މެމްބަރުންނަށް އަވަހަށް ވެކްސިން ދެވޭނެ ގޮތެއް ހެދުމަށް އެ ގައުމުން ވަނީ ހުށަހަޅާފަ އެވެ.

އިނގިރޭސި ސަރުކާރުން ބުނީ ވެކްސިން ޖެހުމުގެ ކަންކަން މި ހަފުތާގައި ފަށާނެ ކަމަށާއި ސަމިޓު ފެށުމުގެ ކުރިން ވެކްސިން ފުރިހަމަ ކުރެވޭނެ ކަމަށެވެ. ޔޫރަޕުގެ 55 ޕަސެންޓު މީހުން މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައި ވާއިރު، އެފްރިކާ އިން ވެކްސިން ފުރިހަމަ ކުރީ އެންމެ ތިން ޕަސެންޓު މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox