ކަޝްމީރު އެކްޓިވިސްޓުގެ ޖަނާޒާގެ ވީޑިއޯ ފެނި އާއްމުން ރުޅި އަތުވެއްޖެ

ކަޝްމީރުގައި ހަމަނުޖެހުން ބޮޑުވެފައި.

ކަޝްމީރުގައި ހަމަނުޖެހުން ބޮޑުވެފައި.

ސްރީނަގަރް، އިންޑިއާ (ސެޕްޓެމްބަރު 8) - މިދިޔަ ހަފުތާގައި މަރުވި ކަޝްމީރުގެ އެކްޓިވިސްޓުގެ ޖަނާޒާގެ ވީޑިއޯ ފެނި އާއްމުން އިތުރަށް ރުޅިގަދަވެއްޖެ އެވެ.

އުމުރުން 92 އަހަރުގައި މަރުވި ސަޔިދު އަލީ ގީލަނީގެ ހަށިގަނޑު ފުލުހުން ވަނީ ދަންވަރުގެ ވަގުތުގައި ގެންގޮސް، އާއިލާ ބައިވެރި ކުރުމެއް ނެތި ޖަނާޒާ ނިންމާލާފަ އެވެ.

އެ މައްސަލާގައި މިދިޔަ ހަފުތާއިން ފެށިގެން އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި ހަމަނުޖެހުން ބޮޑުވެ، ސިފައިން ދަނީ ފޯރިމަރަމުންނެވެ.

އާއިލާ ބައިވެރި ކުރުމެއް ނެތި ޖަނާޒާ ނިންމާލި ކަމަށް ކުރާ ތުހުމަތުތައް ފުލުހުން ދޮގުކުރެ އެވެ. ނަމަވެސް ފުލުހުން ވަނީ ޖަނާޒާ ކުރިއަށް ދިޔަ ގޮތް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ.

ވީޑިއޯ ފެނުމުން އާއްމުން އިތުރަށް ރުޅިގަދަވެފައި ވާއިރު، ސްރީނަގަރްގައި ގީލަނީގެ ހަށިގަނޑު ވަޅުލާފައި އޮތް ހިސާބަށް އެއްވެސް މީހަކަށް ނުދެވޭނެހެން ސިފައިން ދަނީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

އިސްލާމީ ޝަރީއަތާ ގުޅޭ ތަޖުރިބާކާރު ކަޝްމީރުގެ މުފްތީ ނާސިރުލް އިސްލާމް އޭއެފްޕީ އަށް ވިދާޅުވީ ފުލުހުން ހިންގީ "އިސްލާމްދީނާ ހިލާފު އަމަލެއް" ކަމަށެވެ.

އެގޮތުން އިސްލާމްދީނުގައި ކޮންމެ މީހެއްގެ ގަބުރާ މެދު ވެސް އަމަލު ކުރަން އޮންނަނީ އިހުތިރާމާއެކު ކަމަށާއި އެއީ މަރަން ހުކުމްކޮށްފައިވާ މުޖުރިމެއް ނަމަވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ގީލަނީގެ އާއިލާއަށް އެ ލިބުނީ އިތުރު ހިތާމައެއް. ކަޝްމީރުގެ ރައްޔިތުންނަށް ވެސް ލިބުނީ އިތުރު ހިތާމައެއް. މިކަން ކުރި ފުލުހުން މައާފަށް އެދެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ފުލުހުން އާއްމު ކުރި ވީޑިއޯއިން ފެންނަނީ ގީލަނީގެ ހަށިގަނޑު ހިނަވައި، ކަފުންކޮށް، ހުދު ފޮތިގަނޑަކުން ނިވާކުރާ މަންޒަރެވެ. އޭގެ ކުރިން ގީލަނީގެ ހަށިގަނޑު ގަދަކަމުން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

ގެއިން ގަދަކަމުން ނެރިގެން އާއިލާގެ ނުރުހުމުގައި ގީލަނީގެ ހަށިގަނޑު ގެންދިޔައިރު، ޕާކިސްތާނުގެ ދިދަޔަކުން ހަށިގަނޑު އޮތީ ނިވާކޮށްފަ އެވެ.

ސަލާމަތީ ފައުޖުތަކުން ނެރުނު ބަޔާނެއްގައި ބުނީ އަވަސް ޖަނާޒާއެއް ބާއްވަން ގީލަނީގެ ދަރިން ފުރަތަމަ އެއްބަސްވުމަށް ފަހު "ޕާކިސްތާނުގެ ޕްރެޝަރާ ހެދި ގައުމާ ދެކޮޅު ހަރަކާތް ހިންގި" ކަމަށެވެ.

އޭގެ އިތުރުން ގީލަނީގެ ހަށިގަނޑު ގަބުރުސްތާނަށް ގެންދިޔެއީ އާއިލާގެ ބައެއް މެމްބަރުން ކަމަށާއި ޖަނާޒާގެ ކަންކަމުގައި ވެސް އެ މީހުން ބައިވެރިވި ކަމަށް ބުންޏެވެ. ނަމަވެސް އެއީ އާއިލާގެ ކޮން ބަޔެއް ކަމެއް ހާމައެއް ނުކުރެ އެވެ.

ގީލަނީގެ މަރަށް ފަހު, ކަޝްމީރުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އާދީއްތަ ދުވަހު ވަނީ ލުއި ދީފަ އެވެ. އިންޓަނެޓާއި މޮބައިލް ފޯނުގެ ހިދުމަތް ވެސް މިހާރު ކޮންމެވެސް ވަރަކަށް ލިބެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުން ދައުވާ ކުރާ ކަޝްމީރު 1947 ވަނަ އަހަރުން ފެށިގެން އޮންނަނީ ދެ ފަޅިކޮށްފަ އެވެ.

އިންޑިއާ އިން ކޮންޓްރޯލް ކުރާ ފަޅީގައި ދިރިއުޅުނު ގީލަނީ ގޭ ބަންދުގައި ހުންނަތާ 11 އަހަރުވެއްޖެ އެވެ. ފާއިތުވި ދުވަސްތަކުގައި އޭނާގެ ސިއްހީ ހާލަތު ދިޔައީ ގޯސްވަމުންނެވެ.

ގީލަނީ އަކީ 1960 ގެ އަހަރުތަކުން ފެށިގެން ކަޝްމީރުގައި އިންޑިއާގެ ބާރު ހިންގުމާ ދެކޮޅަށް ތެދުވި މީހެކެވެ. އޭނާ މަސައްކަތް ކުރީ މުޅި ކަޝްމީރަކީ ޕާކިސްތާނުގެ ބަޔެއްގެ ގޮތުގައި ހެދުމަށެވެ.

ކަޝްމީރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެ ވެސް، އޭނާ އެކަމަށް ބާރު އެޅި އެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ދެ ވަނަ އަހަރު އޭނާ އަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ފަހުން ވެސް ގިނަ އަހަރުތަކެއް ހޭދަކުރީ ގޭ ބަންދުގަ އެވެ.

ޒުވާން އުމުރުން ފެށިގެން ގީލަނީ އަކީ ޖަމާއަތީ އިސްލާމީގެ މެމްބަރެކެވެ. އެ ޖަމާއަތަކީ އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އޮތް އެންމެ ބޮޑު ސިޔާސީ އަދި ދީނީ ގްރޫޕެވެ. ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ވަނީ އެ ޖަމާއަތް ހިންގުން މަނާކޮށްފަ އެވެ.

ކަޝްމީރު މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން ދެ ފަހަރު ހަނގުރާމަ ކުރި އެވެ. ގީލަނީގެ މަރާ ގުޅިގެން ބުރާސްފަތި ދުވަހު ޕާކިސްތާނުގައި ވަނީ ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއް ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން ޕާކިސްތާނާއި ތުރުކީގައި ވެސް ގީލަނީގެ ގައިބުގައި ކަށު ނަމާދުކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox