ތާލިބާނުން އުފެއްދީ ވަގުތީ ސަރުކާރެއް، ބޮޑު ވަޒީރަކީ މުއްލާ މުހައްމަދު

ވަގުތީ ސަރުކާރުގެ ބޮޑު ވަޒީރުގެ ގޮތުގައި ކަނޑައެޅި މުއްލާ މުހައްމަދު ހަސަން އަހުންދް.-- ފޮޓޯ: އަލަމީ/ ބީބީސީ

ވަގުތީ ސަރުކާރުގެ ބޮޑު ވަޒީރުގެ ގޮތުގައި ކަނޑައެޅި މުއްލާ މުހައްމަދު ހަސަން އަހުންދް.-- ފޮޓޯ: އަލަމީ/ ބީބީސީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 7) - މިިދިޔަ މަހު އަފްގާނިސްތާނުގެ ވެރިކަމަށް އައި ތާލިބާނުން އުފެއްދި ސަރުކާރުގައި ހިމެނޭ އިސް ފަރާތްތަކުގެ ނަންތައް އިއުލާނުކޮށްފި އެވެ.

ތާލިބާނުން ބުނެފައި ވަނީ މި ފަހަރު ވެރިކަން ކުރާނީ ތަފާތުކޮށް ގިނަ މީހުންގެ ބައިވެރިވުމާއެކު ކަމަށެވެ. އަދި އަންހެނުންގެ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

އަންގާރަ ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނީ އަލަށް އިއުލާނު ކުރި ސަރުކާރަކީ ވަގުތީ ސަރުކާރެއް ކަމަށެވެ.

ވަގުތީ ސަރުކާރުގެ ބޮޑު ވަޒީރުގެ ގޮތުގައި ހުންނާނީ ތާލިބާނުންގެ ތެރޭގައި އެތައް އަހަރެއް ހޭދަކޮށްފައިވާ މުއްލާ މުހައްމަދު ހަސަން އަހުންދް އެވެ.

އޭނާ އަކީ މީގެ ކުރިން 1996 އިން 2001 އަށް ތާލިބާނުން ވެރިކަން ކުރިއިރު ޑެޕިއުޓީ ބޮޑު ވަޒީރުކަން ކުރި މީހެކެވެ. އޭނާ އަކީ އދ. އިން ބްލެކްލިސްޓުކޮށްފައިވާ މީހެކެވެ.

ވަގުތީ ސަރުކާރުގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި ހުންނާނީ ތާލިބާނުންގެ ކޯ ފައުންޑަރު އަބްދުލް ގަނީ ބަރާދަރް އެވެ. އޭނާ އަކީ މީގެ ކުރިން ތާލިބާނުންގެ ސިޔާސީ އޮފީހުގެ ވެރިޔާ އެވެ.

ތާލިބާނުންގެ ފައުންޑަރު އަދި މަރުވެފައިވާ ކުރީގެ އިސް ލީޑަރު މުއްލާ އުމަރުގެ ދަރިފުޅު، މުއްލާ ޔައުގޫބް ހަމަޖައްސާފައި ވަނީ ޑިފެންސް މިނިސްޓަރުގެ މަގާމަށެވެ.

އިންޓީރިއާ މިނިސްޓަރު ކަމަށް ސިރާޖުއްދީން ހައްގާނީ ހަމަޖައްސާފައި ވާއިރު، އޭނާ އަށް ވަނީ ޑެޕިއުޓީ ލީޑަރެއްގެ ލަގަބު ވެސް ދީފަ އެވެ.

"ކެބިނެޓު އަދި ފުރިހަމައެއް ނުވޭ. މިއީ ވަގުތީ ސަރުކާރެއް،" މެމްބަރުން އިއުލާނު ކުރުމަށް ފަހު މުޖާހިދު ބުންޏެވެ.

"ގައުމުގެ އެހެން ހިސާބުތަކުން ވެސް މީހުން ގެނެސްގެން ސަރުކާރުގައި ހިމެނުމަށް މަސައްކަތް ކުރާނަން."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox