ބޭރު ފައިސާގެ ދަތިކަމަކީ ނުރައްކާތެރި ހާލަތެއް: ސްރީ ލަންކާ

ސްރީ ލަންކާގެ ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ.-- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގެ ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ.-- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ، ސްރީ ލަންކާ (ސެޕްޓެމްބަރު 7) - ސްރީ ލަންކާ އަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމަކީ "ނުރައްކާތެރި ފޮރިން އެކްސްޗޭންޖް ކާރިސާއެއް" ކަމަށް ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އެންމެ ހަގު ކޮއްކޯފުޅު، އުމުރުން 70 އަހަރުގެ ބެސިލް ވިދާޅުވީ ކޮވިޑު ބަލިމަޑުކަމާ ހެދި ދައުލަތުގެ އާމްދަނީ ވެސް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ.

ލަންކާ އަށް ބޭނުންވާ ކާބޯތަކެތި އިމްޕޯޓު ކުރަން ބޭރު ފައިސާ ނުލިބޭތީ މިދިޔަ ހަފުތާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ތަކެތީ އަގު ކޮންޓްރޯލް ކުރަން ފައްޓައިފަ އެވެ.

ލަގްޒަރީ މުދަލުގެ ގޮތުގައި ހިމެނޭ ކާރާއި އެހެން ބައެއް ސާމާނު އެތެރެ ކުރުން މިދިޔަ އަހަރުން ފެށިގެން އޮތީ މަނާކޮށްފަ އެވެ. އެއީ ކާތަކެތީގެ އިމްޕޯޓަށް ބޭރު ފައިސާ ލިބޭނެ ގޮތް ހެދުމަށެވެ.

"އަޅުގަނޑުމެންނަށް ދިމާވެފައި މި އޮތީ ނުރައްކާތެރި ފޮރިން އެކްސްޗޭންޖް ކާރިސާއެއް،" ފިނޭންސް މިނިސްޓަރު ޕާލިމެންޓުގައި ވިދާޅުވި އެވެ.

"ލޮކްޑައުންގެ ސަބަބުން ލަންކާ ރުޕީޒްގެ ގޮތުގައި ލިބޭ އާމްދަނީ ވެސް ވަނީ ދަށްވެފައި."

ކޮވިޑު ބަލިމަޑުކަމާ ހެދި ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސްފައި ވާއިރު، މިދިޔަ އަހަރު އެ ގައުމުގެ އިގްތިސާދު ވަނީ 3.6 ޕަސެންޓު ދަށްވެފައެވެ.

ބޭރު ފައިސާ ނުލިބޭތީ ކާބޯތަކެތީގެ އިތުރުން ބޭސް އިމްޕޯޓް ކުރަން ވެސް ދަތިވެފައި ވާއިރު، ޑޮލަރު އިތުރަށް ހޯދާނެ ގޮތްތަކުގެ ވާހަކަ ބެސިލް ވިދާޅުވެފައެއް ނުވެ އެވެ.

މައި އިދިކޮޅު އެސްޖޭބީ ޕާޓީން ބުނީ އަންނަ އަހަރާ ހަމައަށް ދާއިރު، ސޮވެރިން ދަރަނި ޑީފޯލްޓުވިޔަ ނުދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ބެއިލް އައުޓަކަށް އެދެން ޖެހޭ ކަމަށެވެ.

ނަމަވެސް ޖޫނިއާ ފިނޭންސް މިނިސްޓަރު އަޖިތު ކަބްރާލް ވިދާޅުވީ ލަންކާގެ ދަރަނި ޑީފޯލްޓު ނުވާނެ ކަމަށެވެ.

"ލަންކާގެ ދަރަނި ނުދެއްކޭނެ ކަމަށް މި ފެތުރޭ ރިޕޯޓުތަކާ މެދު ކަންބޮޑުވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ބުނަން ބޭނުން ވަނީ ދަރަނި ދެއްކުމުގެ ގާބިލްކަން އަޅުގަނޑުމެންގެ އަތުގައި އެބަ އޮތޭ،" އަންގާރަ ދުވަހު ޕާލިމެންޓުގައި ކަބްރާލް ވިދާޅުވި އެވެ.

ރަސްމީ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖުލައި މަސް ނިމުނުއިރު ލަންކާގެ ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި ހުރީ 2.8 ބިލިއަން ޑޮލަރެވެ. މި އަހަރުގެ ބާކީ އޮތް ބައިގައި ބޭރުގެ ދަރަނީގެ ގޮތުގައި ލަންކާއިން 2.0 ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.

މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު ޑަބްލިއު އޭ ވިޖެވަރްދެނަ އޭއެފްޕީ އަށް ވިދާޅުވީ އެކުވެރި ގައުމެއްގެ އެހީތެރިކަން ނުލިބިއްޖެ ނަމަ އައިއެމްއެފްގެ ބެއިލްއައުޓަށް އެދެން ސަރުކާރަށް މަޖުބޫރުވާނެ ކަމަށެވެ.

"ސްރީ ލަންކާ އިން އައިއެމްއެފް އަށް ދާން މަޖުބޫރު ވާނެ،" ވިޖެވަރްދެނަ ވިދާޅުވި އެވެ.

"މި ވަގުތު ޗައިނާ ނުވަތަ އިންޑިއާގެ އެހީތެރިކަން ނެތި އިމްޕޯޓުތައް ދެމެހެއްޓޭނެ ވަރަށް ވެސް ބޭރު ފައިސާ ނެތް."

ބައިނަލްއަގްވާމީ ރޭޓިން އޭޖެންސީތަކުން ވަނީ ލަންކާގެ ކްރެޑިޓް ސްޓެޓަސް ދަށްކޮށްފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox