އިންޑިއާގައި ނިޕާހް ވައިރަސް ފެތުރެނީ، ކުއްޖަކު މަރުވެއްޖެ

ނިޕާހް ވައިރަސް ފެތުރެނީ ވާލުގެ ޒަރިއްޔާއިން.

ނިޕާހް ވައިރަސް ފެތުރެނީ ވާލުގެ ޒަރިއްޔާއިން.

އިންޑިއާގެ ކެރަލާ ސްޓޭޓުގެ 11 މީހަކަށް ނިޕާހް ވައިރަސް ޖެހި، ކުއްޖަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކެރަލާ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ ބަލީގެ އަލާމާތްތައް 11 މީހެއްގެ ހަށިގަނޑުން ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި މިދިޔަ އާދީއްތަ ދުވަހު މަރުވި 12 އަހަރުގެ ފިރިހެން ކުއްޖެއްގެ މައިންބަފައިން ވެސް ހިމެނޭ ކަމަށެވެ.

"އެ މީހުންގެ ހާލު ރަނގަޅު. އެ ކުއްޖާގެ މަންމަ އާދީއްތަ ދުވަހުގެ ރޭ ހުން އައި، އެކަމަކު މިހާރު ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮންޓެކްޓް ޓްރޭސް ކުރަން ފަށާފައިވާ ކަމަށާއި މިހާތަނަށް ފާހަގަވި 251 މީހުންގެ ތެރެއިން 54 މީހުންނަކީ "ހައި ރިސްކު" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ އެންމެން ވެސް ވަނީ އައިސޮލޭޝަންގަ އެވެ.

"އެ ލިސްޓުގައި ހިމެނޭ 129 އަށް ވުރެ ގިނަ މީހުންނަކީ މެޑިކަލް ސްޓާފުން، އޭގެން ހައި ރިސްކުގައި ހިމެނެނީ 30 މީހުން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެހާ ގިނަ އަދަދެއްގެ މެޑިކަލް ސްޓާފުންނަކީ ކޮންޓެކްޓުވެފައި ވަނީ މަރުވި ކުއްޖާއަށް ފަރުވާ ކުރުމަށް ތަފާތު ހަތަރު ކްލިނިކަކަށް ގޮސްފައި ވާތީ ކަމަށެވެ.

ޕޫނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގެ ބެލުމުގެ ދަށުން ކޮޒިކޮޑޭ ހޮސްޕިޓަލުގައި ނިޕާހް ވައިރަހަށް ޓެސްޓު ކުރަން ހާއްސަ ލެބޯޓަރީއެއް މިހާރު ވަނީ ހުޅުވާފަ އެވެ.

އޭގެ އިތުރުން ނޭޝަނަލް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލްގެ ޓީމަކުން ވެސް ކެރަލާގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ވާލުގެ ޒަރިއްޔާ އިން ފެތުރޭ ނިޕާހް ވައިރަހުން ޖެހޭ ބައްޔަކީ މިހާތަނަށް ވެކްސިނެއް ހޯދިފައި ނުވާ އިންފެކްޝަނެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި ނިޕާހް ވައިރަސް ޖެހުމުން މަރުވާ ރޭޓު އުޅެނީ 40 ޕަސެންޓާއި 75 ޕަސެންޓާ ދެމެދުގަ އެވެ.

މިއީ ކޮރޯނާ ވައިރަހަށް ވުރެ ނުރައްކާތެރި ބައްޔެއް ނަމަވެސް، މި ވައިރަހަށް ވުރެ މާ ހަލުވިކޮށް ކޮރޯނާވައިރަސް ފެތުރެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބަލިވެގެން މަރުވި ކުއްޖާ ކޭ ކަމަށް ބެލެވޭ ރަމްބުސްތާންތަކެއް ވަނީ ޓެސްޓު ކުރަން ގެންގޮސްފަ އެވެ. ސިއްހީ އޮފިޝަލުން ބުނެފައި ވަނީ އެ ކުއްޖާ ދިރިއުޅެމުން ދިޔެއީ ވާލުގެ ބާވަތެއް ކަމަށްވާ ފްރުޓް ބެޓް ގެންގުޅުނު ހިސާބެއްގައި ކަމަށެވެ.

އެ ސަރަހައްދުގައި އުޅޭ ބަކަރި އާއި އެހެން ޖަނަވާރުގެ ސާމްޕަލްތައް ވެސް ވަނީ ޓެސްޓު ކުރަން ގެންގޮސްފަ އެވެ. މިއީ ވާލުގެ ޒަރިއްޔާ އިން އިންސާނުންގެ ގަޔަށް އަދި އެހެން ޖަނަވާރުންގެ ގަޔަށް އެރުމުގެ ފުރުސަތު އޮންނަ ވައިރަހެކެވެ.

މިނިސްޓަރު ޖޯޖް ވިދާޅުވީ ނިޕާހް ވައިރަހާ ދެކޮޅަށް ވެކްސިނެއް ނެތް ނަމަވެސް މި ބައްޔަށް ފަރުވާ ކުރަން ބޭނުން ކުރާ އެންޓިބޮޑީ އަންނަ ހަފުތާގައި އޮސްޓްރޭލިއާ އިން އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް އަށް ލިބޭނެ ކަމަށެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ވެސް ކޮޒިކޮޑޭގައި ނިޕާހް ވައިރަސް ފެތުރުމުން، ބަލި ކޮންޓްރޯލް ކުރުމަށް ބޭނުން ކުރީ އެފަދަ އެންޓިބޮޑީ ފަރުވާއެކެވެ. އެ ފަހަރު ބަލި ޖެހިގެން 17 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox