ތާލިބާން ވެރިކަމުގައި އަފްގާނިސްތާނުގެ ޔުނިވާސިޓީތައް ހުހަށް!

އަފްގާނިސްތާނުގެ ޔުނިވާސިޓީއެއްގެ ކުލާސްރޫމުގައި އަންހެން ދަރިވަރަކު.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ޔުނިވާސިޓީއެއްގެ ކުލާސްރޫމުގައި އަންހެން ދަރިވަރަކު.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 7) - ހޯމަ ދުވަހު އަފްގާނިސްތާނުގެ ދިރާސީ އާ އަހަރު ފެށުނުއިރު، ކާބުލްގެ ގިނަ ޔުނިވާސިޓީތައް ހުރީ ހުހަށް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ މަހު ވެރިކަމަށް އައި ތާލިބާނުން ވަނީ ޔުނިވާސިޓީއާ ގުޅޭ ހަރުކަށި އުސޫލުތަކެއް އާއްމުކޮށްފަ އެވެ. އެ އުސޫލުތަކަށް އަމަލު ކުރުމަކީ ދަރިވަރުންނާއި ކިޔަވައިދޭ ޕްރޮފެސަރުންނަށް އުނދަގޫ ކަމެކެވެ.

މީގެ ކުރިން 1996 އިން 2001 އަށް ތާލިބާނުން ވެރިކަން ކުރިއިރު އަންހެނުންގެ ހައްގުތައް އޮތީ ހިފަހައްޓާފަ އެވެ. އެގޮތުން އަންހެނުން މަތީ ތައުލީމު ހޯދުމަކީ އޭރު މަނާ ކަމެކެވެ. ނަމަވެސް މި ފަހަރު ވެރިކަން ކުރާނީ ތަފާތުކޮށް ކަމަށް ތާލިބާނުން ބުނެ އެވެ.

އެގޮތުން އަންހެނުންނަށް ޔުނިވާސިޓީތަކަށް ދެވޭނެ ކަމަށާއި ނަމަވެސް ޔުނިވާސިޓީ ތެރޭގައި އުޅެވޭނީ ވަކި ގޮތަކަށް ކަމަށާއި ހެދުން އެޅޭނީ ވެސް ވަކި ގޮތަކަށް ކަމަށް ވަނީ އަންގާފަ އެވެ.

ތާލިބާނުން ހެދި އުސޫލުގައިވާ ގޮތުން އަންހެން ދަރިވަރުންނަށް ޔުނިވާސިޓީއަށް ދާން ޖެހޭނީ އަބާޔާ ހެދުން ލައިގެން ނިގާބް ނުވަތަ މޫނު އެއްކޮށް ނިވާވާ ބުރުގާ އަޅައިގެންނެވެ. ކުލާހުގައި އަންހެނުންނާއި ފިރިހެނުން ތިބެން ޖެހޭނީ ވަކިން ކަމަށް ވެސް އަންގާފައި ވެ އެވެ.

"މިއީ ދަރިވަރުން ގަބޫލުކުރާ ކަންކަމެއް ނޫން. އެހެންވީމަ ދެން ޖެހޭނީ ޔުނިވާސިޓީ ބަންދުކުރަން،" ކާބުލްގައި ހުންނަ ގަރްޖިސްތާން ޔުނިވާސިޓީގެ ޑިރެކްޓަރު ނޫރް އަލީ ރަހްމާނީ ބުންޏެވެ.

"އަޅުގަނޑުމެންގެ ދަރިވަރުން ތިބެނީ ބުރުގާ އަޅައި، ހަށިގަނޑު ނިވާކޮށްގެން. އެއީ ނިގާބު އަޅާ ކުދިންނެއް ނޫން."

ތާލިބާނުން އާދީއްތަ ދުވަހު އާއްމު ކުރި އުސޫލުގައިވާ ގޮތުން އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކުލާސްރޫމް ނުހިންގޭ ނަމަ ދެ ޖިންސު ވަކި ކުރަން ކުލާހުގެ މެދުގައި ފަރުދާއެއް ބަހައްޓަން ޖެހޭނެ އެވެ.

"އެކަން ކުރަން އުނދަގޫވާނެތީ އަޅުގަނޑުމެން ބުނިން އެ އުސޫލު ބަލައިގަނެވޭކަށް ނެތޭ،" ރަހްމާނީ އޭއެފްޕީ އަށް ބުންޏެވެ.

"އަޅުގަނޑުމެން ބުނިން އެއީ ހަގީގީ އިސްލާމްދީނެއް ނޫން، ގުރުއާނުގައި އޮންނަނީ އެހެންނެއް ނޫނޭ."

ތާލިބާނުން ބުނެފައި ވަނީ ޔުނިވާސިޓީގައި އަންހެން ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ އަންހެނުން ނުވަތަ "މުސްކުޅި ފިރިހެނުން" ކަމަށެވެ. އަދި ޔުނިވާސިޓީއަށް ވަންނަން އަންހެނުން ބޭނުން ކުރަން ޖެހޭނީ އެ މީހުންނަށް ހާއްސަ ގޭޓެއް ކަމަށް ކަނޑައަޅާފައި ވެ އެވެ.

އޭގެ އިތުރުން އަންހެން ދަރިވަރުންގެ ކްލާސް ގަޑި ނިންމާލަން ޖެހެނީ ފިރިހެން ދަރިވަރުންނަށް ވުރެ ފަސް މިނެޓު އަވަހަށެވެ. ތާލިބާނުން ބުނީ އެއީ ކުލާހުގެ ބޭރުގައި އަންހެނުންނާއި ފިރިހެނުން ދިމާނުވާނެ ގޮތް ހެދުމަށް ކަމަށެވެ.

ހުރިހާ ޕްރައިވެޓް ޔުނިވާސިޓީތަކުން އެ އުސޫލަށް އަމަލު ކުރުން މަޖުބޫރެވެ. ނަމަވެސް ޕަބްލިކް ޔުނިވާސިޓީތަކާ މެދު އަމަލު ކުރާނެ ގޮތެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެ އެވެ.

ގިނަ އުސޫލުތަކަކަށް ތަބާވެގެން ނަމަވެސް އަންހެނުންނަށް ކިޔެވުމުގެ ފުރުސަތު ލިބުމުން ބައެއް މީހުން ތިބީ ހިތްހަމަޖެހިފަ އެވެ. އަފްގާން އަންހެނުންނަށް ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމް ހިންގާ ޒުހްރާ ބަހްމަން ބުނީ ކިޔަވަން ދެވޭތީ ކުދިން ތިބީ އުފާވެފައި ކަމަށެވެ.

"އަންހެނުންނަށް ކިޔަވަން ދެވޭ ގޮތަށް ޔުނިވާސިޓީ ހުޅުވާލުމަކީ ވެސް ތާލިބާނުންނަށް ބަލާއިރު ކުރިއެރުމެއް. އިތުރު މިނިވަންކަމާއި ހައްގުތައް ހޯދަން ޖެހޭނީ ވާހަކަ ދައްކަން،" އޭނާ ބުންޏެވެ.

ކާބުލްގައި ހުންނަ އިބްނީ ސީނާ ޔުނިވާސިޓީގެ ތަރުޖަމާނު ޖަލީލް ތަދްޖިލިލް ވިދާޅުވީ އަންހެނުންނާއި ފިރިހެނުންނަށް ވަކި ގޭޓުތައް މިހާރު ވެސް ހަދާފައިވާ ކަމަށޭވެ.

"ތާލިބާނުންގެ ނިންމުންތަކާ ދެކޮޅު ހެދުމުގެ ބާރެއް ނެތް،" އޭނާ އޭއެފްޕީ އަށް ބުންޏެވެ.

ކުލާސްރޫމެއް ތެރޭގައި އަންހެނުންނާއި ފިރިހެނުން ތިބޭ ސަރަހައްދު ދޮރުފޮތިގަނޑަކުން ވަކިކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް އެ ޔުނިވާސިޓީން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ.

ކާބުލްގެ ޔުނިވާސިޓީތަކުން އެހާ މަދު އަދަދެއްގެ ދަރިވަރުން ހޯމަ ދުވަހު ފެނިފައި ވާތީ، މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ދަރިވަރުންގެ ތެރެއިން ގައުމު ދޫކޮށް ދިޔެއީ ކިހާ އަދަދެއްތޯ އެވެ.

ގަރްޖިސްތާން ޔުނިވާސިޓީގެ ޑިރެކްޓަރު ރަހްމާނީ ބުނީ މިދިޔަ އަހަރު ރަޖިސްޓްރީ ކުރި 1،000 ކުދިންގެ ތެރެއިން އިއްޔެ ކްލާހުގައި ތިބީ 20 ޕަސެންޓު ކުދިން ކަމަށެވެ.

އޭނާ އަންދާޒާ ކުރާ ގޮތުގައި ބޭރުގެ ފްލައިޓުތަކުގައި ދަރިވަރުންގެ 30 ޕަސެންޓު ވަނީ ގައުމު ދޫކޮށް ގޮސްފަ އެވެ. ނަމަވެސް ޔަގީންވާނީ ކުރިއަށް އޮތް ދުވަސްތަކުގައި ކުލާހަށް ކުދިން ނުކުންނަ ވަރުން ކަމަށް ބުންޏެވެ.

އަންހެން ދަރިވަރުން ދެކޭ ގޮތުގައި އެ މީހުންނަށް އޮތް ނުރައްކާ އިތުރަށް ބޮޑުވަނީ ޗެކްޕޮއިންޓުތަކުގައި ތިބޭ ތާލިބާން ހަނގުރާމަވެރިންނަށް، ދަރިވަރުން ހުއްޓުވައި ފޯނާއި ކޮމްޕިއުޓަރު ފަދަ ތަކެތި ޗެކްކުރުމުގެ ބާރު އޮތީމަ އެވެ.

ބައެއް ދަރިވަރުން ބުނެފައި ވަނީ ގައުމުގެ ކުރިމަގާއި އަމިއްލަ މުސްތަގްބަލާ މެދު އެއްވެސް ޔަގީންކަމެއް ނެތުމުން ކިޔެވުން މަތިން ފޫހިވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox