އަފްގާނިސްތާނުގައި ނުހިފި އޮތް ޕަންޖްޝީރް ވާދީ ވެސް ތާލިބާނުންގެ އަތް ދަށަށް

ތާލިބާން ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާ ދޭން ތައްޔާރަށް ހުރި މީހެއް.

ތާލިބާން ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާ ދޭން ތައްޔާރަށް ހުރި މީހެއް.

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 7) - މިދިޔަ މަހު އަފްގާނިސްތާނުގެ ވެރިކަމަށް އައި ތާލިބާނުންނަށް ނުހިފި އޮތް ހަމައެކަނި ސަރަހައްދުގެ ކޮންޓްރޯލް ވެސް މިހާރު ލިބިފައިވާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ވިހި އަހަރަށް ފަހު އެމެރިކާގެ ފައުޖުތައް އަފްގާނިސްތާނުން ފައިބަން ފެށުމާއެކު ތާލިބާނުން ވަނީ ހައިރާން ކުރުވަނިވި ގޮތަކަށް އަލުން ވެރިކަމަށް އައިސްފަ އެވެ. އެ މީހުންނަށް ނުހިފި އޮތް ހަމައެކަނި ތަނަކީ ޕަންޖްޝީރް ވާދީ އެވެ.

ތާލިބާނުންގެ ތަރުޖަމާނު ބުނީ އެ ތަނުގައި ވަރުގަދަ ހަމަލާތައް ބަދަލު ކުރުމަށް ފަހު ކުރި ލިބިފައިވާ ކަމަށާއި ތާލިބާނުންނާ ދެކޮޅަށް އިތުރަށް މަސައްކަތް ކުރަން އުޅުމުގެ ނަތީޖާ ގޯސްވާނެ ކަމަށެވެ.

"މި ކާމިޔާބާއެކު އަޅުގަނޑުމެންގެ ގައުމު މި ވަނީ ހަނގުރާމައިގެ ތެރެއިން ސަލާމަތް ކުރެވިފައި،" ޒަބީހުﷲ މުޖާހިދު ބުންޏެވެ.

"ހަނގުރާމައެއް ފަށަން އުޅޭ ކޮންމެ ބަޔަކާ ދެކޮޅަށް ވެސް ވަރުގަދަ ހަމަލާތައް ދޭނަން. އެފަދަ ހަނގުރާމައަކަށް ދެން ފުރުސަތެއް ނެތް."

ތާލިބާނުން ވަނީ ޕަންޖްޝީރުގައި ހުންނަ ގަވަރުނަރުގެ ގޭގެ ބޭރުގައި ތާލިބާނުންގެ ހުދު ދިދަ ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. ޕަންޖްޝީރް ވާދީއަކީ އަބަދުވެސް ތާލިބާނުންނާ ދެކޮޅު ހަނގުރާމަވެރިންގެ ބާރު ހިނގަމުން ދިޔަ ތަނެކެވެ. އެހެންކަމުން މިއީ 40 އަހަރަށް ފަހު ތާލިބާނުންނަށް އެތަން ހިފުނު ފުރަތަމަ ފަހަރެވެ.

އަފްގާނިސްތާނުގެ ކުރީގެ ސިފައިންނާއި ތާލިބާނާ ދެކޮޅު ހަނގުރާމަވެރިން އެއްބައިވެ އުފައްދާފައިވާ ނޭޝަނަލް ރިޒިޒްޓަންސް ފްރަންޓް (އެންއާރްއެފް) އިން އާދީއްތަ ދުވަހު ބުނީ ޕަންޖްޝީރުގައި އެ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި ހަމަލާ ބަދަލު ކުރުން މެދުކަނޑާލަން ގޮވާލާ ކަމަށެވެ.

ނަމަވެސް ހޯމަ ދުވަހު ކުރި ޓްވީޓެއްގައި އެންއާރްއެފުން ބުނީ އެ މީހުންގެ ހަނގުރާމަވެރިން އަދިވެސް ތިބީ ޕަންޖްޝީރް ވާދީގެ "ސްޓްރެޓެޖިކް" ހިސާބުތަކުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox