މިރުޒާގެ ވާރިސަކު ގާތިލަށް މާފު ދޭން ބޭނުންވެއްޖެ

Sep 6, 2021, 10:01 AM
ނަޒީފްގެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން --

ނަޒީފްގެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން --

ކުރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މީހަކަށް މާފުދޭން ބޭނުންވާ ކަމަށް މަރާލި މީހެއްގެ ވާރިސަކު ބުނެފި އެވެ.

އިސްލާމީ ޝަރީއަތުގައި މަރަށް މަރު ހިފޭނީ މަރާލި މީހާގެ ވާރިސުން އެކަމަށް ބޭނުންވާނަމަ އެވެ. އެއީ, ވާރިސުންގެ ހައްގެއްގެ ގޮތަށް އޮންނައިރު އެންމެ މީހަކު އެކަމަށް ދެކޮޅު ހެދި ނަމަވެސް, މަރުގެ އަދަބު ކަނޑައެއް ނޭޅޭނެ އެވެ.

މާފު ދޭން ބޭނުންވާ ކަމަށް ބުނެފައިވަނީ ވިލިމާލޭގައި މީގެ 10 އަހަރު ކުރިން ހަމަލާދީ މަރާލި ނ. މާޅެންދޫ ވައިޓްހައުސް, އަހުމަދު މިރުޒާ އިބްރާހިމްގެ ވާރިސެކެވެ. މިރުޒާ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވަނީ ފުވައްމުލައް ސިޓީ, ޒާވިއާ، އަބްދުﷲ ނަޒީފް އަދި ވ. ފަޒީލާމަންޒިލް, މުހައްމަދު ޝިފާއު އެވެ.

މާފު ދޭން ބޭނުންވާ ކަމަށް ބުނެފައިވަނީ އޭގެ ތެރެއިން ނަޒީފަށެވެ.

ނަޒީފަށް ކޮށްފައިވާ މަރުގެ ހުކުމް ހައިކޯޓުން ވެސް ދަމަހައްޓާފައިވާއިރު, އެ މައްސަލަ މިހާރު ވަނީ ނަޒީފްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

މިއަދު މައްސަލާގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ނަޒީފްގެ މައްސަލަ ހައިކޯޓުން ނިމުނު ފަހުން އޭނާއަށް މާފުދޭން ބޭނުންވާ ކަމަށް ބުނެ ވާރިސަކު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ނަޒީފަށް މާފުދޭން ބޭނުންވާ ސަބަބެއް ކަމަށް އޭނާ ސިޓީގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި, ނަޒީފް ކުށަށް އިއުތިރާފުވެފައިވާތީ މާފުކޮށްދިނުމަށް އެދުމުންނެވެ. ނަމަވެސް, ނަޒީފް ކޯޓުގައި ކުށަށް އިއުތިރާފުވެފައެއް ނުވެ އެވެ.

ކޯޓުގައި ނަޒީފް ކުށަށް އިއުތިރާފުވެފައިވާއިރު އޭނާއަށް މާފުދެވިދާނެކަމާމެދު ފަނޑިޔާރުން ނަޒީފްގެ ވަކީލާ ސުވާލު އަމާޒު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އޭނާގެ ވަކީލް މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި, ވާރިސަކު މަރަން މަރު ހިފުމަށް ކޮންމެ ސަބަބަކާހުރެ ނަމަވެސް, ދެކޮޅު ހަދާނަމަ ގިސޯސްގެ އަދަބު ކަނޑަނޭޅޭނެ އެވެ.

މިރުޒާގެ ވާރިސަކު ނަޒީފަށް މާފުދޭން ބޭނުންވާ ކަމަށް ބުނެފައިވަނީ ނާޒިފްގެ އާއިލާގެ ފަރާތުން ވާރިސާ ބައްދަލުކުރުމަށްފަހު އެވެ. އެކަމާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުން ނަޒީފާ ސުވާލު ކުރެއްވި އެވެ.

ޖަވާބު ދެމުން ނަޒީފް ބުނި ގޮތުގައި, އޭނާގެ އާއިލާގެ ފަރާތުން މިރުޒާގެ އާއިލާއަށް ވާހަކަ ދެއްކީ ކަމަށް ވެދާނެ އެވެ. އެކަން އިތުރަށް ޔަގީންވާނީ އާއިލާއާ ވާހަކަ ދެކެވުމުން ކަމަށް ޖަލު ބަންދުގައި ހުރި ނަޒީފް ބުންޏެވެ.

މި މައްސަލާގައި މިއަދުގެ އަޑުއެހުމަށްފަހު ދެން ބާއްވާނީ ދިރާސާކުރުމަށްފަހު ހުކުމް ކުރުމުގެ އަޑުއެހުމެވެ. މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox