ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކައުންސިލުން ގޯތި ދޭން ނިންމިއިރު ސަރުކާރުގެ ވިސްނުން ތަފާތު

ސްޓެލްކޯ ސަރަހައްދުގެ ގެއެއްގެ ތެރެއިން މާލެއަށް ކަރަންޓު ދޭ ޖަނަރޭޓުތައް ފެންނަ ފޮޓޯއެއް: އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައި. -- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސްޓެލްކޯ ސަރަހައްދުގެ ގެއެއްގެ ތެރެއިން މާލެއަށް ކަރަންޓު ދޭ ޖަނަރޭޓުތައް ފެންނަ ފޮޓޯއެއް: އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައި. -- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

މާލެއަށް ކަރަންޓުދޭ ސްޓެލްކޯގެ ބިޔަ ޖަނަރޭޓަރުތައް ކައިރީ ދިރިއުޅޭ ރައްޔިތުންނަށް އެހެން ސަރަހައްދަކުން ގޯތި ދިނުމަށް ސިޓީ ކައުންސިލުން ނިންމި ނަމަވެސް އެކަން ކޮށްފައި ވަނީ ސަރުކާރާ މަޝްވަރާ ކުރުމެއް ނެތި އަދި މައްސަލަ ހައްލު ކުރުމަށް ރައީސް އޮފީހުން ގެންގުޅޭ ވިސްނުމާ ހިލާފަށްކަން ހާމަވެއްޖެ އެވެ.

ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، ހާއްސަކޮށް ގ. ފެހިހިރި އާއި ގ. ރަސްރޯނުގެ ރައްޔިތުނަށް އިންޖީނުގެތަކުން އިވޭ އަޑާއި ދުވާ ވަހާއި އަރާ ދުމާއި ވައިބްރޭޝަންގެ ސަބަބުން އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފަ އެވެ.

އެ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ މީހުންނަށް އެހެން ސަރަހައްދަކުން ގޯތި ދިނުމަށް ސިޓީ ކައުންސިލުން ނިންމީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހާއި ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކަށް ހުށަހަޅައިގެން އެ ދެ ގޭގެ ރައްޔިތުން އެ ސަރަހައްދުން ބަދަލުވާން މަސައްކަތް ކުރަނިކޮށެވެ.

Advertisement

އެ މައްސަލައިގައި ސްޓެލްކޯއިން އަބަދުވެސް ބުނަމުންދިޔައީ އުނދަގޫވަނީ އަދި ގަވާއިދާ ހިލާފަށް ގެތަކާ 200 ފޫޓު ކައިރިން ބަހައްޓާފައި ހުރި ޖަނަރޭޓަރުތަކަކީ މާލެއަށް ބޭނުންވާ ކަރަންޓު ދިނުމަށް އެމަޖެންސީކޮށް ބަހައްޓާފައިވާ ޖަނަރޭޓަރުތަކެއް ކަމަށެވެ. އަދި ހުޅުމާލޭގައި ގާއިމްކޮށްފައި ހުރި 50 މެގަވޮޓްގެ ބިޔަ ޖަނަރޭޓަރު މާލެއާ މިހާރު ގުޅާލާފައި އޮތުމުން ކުދި ޖަނަރޭޓަރުތައް ބަންދުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެ މައްސަލައިގައި "އަދަދު" އާ ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ މައްސަލައާމެދު ކައުންސިލުން ނިންމި ގޮތް ރައީސް އޮފީހަށް އަންގާފައިނުވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެ ކުދި ޖަނަރޭޓަރުތައް ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ނިމުމުން، ސްޓެލްކޯ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ރައީސް އޮފީހުން ގަބޫލު ކުރާ ކަމަށެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސާސް ކޮމެޓީގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދާއިމީ ހައްލެއް ލިބޭނީ ސްޓެލްކޯ އެހެންތަނަކަށް ބަދަލުކޮށްގެން ކަމަށެވެ.

"ތޮއްޖެހިފައި އޮތް މާލޭ ތެރޭގައި މިހާ ބޮޑު ބިމެއްގައި އެހާ މީހުންނަށް ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން އުނދަގޫވާ ތަނެއް ހުރުމަށްވުރެ، މާލެއިން ބޭރަށް ތިލަފުއްޓަށް ނޫނީ އެހެން ތަނަކަށް ނަމަވެސް ބަދަލުވުމަކީ ލޯންގް ޓާމްގައި ހަގީގަތުގައި ޓެކްނިކަލީ އެންމެ ރަނގަޅު ގޮތް ކަމަށްވާނީ ސްޓެލްކޯ ރިލޮކޭޓްވުން،" މޭޔަރު ވިދާޅުވި އެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަމުން ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައި ވަނީ މައްސަލައިގެ ހައްލަކަށްވާނީ އެމީހުން އެހެން ސަރަހައްދަކަށް ބަދަލު ކުރުން ކަމަށެވެ.

"އެމީހުން ނުވިސްނާނެ ދޯ އަޅުގަނޑުމެން އެ ސަރަހައްދުގައި އުޅޭ ވިއްސަކަށް މީހުންނަކަށް؟ އެމީހުން ވިސްނަވާނީ މުޅި މާލެއަށް ކަަރަންޓު ދެވޭތޯ. އެއީ ޖަނަރޭޓަރުތައް އެބަ ހިންގަންޖެހޭ އެ ސަރަހައްދުގައި. ކަރަންޓު ވެސް ދޭންޖެހޭ އެބަ. އެހެންވީމަ އެތަން އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ބާއްވާފައި އަޅުގަނޑުމެން މޫވްކޮށްލަދޭށޭ (މި ދަންނަވަނީ)،" އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox