މާބަނޑު ފުލުހަކު މަރާލިކަމުގެ ތުހުމަތު ތާލިބާނުންނަށް!

ތާލިބާނުން ބަޑި ޖަހާ މަރާލި ބަނޫ ނެގަރް،-- ފޮޓޯ: ނެގަރް އާއިލާ/ ބީބީސީ

ތާލިބާނުން ބަޑި ޖަހާ މަރާލި ބަނޫ ނެގަރް،-- ފޮޓޯ: ނެގަރް އާއިލާ/ ބީބީސީ

އަފްގާނިސްތާނުގެ ޕްރޮވިންޝަލް ސިޓީއެއްގައި ތާލިބާނުން މާބަނޑު ފުލުހެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކާ ހަވާލަދީ ބީބީސީން ރިޕޯޓުކޮށްފި އެވެ.

އަފްގާނިސްތާނުގެ މީޑިއާއިން ބުނާ ގޮތުގައި ބަނޫ ނެގަރް ނަމަކަށް ކިޔާ އަންހެން މީހާ މަރާލީ އޭނާގެ އާއިލާ މެމްބަރުންގެ ކުރިމަތީގައި ގޯރް ޕްރޮވިންސްގެ ވެރިރަށް ފީރޯޒްކޯހްގަ އެވެ.

ތާލިބާނުން ބީބީސީ އަށް ބުނެފައި ވަނީ ނެގަރްގެ މަރުގައި އެ މީހުންގެ އަތެއް ނުވާނެ ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.

"އެކަމުގެ މައުލޫމާތު ވަނީ ލިބިފައި. އޭނާ މަރާލީ ތާލިބާނުން ނޫން ކަމުގެ ޔަގީންކަން އެބަ އޮތް. ތަހުގީގު ދަނީ ކުރިއަށް،" ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުންޏެވެ.

އޭނާ ބުނީ ކުރީގެ ސަރުކާރަށް މަސައްކަތް ކޮށްދިން ފަރާތްތަކުގެ ކިބައިން ބަދަލު ނުހިފާނެ ކަމުގެ ޔަގީންކަން ތާލިބާނުން ދީފައި ވާނެ ކަމަށާއި ނެގަރްގެ މަރު ގުޅިފައި ވަނީ "ޒާތީ" މައްސަލައަކާ ކަމަށެވެ.

އެ ހާދިސާއާ ގުޅޭ މައުލޫމާތު ހާމަކޮށްފި ނަމަ ފުރާނައަށް ގެއްލުންވެދާނެ ކަމުގެ ބިރަށް ފީރޯޒްކޯހް ސިޓީގެ ގިނަ ބަޔަކު އެކަމުގެ ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ.

ނަމަވެސް މަންޒަރު ދުށް ތިން މީހަކު ބީބީސީ އަށް ބުނެފައި ވަނީ ތާލިބާނުން ނެގަރް އަށް އަނިޔާކޮށް ބަޑި ޖަހައި މަރާލީ އޭނާގެ ފިރިމީހާ އާއި ދަރިންގެ ކުރިމަތީގައި ހޮނިހިރު ދުވަހު ކަމަށެވެ.

ފާރަށް ލޭ ބުރާފައި ހުރި މަންޒަރާއި ކޮޓަރީގެ ކަނެއްގައި ކާކުކަން ނޭނގޭ ވަރަށް މޫނު މައްޗަށް އަނިޔާވެފައިވާ މީހެއްގެ ހަށިގަނޑު އޮންނަ މަންޒަރު ފެންނަ ފޮޓޯތައް ނެގަރްގެ އާއިލާއިން ވަނީ ބީބީސީއާ ހިއްސާކޮށްފަ އެވެ.

އެ އާއިލާއިން ބުނީ ޖަލުގައި ވަޒީފާ އަދާ ކުރަމުން ދިޔަ ނެގަރް މަރާލިއިރު އިނީ ބަލިވެ ކަމަށާއި ބަނޑަށް އަށް މަސް ކަމަށެވެ.

ހޮނިހިރު ދުވަހު ހަތިޔާރާއެކު ތިން ފިރިހެނަކު ގެޔަށް އައިސް އާއިލާގެ މެމްބަރުން ބަނުމަށް ފަހު ނެގަރް ހިފެހެއްޓި ކަމަށް އެ އާއިލާއިން ބުންޏެވެ.

މަންޒަރު ދުށް މީހަކު ބުނެފައި ވަނީ އެ އަމަލު ހިންގި މީހުން ވާހަކަ ދެއްކީ އަރަބި ބަހުން ކަމަށެވެ.

އޯގަސްޓު 13 ވަނަ ދުވަހު ވެރިކަމަށް އައި ތާލިބާނުން ބުނެފައި ވަނީ މި ފަހަރު ވެރިކަން ކުރާނީ ތަފާތުކޮށް ކަމަށާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އިހްތިރާމު ކުރާނެ ކަމަށެވެ.

ނަމަވެސް އަންހެނުންނާއި އަންހެން ކުދިންނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމުގެ ހަބަރުތައް މިހާރު ވަނީ ފެތުރެން ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox