އިންޑިއާގައި 50،000 އަށް ވުރެ ގިނަ ދަނޑުވެރިން މުޒާހަރާކޮށްފި

އިންޑިއާގެ ދަނޑުވެރިން މުޒާހަރާކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ދަނޑުވެރިން މުޒާހަރާކުރަނީ.-- ފޮޓޯ: އޭއެފްޕީ

މުޒައްފަރުނަގަރް، އިންޑިއާ (ސެޕްޓެމްބަރު 5) - ދަނޑުވެރިކަމާ ގުޅޭ ގާނޫނުތަކުގެ ސަބަބުން ދަނޑުވެރިންނަށް ގެއްލުން ވާނެ ކަމަށް ބުނެ އިންޑިއާގެ ވެރި ރަށް ނިއު ދިއްލީ ކައިރީގައި އެތައް ހާސް ބަޔަކު މުޒަހާރަކޮށްފި އެވެ.

ދަނޑުވެރިކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ގޮވުންތައް ގޮވަމުން، ދަނޑުވެރި އަންހެނުންނާއި، ފިރިހެނުން އަދި ކުޑަކުދިން މަގުތަކަށް ނުކުތީ އެ މީހުންގެ މަސައްކަތް ރަމްޒުކޮށްދޭ ރީނދޫ އަދި ފެހި ކުލައިގެ ސްކާފް އަޅައިގެންނެވެ.

އުއްތަރް ޕްރަދޭޝް ސްޓޭޓުގެ މުޒައްފަރްނަގަރް ޑިސްޓްރިކްޓުގައި އޮތް މުޒާހަރާގެ ބައިވެރިން ތިބީ ގައުމީ ދިދައިގެ އިތުރުން ދަނޑުވެރިންގެ ޔޫނިއަންތަކުގެ ދިދަ ވެސް ހިފައިގެންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގިނަ އަދަދެއްގެ ދަނޑުވެރިން ދިރިއުޅެމުން ދަނީ ދިއްލީގެ ބޯޑަރު ސަރަހައްދުގައި ކޭމްޕު ޖަހައިގެންނެވެ. ހުއްޓުމެއް ނެތި އެ މީހުން ކުރާ މުޒާހަރާއަކީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ދަނޑުވެރިންނާއި ޔޫނިއަންތަކުގެ ލީޑަރުން ބުނަމުން ދަނީ އެ މީހުންގެ ހައްގުތައް ހޯދަން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި ދިއްލީ ކައިރީގައި ކުރާ މުޒާހަރާ ހުއްޓާލާނީ ގާނޫނު އަނބުރާ ގެންދިޔުމުން ކަމަށެވެ.

އޭގެ އިތުރުން ސެޕްޓެމްބަރު 27 ވަނަ ދުވަހު އިންޑިއާގެ އެކި ކަންކޮޅުތަކުގައި ތިބި ދަނޑުވެރިން ވެސް ބޮޑު މުޒާހަރާއަކަށް ނުކުތުމަށް ގޮވާލި އެވެ.

މުޒާހަރާ ބޭއްވި ސައިޓުގައި ހުރި އޭއެފްޕީގެ ފޮޓޯގްރާފަރަކު ބުނީ މަދުވެގެން 50،000 ދަނޑުވެރިންނާއި އެ މީހުންނަށް ތާއީދު ކުރާ މީހުން އެ ތަނުގައި ތިބި ކަމަށެވެ.

ދަނޑުވެރިންގެ ޔޫނިއަންތައް ރަމްޒުކޮށްދޭ ޖަމިއްޔާއަކުން ބުނީ 15 ސްޓޭޓެއްގެ ދަނޑުވެރިން މުޒާހަރާގައި ބައިވެރިވި ކަމަށެވެ.

މޯދީގެ ސަރުކާރުން ބުނާ ގޮތުގައި ދަނޑުވެރިކަމުގެ ސިނާއަތުން އެކަށީގެންވާ ފައިދާއެއް ނުލިބެ އެވެ. އަދި އެ ސިނާއަތް އޮތީ އިސްލާހު ކުރަން ޖެހިފައި ކަމަށް ސަރުކާރުން ބުނެ އެވެ.

އެ ވާހަކަތަކުގެ ތެރެއިން ހެދި ދަނޑުވެރިކަމާ ގުޅޭ ގާނޫނުތަކުގެ ސަބަބުން ދަނޑުވެރިންނަށް ގެއްލުން ވާނެ ކަމަށާއި ދަނޑުވެރިން ކޮންޓްރޯލް ކުރާނީ ބޮޑެތި ކުންފުނިތަކުން ކަމަށް މުޒާހަރާގެ ބައިވެރިން ގަބޫލުކުރެ އެވެ.

ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުން ދާއިރު، މި މައްސަލަ ހައްލު ކުރަން ސަރުކާރުން އެތައް ފަހަރެއްގެ މަތިން މަޝްވަރާތައް ބޭއްވި ނަމަވެސް އަދި ހައްލެއް ފެނިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox