ކަޝްމީރުގައި މަރުވި އެކްޓިވިސްޓުގެ އާއިލާއަށް ޓެރަރިޒަމްގެ ތުހުމަތު

ކަޝްމީރުގެ އެކްޓިވިސްޓު ސަޔިދު އަލީ ޝާހް ގީލަނީ 2013 ވަނަ އަހަރު އެއްވުމެއްގައި ވާހަކަދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ކަޝްމީރުގެ އެކްޓިވިސްޓު ސަޔިދު އަލީ ޝާހް ގީލަނީ 2013 ވަނަ އަހަރު އެއްވުމެއްގައި ވާހަކަދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ސްރީނަގަރް، އިންޑިއާ (ސެޕްޓެމްބަރު 5) - މިދިޔަ ބުރާސްފަތި ދުވަހު މަރުވި ކަޝްމީރުގެ އެކްޓިވިސްޓުގެ އާއިލާއަށް ޓެރަރިޒަމްގެ ތުހުމަތުކޮށް އިންޑިއާ ފުލުހުން ތަހުގީގު ފަށައިފި އެވެ.

ސަޔިދު އަލީ ގީލަނީގެ އާއިލާގެ މައްސަލަ ބަލަން ފެށީ ޕާކިސްތާނުގެ ދިދަޔަކުން އޭނާގެ ހަށިގަނޑު ނިވާކޮށް، އިންޑިއާ ސަރުކާރާ ދެކޮޅު ގޮވުންތައް ގޮވުމުންނެވެ.

އުމުރުން 92 އަހަރުގެ ގީލަނީ މަރުވުމާއެކު އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ވަނީ ހަމަނުޖެހުން ބޮޑުވެފަ އެވެ.

Advertisement

ޝަރީއަތް ކުރުމެއް ނެތި މީހުން ބަންދު ކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ގާނޫނެއްގެ ދަށުން ގީލަނީގެ އާއިލާއާ މެދު އަމަލު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް މިހާތަނަށް އެ އާއިލާގެ އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ގީލަނީގެ ދަރިފުޅު، ނަސީމް ބުނެފައި ވަނީ ބައްޕަ މަރުވުމާއެކު ދަންވަރުގެ ވަގުތުގައި ފުލުހުން ގެޔަށް އައިސް ހަށިގަނޑު ގެންގޮސް، އާއިލާ ބައިވެރި ކުރުމެއް ނެތި ޖަނާޒާ ނިންމާލި ކަމަށެވެ.

އެކަމަކު ފުލުހުން އެ ވާހަކަ ދޮގުކުރެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ގީލަނީގެ ހަށިގަނޑު ގެންދިޔުމުގެ ކުރިން ފުލުހުންނާއި އޭނާގެ އާއިލާއާ ދެމެދު ކުރިމަތިލުމެއް ހިނގާ މަންޒަރެވެ. ހަށިގަނޑު ގެންދިޔައިރު އޮތީ ޕާކިސްތާނުގެ ދިދައިން ފޮރުވާލާފަ އެވެ.

"އަހަރުމެން ބޭނުން ވަނީ މިނިވަންކަން" ކަމަށް ގޮވާ އަޑު ވީޑިއޯއިން އިވެ އެވެ.

ގީލަނީގެ މަރަށް ފަހު, ކަޝްމީރުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އާދީއްތަ ދުވަހު ވަނީ ލުއި ދީފަ އެވެ. އިންޓަނެޓާއި މޮބައިލް ފޯނުގެ ހިދުމަތް ވެސް މިހާރު ކޮންމެވެސް ވަރަކަށް ލިބެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުން ދައުވާ ކުރާ ކަޝްމީރު 1947 ވަނަ އަހަރުން ފެށިގެން އޮންނަނީ ދެ ފަޅިކޮށްފަ އެވެ.

އިންޑިއާ އިން ކޮންޓްރޯލް ކުރާ ފަޅީގައި ދިރިއުޅުނު ގީލަނީ ގޭ ބަންދުގައި ހުންނަތާ 11 އަހަރުވެއްޖެ އެވެ. ފާއިތުވި ދުވަސްތަކުގައި އޭނާގެ ސިއްހީ ހާލަތު ދިޔައީ ގޯސްވަމުންނެވެ.

ގީލަނީ އަކީ 1960 ގެ އަހަރުތަކުން ފެށިގެން ކަޝްމީރުގައި އިންޑިއާގެ ބާރު ހިންގުމާ ދެކޮޅަށް ތެދުވި މީހެކެވެ. އޭނާ މަސައްކަތް ކުރީ މުޅި ކަޝްމީރަކީ ޕާކިސްތާނުގެ ބަޔެއްގެ ގޮތުގައި ހެދުމަށެވެ.

ކަޝްމީރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެ ވެސް، އޭނާ އެކަމަށް ބާރު އެޅި އެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ދެ ވަނަ އަހަރު އޭނާ އަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ފަހުން ވެސް ގިނަ އަހަރުތަކެއް ހޭދަކުރީ ގޭ ބަންދުގަ އެވެ.

ޒުވާން އުމުރުން ފެށިގެން ގީލަނީ އަކީ ޖަމާއަތީ އިސްލާމީގެ މެމްބަރެކެވެ. އެ ޖަމާއަތަކީ އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އޮތް އެންމެ ބޮޑު ސިޔާސީ އަދި ދީނީ ގްރޫޕެވެ. ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ވަނީ އެ ޖަމާއަތް ހިންގުން މަނާކޮށްފަ އެވެ.

ކަޝްމީރު މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން ދެ ފަހަރު ހަނގުރާމަ ކުރި އެވެ. ގީލަނީގެ މަރާ ގުޅިގެން ބުރާސްފަތި ދުވަހު ޕާކިސްތާނުގައި ވަނީ ގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއް ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން ޕާކިސްތާނާއި ތުރުކީގައި ވެސް ގީލަނީގެ ގައިބުގައި ކަށު ނަމާދުކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox