ނިއުޒީލޭންޑުގައި ދިން ހަމަލާގެ ތަހުގީގަށް ލަންކާއިން އެހީވަނީ

ނިއުޒީލޭންޑުގެ މަސްޖިދު އެ ބިލާލް މިސްކިތް ބޭރުގައު ފުލުހުންގެ ޓޭޕު ދަމާފައި.-- ފޮޓޯ: އޭއެފްޕީ

ނިއުޒީލޭންޑުގެ މަސްޖިދު އެ ބިލާލް މިސްކިތް ބޭރުގައު ފުލުހުންގެ ޓޭޕު ދަމާފައި.-- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (ސެޕްޓެމްބަރު 4) - ސްރީލަންކާގެ ރައްޔިތަކުން ނިއުޒީލެންޑުގައި ދިން ވަޅީގެ ހަމަލާގެ ތަހުގީގަށް ސްރީލަންކާއިން އެހީވާނެ ކަމަށް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ލަންކާ ރައްޔިތަކު ވަނީ މިދިޔަ ހުކުރު ދުވަހު އޯކްލޭންޑުގެ ސުޕަމާކެޓެއް ތެރޭގައި ހަތް މީހަކަށް ވަޅިން ހަމަލާ ދީފަ އެވެ. އޭނާ ހުއްޓުވަން ފުލުހުން ބަޑި ޖެހުމުން ވަނީ މަރުވެފަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ނިއުޒީލެންޑުގައި ދިރިއުޅެމުން ދިޔަ އެ މީހާ ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ހިތްވަރު ލިބިގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ލަންކާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ކޮހުލަރަންގަން ރަތުނަސިންގަމް ވިދާޅުވީ އެ ހަމަލާ ލަންކާ ސަރުކާރުން ކުށްވެރި ކުރާ ކަމަށާއި، ތަހުގީގަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ލިބޭނެ ކަމަށެވެ.

ހަމަލާ ދިން މީހާ ހުއްޓުވަން ނިއުޒީލެންޑު ފުލުހުން އަމަލު ކުރި ގޮތަށް އޭނާ ތައުރީފު ކުރެއްވި އެވެ. ލަންކާ ފުލުހުން ބުނީ ހަމަލާ ދިން މީހާގެ ބޭބެއާ ކޮލޮމްބޯގައި ސުވާލުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ ހަމަލާ ދިން މީހާގެ ބޭބެއާ ގުޅޭ މައުލޫމާތު އެއް ކުރަމުން. ހަމަލާ ދިން މީހާއާ ގުޅުން އޮތް ކަމަށް ބެލެވޭ އެހެން މީހުންގެ މައުލޫމާތު ވެސް ހޯދަމުން ދާނެ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސްރީލަންކާގެ މުސްލިމް ކައުންސިލުން ވެސް ވަނީ ހުކުރު ދުވަހު ހިންގި "އަނިޔާވެރި ޓެރަރިޒަމްގެ އަމަލު" ކުށްވެރިކޮށް، ނިއުޒީލެންޑުގެ ފުލުހުންނަށް ޝުކުރު އަދާކޮށްފަ އެވެ.

"މި ހާދިސާއަކީ އެންމެން އެއްބައިވެ ޓެރަރިޒަމާ ދެކޮޅަށް ލަންކާ އާއި ލަންކާއިން ބޭރުގައި އެކުގައި މަސައްކަތް ކުރަން ލިބުނު އިތުރު ހިތްވަރެއް،" އެ ކައުންސިލްގެ މެމްބަރު މުހައްމަދު ހިޝާމް އޭއެފްޕީ އަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox