ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން، ހަ މަހުގެ މެއިންޓެނަންސް ފީ ލިބޭ ޕްރޮމޯޝަނެއް ވިލާ ގޭހުން ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހިޔާގެ 16 ޓަވަރުގައި ދިރިއުޅޭ މީހުންގެ ތެރެއިން، ވިލާ ގޭސް ބޭނުންކުރާ މީހުންގެ މެދުގައި ގުރުއަތު ނެގޭނެ އެވެ. އަދި ކޮންމެ ޓަވަރަކުން ނަސީބުވެރި އެކަކަށް ހިޔާގެ މެއިންޓެނަންސްގެ ގޮތުގައި ކޮންމެ މަހަކު ކުލީގެ އިތުރުން ދައްކާ 1000ރ. ހަ މަސް ދުވަހަށް ލިބޭނެ އެވެ.
ސިލްސިލާ ލަކީޑްރޯތަކެއްގެ ގޮތުގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން، ކޮންމެ ހަ މަހަކުން ނަސީބުވެރިން ހޮވާނެކަމަށް ވިލާ ގޭހުން މައުލޫމާތު ދެއެވެ.
ވިލާ ގޭހުން ވަނީ މި ލަކީޑްރޯގައި ބައިވެރިވާ މީހުންނަށް ހިލޭ ގޭސް ފުޅި ފޯރުކޮށްދޭނެކަމަށް ބުނެފަ އެވެ. ދައްކަން ޖެހޭނީ ގޭސް ފުޅީގެ ކޮންމެ ރީފިލްއަކަށް ދައްކަން ޖެހޭ 200ރ. އެވެ. އަދި ލަކީޑްރޯގައި ބައިވެރިވެވޭނީ މަދުވެގެން ހަ މަސް ދުވަހު އޯޑަރު ކުރާނަމަ އެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި، ހިޔާ ޔޫނިއަންގައި މެމްބަރުން ރަޖިސްޓްރީކުރަން އިއްޔެ ހަވީރު ހިޔާ ސަރަހައްދުގައި ރޯޑްޝޯއެއް ކުރިޔަށް ގެންދިޔަ އެވެ. ވިލާ ގޭހުން ވަނީ އަންނަ ހުކުރު ދުވަހު ހަވީރު 4-6 އަށް މި ރޯޑްޝޯ ބާއްވާނެ ކަމަށް ބުނެފަ އެވެ.









