ހަމަނުޖެހުން ބޮޑުވެ ކަޝްމީރުގައި ނުތަނަވަސްކަން އުފެދިފައި

އެކްޓިވިސްޓެއްގެ މަރަށް ފަހު ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން އިންޑިއާ ސިފައިން ކަޝްމީރުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

އެކްޓިވިސްޓެއްގެ މަރަށް ފަހު ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން އިންޑިއާ ސިފައިން ކަޝްމީރުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

ސްރީނަގަރް، އިންޑިއާ (ސެޕްޓެމްބަރު 3) - އެކްޓިވިސްޓަކު މަރުވުމުން ހިނގި ހަމަނުޖެހުންތަކަށް ފަހު އެތައް ހާސް އިންޑިއާ ސިފައިންގެ މީހުން ކަޝްމީރު ލޮކްޑައުންކޮށްފި އެވެ.

އިންޑިއާގެ ބާރު ކަޝްމީރުގައި ހިންގުމާ ދެކޮޅު އެކްޓިވިސްޓު ސަޔިދު އަލީ ގީލަނީ އުމުރުން 92 އަހަރުގައި މަރުވީ ބުރާސްފަތި ދުވަހު އެވެ. އާއްމުންނަށް ބައިވެރިވެވޭ ފަދަ ޖަނާޒާއަކަށް ހުއްދަ ނުދިނުމުން ވަނީ ހަމަނުޖެހުން ހިނގާފަ އެވެ.

އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ފަޅީގައި އިންޓަނެޓާއި މޮބައިލް ފޯނުގެ ހިދުމަތް މިދިޔަ ބުދަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފަ އެވެ.

ބޮޑެތި މިސްކިތްތައް ބަންދުކޮށްފައި ހުރިއިރު، އެ ސަރަހައްދުތަކުގައި ގިނަ ސިފައިން ސެކިއުރިޓީ ބަލަހައްޓަމުން ދެ އެވެ. ހުއްދަ ނުދިން ނަމަވެސް، ބައެއް ކުދި މިސްކިތްތަކަށް މީހުން ޖަމާވެ ވަނީ ގައިބުގައި ކަށު ނަމާދުކޮށްފަ އެވެ.

އިންޑިއާއިން ބާރު ހިންގާ ކަޝްމީރު ފަޅީގެ އެންމެ ބޮޑު ސިޓީ، ސްރީނަގަރްގައި އާއްމުންނާއި ސަރުކާރުގެ ފައުޖާ ދެމެދު ބުރާސްފަތި ދުވަހު ހިނގި ކުރިމަތިލުމަށް ފަހު ސިފައިން ދަނީ މަގުތައް ޕެޓްރޯލްކޮށް، ގެއިން ބޭރަށް ނުކުތުން މަނާ ކުރަމުންނެވެ.

ނަމަވެސް ހުކުރު ދުވަހު ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އާއްމު ޖަނާޒާއަކަށް ހުއްދަ ނުދިނުމުން މަގުތަކަށް ނުކުމެ ސިފައިންނާ ދިމާލަށް ގާ އުކާފަ އެވެ. ރައްދުގައި ސިފައިން ވަނީ މުގުރުބުރިން އަނިޔާކޮށްފަ އެވެ.

ގީލަނީ ދަރިފުޅު ފުލުހުންނަށް ތުހުމަތު ކުރި ގޮތުގައި މަރުވިތާ މާ ގިނައިރުތަކެއް ނުވަނީސް، ފުލުހުން އައިސް ވަނީ ބައްޕަގެ ހަށިގަނޑު ގެންގޮސް ދަންވަރުގެ ވަގުތުގައި އަވަސް އަވަހަށް ވަޅުލާފަ އެވެ.

ޖަނާޒާގައި އާއިލާގެ އެއްވެސް މީހަކަށް ބައިވެރިނުވެވުނު ކަމަށް އޭނާ ބުނި ނަމަވެސް އެއީ ދޮގު ޕްރޮޕެގެންޑާ ކަމަށް ފުލުހުން ބުނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ގީލަނީގެ ހަށިގަނޑު ގެންދިޔުމުގެ ކުރިން ފުލުހުންނާއި އޭނާގެ އާއިލާއާ ދެމެދު ކުރިމަތިލުމެއް ހިނގާ މަންޒަރެވެ. ހަށިގަނޑު ގެންދިޔައިރު އޮތީ ޕާކިސްތާނުގެ ދިދައިން ފޮރުވާލާފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނުން ދައުވާ ކުރާ ކަޝްމީރު 1947 ވަނަ އަހަރުން ފެށިގެން އޮންނަނީ ދެ ފަޅިކޮށްފަ އެވެ.

އިންޑިއާ އިން ކޮންޓްރޯލް ކުރާ ފަޅީގައި ދިރިއުޅުނު ގީލަނީ ގޭ ބަންދުގައި ހުންނަތާ 11 އަހަރުވެއްޖެ އެވެ. ފާއިތުވި ދުވަސްތަކުގައި އޭނާގެ ސިއްހީ ހާލަތު ދިޔައީ ގޯސްވަމުންނެވެ.

ގީލަނީ އަކީ 1960 ގެ އަހަރުތަކުން ފެށިގެން ކަޝްމީރުގައި އިންޑިއާގެ ބާރު ހިންގުމާ ދެކޮޅަށް ތެދުވި މީހެކެވެ. އޭނާ މަސައްކަތް ކުރީ މުޅި ކަޝްމީރަކީ ޕާކިސްތާނުގެ ބަޔެއްގެ ގޮތުގައި ހެދުމަށެވެ.

ކަޝްމީރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެ ވެސް، އޭނާ އެކަމަށް ބާރު އެޅި އެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ދެ ވަނަ އަހަރު އޭނާ އަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ފަހުން ވެސް ގިނަ އަހަރުތަކެއް ހޭދަކުރީ ގޭ ބަންދުގަ އެވެ.

ޒުވާން އުމުރުން ފެށިގެން ގީލަނީ އަކީ ޖަމާއަތީ އިސްލާމީގެ މެމްބަރެކެވެ. އެ ޖަމާއަތަކީ އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އޮތް އެންމެ ބޮޑު ސިޔާސީ އަދި ދީނީ ގްރޫޕެވެ. ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރު އެ ޖަމާއަތް ހިންގުން މަނާކޮށްފަ އެވެ.

ކަޝްމީރު މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން ދެ ފަހަރު ހަނގުރާމަ ކުރި އެވެ. ގީލަނީގެ މަރާ ގުޅިގެން ބުރާސްފަތި ދުވަހު ޕާކިސްތާނުގައި ވަނީގައުމީ ހިތާމަ ފާޅުކުރުމުގެ ދުވަހެއް ފާހަގަކޮށްފަ އެވެ.

ކަޝްމީރުގެ އިސް މުދިމު އަދި ގީލަނީގެ އެކުވެރި މިރްވައިޒް އުމަރު ފާރޫގް ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ ސަރުކާރުގެ ވިސްނުމާއި އަމަލުތަކަކީ ލަދުވެތި އަދި ހުދުމުހުތާރު ފިކުރު ދައްކުވައިދޭ ކަންކަން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox