ސްރީ ލަންކާގައި ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރަން ފަށައިފި

ލަންކާގެ ސުޕަމާކެޓެއްގެ ބޭރުގައި މީހުން ކިޔު ހަދައިގެން.-- ފޮޓީ: އޭއެފްޕީ

ލަންކާގެ ސުޕަމާކެޓެއްގެ ބޭރުގައި މީހުން ކިޔު ހަދައިގެން.-- ފޮޓީ: އޭއެފްޕީ

ކޮލަމްބޯ، ސްރީ ލަންކާ (ސެޕްޓެމްބަރު 3) - ސްރީ ލަންކާ އަށް ދިމާވެފައިވާ ކާބޯތަކެތީގެ ދަތިކަން ހައްލު ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ހުކުރު ދުވަހުން ފެށިގެން ޒަރޫރީ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން ފަށައިފި އެވެ.

ހުކުރު ދުވަހު ހެނދުނު ސުޕަމާކެޓުތައް ހުޅުވުމުގެ އެތައް ގަޑިއިރެއް ކުރިން އާއްމުން ވަނީ ކިޔު ހަދަން ފަށާފަ އެވެ. މިއަދު ތަކެތި ވިއްކަމުން ދަނީ ބުރާސްފަތި ދުވަހާ އަޅާ ބަލާއިރު ދެ ގުނަ އަގުހެޔޮކޮށެވެ.

"އެހެން އެއްވެސް ތަނަކުން ހަކުރު ލިބޭކަށް ނެތް،" ކޮލަމްބޯގެ މަލިގަވައްޓެ ސަރަހައްދުގެ ސަތޯސާ ސްޓޯރު ބޭރުގައި ހުރި އުމުރުން 62 އަހަރުގެ ކޭ ޕެރުމަލް އޭއެފްޕީ އަށް ބުންޏެވެ.

"އަޅުގަނޑުގެ އާއިލާގައި ކުޑަކުދިން އެބަ ތިބި. ގޭގެ އެންމެންނަށް މަހަކު ގާތްގަނޑަކަށް ހަ ކިލޯގެ ހަކުރު ބޭނުންވޭ. އެއްވެސް ތަނަކުން އަދި ކިރު ލިބޭ ގޮތެއް ނުވޭ،" ހަކުރު ވިއްކަން ސަރުކާރުން ކަނޑައަޅާފައިވާ ދެ ކިލޯގެ ކޯޓާ ލިބޭނެ އިރެއްގެ އިންތިޒާރުގައި ކިޔުގައި ހުރެގެން އޭނާ ބުންޏެވެ.

އެން ވިޖެރަތުނެ ނަމަކަށް ކިޔާ އިތުރު މީހަކު ބުނީ ދެ ކިލޯއަކީ ވަރަށް މަދު ކަމަށާއި ނަމަވެސް ރޭޝަންކޮށްގެން ވިއްކުމުން ގިނަ މީހުންނަށް ތަކެތި ލިބޭނެތީ އެކަން ބަލައިގަންނަ ކަމަށެވެ.

ކާބޯތަކެތީގެ ދަތިކަމާ ހެދި މި ހަފުތާގެ ލަންކާގައި ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގައި އެއް ކިލޯގެ ހަކުރު ވިއްކޭނީ އެންމެ އަގުބޮޑުވެގެން 125 ރުޕީޒް އަށެވެ. އަދި އެއް ކިލޯގެ ހުދު ހަނޑޫ ވިއްކޭނީ 95 ރުޕީޒް އަށެވެ.

އޭގެ އިތުރުން ފިޔާ އަދި އަލުވި ފަދަ ތަކެތީގެ އަގު ވެސް ވަނީ ބޮޑުތަނުން އުފުލިފަ އެވެ. ހިކި ކިރާއި ކަރާސީން ތެޔޮ އަދި ކައްކާ ގޭސް ގަންނަން ވެސް ފިހާރަތަކުގެ ބޭރުގައި ބޮޑެތި ކިޔުތައް ހަދާފައި ވެ އެވެ.

ކޮވިޑާ ހެދި މުޅި ގައުމު ލޮކްޑައުންކޮށްފައި ވާތީ ހަމައެކަނި ހުޅުވަމުން ދަނީ ސަރުކާރުން ހިންގާ ފިހާރަތަކެވެ. އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ލަންކާ އަށް ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިވެފައި ވަނީ ބޭރު ފައިސާ ނުލިބި، ތަކެތި އިމްޕޯޓު ކުރެވޭނެ ގޮތެއް ނެތް އިރު، ސަޕްލައި މެއިންޓެއިން ނުކުރެވުމުންނެވެ.

އެކަމަކު ސަރުކާރުން ބުނާ ގޮތުގައި ކާބޯތަކެތީގެ ދަތިކަމާ ދިމާވީ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ނާޖައިޒު ބޭނުންކޮށްގެން ވިޔަފާރިތައް ފައިދާ އިތުރު ކުރަން އުޅުމުންނެވެ.

"ބައެއް ވިޔަފާރިވެރިން ވަނީ ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތީގެ ސްޓޮކް ހިފަހައްޓާފައި. އޭގެ ބޭނުމަކީ ބޮޑު އަގުގައި ފަހުން ވިއްކާލުން،" ސަރުކާރުގެ ބަޔާނެއްގައި ބުންޏެވެ.

ކާބޯތަކެތީގެ ސްޓޮކްތައް މެއިންޓެއިން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އަސްކަރީ އޮފިސަރު ބުނީ ބުދަ އަދި ބުރާސްފަތި ދުވަހު އަމިއްލަ މީހުންގެ ގުދަންތައް ބަލައި ފާސްކުރިއިރު، ފޮރުވާފައި ހުރި 32،000 ޓަނުގެ ހަކުރު ފެނުނު ކަމަށެވެ.

ކޮވިޑު ބަލިމަޑުކަމުގެ ނުރަނގަޅު އަސަރު ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ކޮށްފައި ވާއިރު، 2020 ވަނަ އަހަރު އެ ގައުމުގެ އިގްތިސާދު 3.6 ޕަސެންޓު ކުޑަވި އެވެ.

ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށްޓަކައި މިދިޔަ އަހަރު ސަރުކާރުން ވަނީ އުޅަނދު ފަހަރާއި ބައެއް އެހެން ސާމާނު އިމްޕޯޓު ކުރުން މަނާކޮށްފަ އެވެ.

ތަކެތި އިމްޕޯޓު ކުރާ ފަރާތްތަކުން ބުނެފައި ވަނީ އިތުރު ކާބޯތަކެއްޗާއި ބޭސް ސަޕްލައި އެތެރެ ކުރަން ބޭނުންވާ ޑޮލަރު އަދިވެސް ނުލިބޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox