އަފްގާން އަންހެނުން ހިރާތުގައި މުޒާހަރާކޮށްފި

އަފްގާނިސްތާނުގެ އަންހެނުން ހައްގުތަކަށް ގޮވާލައި ހިރާތުގައި މުޒާހަރާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ އަންހެނުން ހައްގުތަކަށް ގޮވާލައި ހިރާތުގައި މުޒާހަރާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 2) - ވަޒީފާ އަދާ ކުރުމުގެ ހައްގު ހޯދުމަށާއި އާ ސަރުކާރުގައި އަންހެނުންގެ ބައިވެރިވުން ނެތް މައްސަލައިގައި އަފްގާނިސްތާނުގެ އަންހެނުންތަކެއް ހުޅަނގު ހިރާތު ސިޓީގައި މުޒާހަރާކޮށްފި އެވެ.

އޭއެފްޕީން ބުނި ގޮތުގައި މުޒާހަރާގައި 50 އަންހެނުން ބައިވެރިވި އެވެ. މިފަދަ ގޮތަކަށް ތާލިބާން ވެރިކަމުގައި އަންހެނުން މަގުމައްޗަށް ނިކުމެ އަޑު އުފުލުމަކީ އާދަޔާ ހިލާފު ކަމެކެވެ. ތާލިބާނުންނަކީ އަންހެނުން ހައްގުތަކާ މެދު ހަރުކަށި ވިސްނުމެއް ގެންގުޅޭ ބަޔެކެވެ.

"ތައުލީމް ލިބިގަނެ، ވަޒީފާއަށް ގޮސް، ރައްކާތެރިކަމާއެކު ދިރިއުޅުމަކީ އަހަރުމެންގެ ހައްގެއް،" މުޒާހަރާގައި ބައިވެރިވި އަންހެނުން ގޮވަމުން ދިޔަ އެވެ.

"އަހަރުމެން ބިރެއް ނުގަނޭ. އަހަރުމެން މި ތިބީ އެއްބައިވަންތަކަމާއެކު."

ހިރާތަކީ އަފްގާނިސްތާނުގެ ސިޓީތަކުގެ ތެރެއިން އެންމެ ބޮޑަށް ތަރައްގީ ވެފައިވާ އެއް ސިޓީ އެވެ. ތާލިބާނުން ވެރިކަމަށް އައި ނަމަވެސް އެ ސިޓީގެ އަންހެން ކުދިން މިހާރު ވަނީ އަލުން ސްކޫލަށް ވެސް ދާން ފަށާފަ އެވެ.

މުޒާހަރާގެ ބައިވެރިވި ބަސީރާ ތަހޭރީ ނަމަކަށް ކިޔާ އަންހެނަކު އޭއެފްޕީއަށް ބުނީ ތާލިބާނުން އެކުލަވާލާ އާ ސަރުކާރުގައި އަންހެނުން ހިމަނަން ގޮވާލާ ކަމަށެވެ.

"އަހަރުމެން އެދެނީ ތާލިބާނުން އަހަރުމެންނާ ވެސް މަޝްވަރާ ކުރުން. އެ މީހުން އެއްވުންތަކާއި ބައްދަލުވުންތަކުން އެންމެ އަންހެނަކު ވެސް ނުފެނޭ".

ތާލިބާނުން ވެރިކަމަށް އައުމާއެކު ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމުގައި ދިހަ ވަރަކަށް ދުވަސް ތެރޭ 122،000 އަށް ވުރެ ގިނަ އަފްގާން ރައްޔިތުން ވަނީ ގައުމު ދޫކޮށް ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox