އެކްޓިވިސްޓެއްގެ މަރާއެކު ކަޝްމީރުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ކަޝްމީރުގެ އެކްޓިވިސްޓު ސަޔިދު އަލީ ޝާހް ގީލަނީ 2013 ވަނަ އަހަރު އެއްވުމެއްގައި ވާހަކަދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ކަޝްމީރުގެ އެކްޓިވިސްޓު ސަޔިދު އަލީ ޝާހް ގީލަނީ 2013 ވަނަ އަހަރު އެއްވުމެއްގައި ވާހަކަދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ސްރީނަގަރް، އިންޑިއާ (ސެޕްޓެމްބަރު 2) - ކަޝްމީރުގައި އިންޑިއާގެ ބާރު ހިންގުމާ ދެކޮޅަށް މަސައްކަތް ކުރި އެކްޓިވިސްޓު ސަޔިދު އަލީ ގީލަނީ އުމުރުން 92 އަހަރުގައި މަރުވުމާއެކު އިންޑިއާ އިން ކަޝްމީރުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

އޭނާ މަރުވިކަން އާއިލާއިން އިއުލާނު ކުރުމާއެކު ސްރީނަގަރް ސިޓީގައި ގީލަނީގެ ގެޔަށް ދާން އޮންނަ މަގުތައް ބަންދުކޮށް ބެރިކޭޑާއި ވަޔަރު ބަހައްޓާފައިވާ ކަމަށް ކަޝްމީރުގެ އާއްމުން ބުނެ އެވެ.

ކަޝްމީރުގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު އިތުރުކޮށްފައި ވާއިރު، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކާފިއު ތަންފީޒުކޮށް، އިންޓަނެޓުގެ ހިދުމަތް ކަނޑާލާނެ ކަމަށް ބެލެވެ އެވެ.

ސަޕޯޓަރުން ގީލަނީގެ ގެ ކައިރިއަށް ޖަމާވުމަށް އެ ސަރަހައްދުގައި ހުންނަ ބޮޑު މިސްކިތުގެ ސްޕީކަރު ބޭނުންކޮށް ވަނީ ގޮވާފަ އެވެ. ނަމަވެސް ބޮޑެތި އަސްކަރީ އުޅަނދާއި ޓްރަކުތައް ވަނީ މަގު ބަންދުކޮށްފަ އެވެ. ފުލުހުން އާއްމުންނަށް އަންގާފައި ވަނީ މަގުމައްޗަށް ނުނިކުތުމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުން ދައުވާ ކުރާ ކަޝްމީރު 1947 ވަނަ އަހަރުން ފެށިގެން އޮންނަނީ ދެ ފަޅިކޮށްފަ އެވެ.

އިންޑިއާ އިން ކޮންޓްރޯލް ކުރާ ފަޅީގައި ދިރިއުޅުނު ގީލަނީ ގޭ ބަންދުގައި ހުންނަތާ 11 އަހަރުވެއްޖެ އެވެ. ފާއިތުވި ދުވަސްތަކުގައި އޭނާގެ ސިއްހީ ހާލަތު ދިޔައީ ގޯސްވަމުންނެވެ.

ގީލަނީ އަކީ 1960 ގެ އަހަރުތަކުން ފެށިގެން ކަޝްމީރުގައި އިންޑިއާގެ ބާރު ހިންގުމާ ދެކޮޅަށް ތެދުވި މީހެކެވެ. އޭނާ މަސައްކަތް ކުރީ މުޅި ކަޝްމީރަކީ ޕާކިސްތާނުގެ ބަޔެއްގެ ގޮތުގައި ހެދުމަށެވެ.

ކަޝްމީރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެ ވެސް، އޭނާ އެކަމަށް ބާރު އެޅި އެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ދެ ވަނަ އަހަރު އޭނާ އަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ފަހުން ވެސް ގިނަ އަހަރުތަކެއް ހޭދަކުރީ ގޭ ބަންދުގަ އެވެ.

ޒުވާން އުމުރުން ފެށިގެން ގީލަނީ އަކީ ޖަމާއަތީ އިސްލާމީގެ މެމްބަރެކެވެ. އެ ޖަމާއަތަކީ އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އޮތް އެންމެ ބޮޑު ސިޔާސީ އަދި ދީނީ ގްރޫޕެވެ. ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރު އެ ޖަމާއަތް ހިންގުން މަނާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox