ދަރިފުޅުގެ ނުރަނގަޅު ނުފޫޒު؛ ބައްޕައަށް މަތީ ކޯޓުން ކާމިޔާބު

ސުޕްރީމް ކޯޓު: ކޯމަސްދޯނި މައްސަލަ ކާމިޔާބުވެފައިވަނީ ބައްޕައަށް

ސުޕްރީމް ކޯޓު: ކޯމަސްދޯނި މައްސަލަ ކާމިޔާބުވެފައިވަނީ ބައްޕައަށް

ބައްޕަގެ ނަމުގައި އޮތް ދޯންޏެއް ދަރިފުޅު ގަތުމަށް ހެދި އެއްބަސްވުމެއް ތަންފީޒުނުވެ، ޝަރީއަތަށް ދެބަފައިން ދާން ޖެހުނީ ނުރަނގަޅު ނުފޫޒުތަކެއް ބައްޕަގެ މައްޗަށް ދަރިފުޅު ކުރި ކަމުގެ ތުހުމަތާއެކު އެވެ.

ދެބަފައިން ކޯޓު މަރުހަލާތަކުގައި އެކަކު އަނެކަކަށް ރައްދު ދެމުން ދިޔައީ، ބައްޕަގެ ބަލި ހާލަތުގެ ނާޖާއިޒު ފައިދާ ހޯދީ ކަމަށް ބުނެ އެވެ.

އެ މައްސަލަ އެންމެފަހުން ސުޕްރީމް ކޯޓަށް ގޮސް، އެ ކޯޓުން ވަނީ އެއްބަސްވުން ހެދުމުގައި ނުރަނގަޅު ނުފޫޒު ފޯރުވުމާއި އޭގެ ނަތީޖާތަކާ ގުޅޭ ގޮތުން ތަފްސީލުކޮށްދީ، ހުކުމެއް އިއްޔެ ނެރެފަ އެވެ.

ކޯމަސްދޯނި ދޭން ސޮއި ކުރުމާއި ކޯޓަށް ދިޔަ ގޮތް

މި މައްސަލަ އުފެދިގެން އައީ ހުސެއިން އަބްދުލްގާދިރާއި، އޭނާގެ ދަރިފުޅު ރިފާސް ހުސެއިން "ކޯމަސް" ނަމަކަށް ކިޔާ ދޯންޏެއް ވިއްކުމަށް އެއްބަސްވުމެއް ހެދި ހިސާބުންނެވެ. "ކޯމަސް" ވިއްކުމަށް އެ ދެބަފައިންގެ ދެމެދު އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް އެއާ އެއްގޮތަށް ރިފާސްއާ ދޯނި ހަވާލުކޮށްފައެއް ނުވެ އެވެ.

އެހެންވެ، އޭނާގެ ހައްގެއް ބައްޕަ ހިފަހައްޓާފައިވާ ކަމަށް ބުނެ ރަށު ކޯޓަށް ރިފާސް މައްސަލަ ހުށަހެޅި އެވެ. އެއާއެކު، ދެބަފައިންގެ ޝަރީއަތް ދަށު ކޯޓުގައި ފެށީ އެވެ.

ދޯނި ހަވާލު ނުކުރުމުގެ ހުއްޖަތެއްގެ ގޮތުގައި ހުސެއިން ކޯޓުގައި ފާހަގަކުރީ އެ އެއްބަސްވުމަކީ އޭނާގެ ދަރިފުޅު، އޭނާއަށް ބިރު ދައްކައި މަޖުބޫރުކޮށްގެން ހެދި އެއްބަސްވުމެއް ކަމެވެ. އޭނާއަކީ އޭރު ބަލި މީހެއް ކަމެވެ. ކުއްލި ގޮތަކަށް ހުސެއިން ބަލި އެނދަށް ވައްޓާލީ ސްޓްރޯކެކެވެ. އެކަމެއް ދިމާވީ ދޯނި މަރާމާތަށް އެހެލާފައި އޮއްވަ އެވެ.

ނުހަނު ބޮޑަށް ވޭން އުފުލަން ޖެހެފައިވާ ހުސެއިން، ސްޓްރޯކަށް ފަރުވާ ހޯދުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދުވަސްތައް ހޭދަކުރީ ދަރިފުޅު، ރިފާސްގެ ބެލުމުގެ ދަށުންނެވެ.

ރާއްޖެއިން ބޭރުން ހުސެއިން ފަރުވާ ހޯދުމަށްފަހު ދުވަސްތަކެއް ވަންދެން މާލޭގައި، ރިފާސް ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓެއްގައި މަޑުކުރި އެވެ. ދެބަސްވުން އުފެދިފައި މިއޮތް އެއްބަސްވުމުގައި ދެބަފައިން ސޮއިކުރީ އެ އެޕާޓްމެންޓްގައި އުޅުނު ދުވަސްވަރެވެ.

ދެބަސްވުން އުފެދިފައިވާ އެއްބަސްވުމާއެކު، ދަށު ކޯޓުގައި ހުސެއިން ބުނަމުން ދިޔައީ ސްޓްރޯކް ޖެހި، ރިފާސްގެ ބެލުމުގެ ދަށަށް ހުސެއިން ދިޔުން މަޖުބޫރުވެފައިވަނިކޮށް ހެދި އެއްބަސްވުމުގެ ފަހަތުގައި ވަނީ ބިރާއި ނުފޫޒު ކަމަށެވެ. އެކަން ދަށު ކޯޓުގައި ސާބިތެއް ނުކުރެވުނެވެ. ނަމަވެސް، ހައިކޯޓުން ހުސެއިންއާ އެއްކޮޅަށް ހުކުމް ކުރި އެވެ.

އެ ހުކުމުގައި ލިޔެފައިވާ ގޮތުގައި، މި މައްސަލާގައި އެއްބަސްވުން ހެދީ ހުސެއިން ސްޓްރޯކަށް ފަރުވާ ހޯދަމުންދިޔައިރުކަން އެނގެން އޮތް ކަމާއި އެއީ ބައްޕައަށް ދަރިފުޅު ނުފޫޒު ފޯރުވޭނެ ހާލަތެއް ކަމެވެ. އެ ހުކުމާމެދު ހިތްހަމަނުޖެހިގެން ރިފާސް، ބައްޕަ ގޮވައިގެން އެންމެ މަތީ ކޯޓަށް ދިޔައީ އެވެ.

އިއްޔެ ވަނީ ދެބަފައިންގެ މެދުގައި އޮތް ހިޔާލު ތަފާތުވުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވާފަ އެވެ.

މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރިމަތީ އޮތް ސުވާލަކީ، ކޯމަސް ދޯނި ވިއްކުމާ ބެހޭ އެއްބަސްވުން ހެދީ ހުސެއިން ގާދިރުގެ ރުހުން އޮވެގެންތޯ ނުވަތަ ނޫންތޯގެ މައްޗަށް ކަމެވެ.

titledesc

ނުރަނގަޅު ނުފޫޒާއި އޭގެ ނަތީޖާ

ސުޕްރީމް ކޯޓުން މާނަކުރި ގޮތުގައި ނުރަނގަޅު ނުފޫޒަކީ މީހަކު ހުރި މަގާމެއްގެ ސަބަބުން ނުވަތަ ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ އިތުބާރެއް ނަހަމަ ގޮތުގައި ހިފާ، އަނެއްކާގެ މައްޗަށް ނުފޫޒު ފޯރުވައި އެ ފަރާތުގެ ރުހުމެއް ނެތި ކަންކަން ކުރުމެވެ.

އަމިއްލަ އިހްތިޔާރެއް ނެތި މިގޮތަށް ވެވޭ އެއްވެސްވުން ބާތިލްވާނެ އެވެ.

ސުޕްރީމް ކޯޓުން ފާހަގަކުރި ގޮތުގައި ނުރަނގަޅު ނުފޫޒެއް ފޯރުވިދާނެ މަގާމެއްތޯ ނުވަތަ ގުޅުމެއްތޯ ދެނެގަތުމަށް ބެލިދާނެ ތިން ހާލަތެއް ވެ އެވެ.

  1. ތިމާގެ ކަމުގެ ސަބަބުން ނުވަތަ އެ ނޫން ގޮތަކުން ވެސް މީހަކު އެހެން މީހެއްގެ މައްޗަށް ވަކި ބާރެއް ލިބިފައިވޭތޯ ބެލުން.
  2. އެމީހާ އާއި އަނެކާއާ ދެމެދު ބަދެވިފައިވާ ގުޅުމަކީ އިތުބާރުގެ މައްޗަށް އޮތް ގުޅުމެއްތޯ ބެލުން.
  3. އެމީހާއަކީ އުމުރުގެ ގޮތުންނާއި ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން އަނެއްކާގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ މީހެއްތޯ ބެލުން.

ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ކޮންޓްރެކްޓެއް ބާތިލްކުރުމުގެ އިހްތިޔާރު އެ ނުފޫޒެއް އޮތް ބައިވެރިޔާއަށް އޮންނާނެ އެވެ. ނަމަވެސް، ކޮންޓްރެކްޓަކަށް އަމަލު ކުރަން ފެށުމަށްފަހު އެ ކޮންޓްރެެކްޓު ބާތިލްކުރަން އޭނާ ބޭނުންވި ކަމުގައި ވިޔަސް، އެ ސަބަބަށްޓަކައި ކޮންޓްރެކްްޓް ބާތިލް ކުރުމުގެ އިހްތިޔާރު އޭނާއަށް ގެއްލޭނެ އެވެ.

ކޯމަސް ދޯންޏާ ގުޅިފައި އޮތް ނުރަނގަޅު ނުފޫޒު

ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތުން ހުސެއިންގެ ދިރިއުޅުން ރިފާސްގެ މައްޗަށް ބަރޯސާވެ އެއީ ބަލި މީހެއްކަން ދެ މީހުން ދެއްކި ވާހަކަތަކުން ވެސް އެނގެ އެވެ.

އަދި އެއްބަސްވުމުގައި ސޮއިކުރިއިރު ހުސެއިންއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއްކަން ވެސް އެނގެން އެބަ އޮތް ކަމެވެ.

އެއީ، ރިފާސްއަކީ އޭނާގެ ބައްޕައަށް ނުފޫޒު ފޯރުވިދާނެ މަގާމެއްގައި ހުރި މީހެއްކަން ސާބިތުވާ ކަންތައްތަކެއްކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ. އެ ނޫން ގޮތަކަށް އެކަން ޝަރީއަތަށް ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ރިފާސްގެ މައްޗަށް ކަމަށެވެ.

ނަމަވެސް، ހުސެއިންގެ މައްޗަށް ނުރަނގަޅު ނުފޫޒެއް ފޯރުވާފައިނުވާ ކަމަށް ރިފާސްއަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނެތްކަން ހުކުމްގައި ފާހަގަކުރި އެވެ.

"ކޯމަސް ދޯނި ވިއްކުމާ ގުޅޭ އެއްބަސްވުމުގައި ހުސެއިން ސޮއިކުރީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާގައި ބުނާ ނުރަނގަޅު ނުފޫޒެއް އޮވެގެންކަން ސާބިތުވާ ކަމަށް އަހުރެން ދެކެމެވެ." ފަނޑިޔާރު މުހައްމަދު އިބްރާހިމް ނެރުއްވި ހުކުމްގައިވެ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުން ނިންމީ، ދެބައިފައިންގެ ދެމެދު އޮތް އެއްބަސްވުމަކީ ތަންފީޒު ކުރެވޭނެ އެއްބަސްވުމެއް ނޫން ކަމާއި ބައްޕައާ އެއްކޮޅަށް ހައިކޯޓުން ނިންމާފައި އޮތް ނިންމުން ދަމަހައްޓަން ޖެހޭ ކަމެވެ.

ފަނޑިޔާރު މުހައްމަދު އިބްރާހިމްގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސެއިން ވަނީ ތާއިދު ކުރައްވާފަ އެވެ.

ދެބަފައިންގެ މެދުގައި ދޯންޏާ ގުޅިގެން އުފެދުނު މަދަނީ ދެބަސްވުން އެންމެ މަތީ ކޯޓާ ހަމައިން ބައްޕައަށް ކާމިޔާބު ވެގެން ނިމުނީ އެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox