ރޮނާލްޑޯ، އަލީ ދާއީގެ ލަނޑު ޖެހުމުގެ ބޮޑު ރެކޯޑް މުގުރާލައިފި

Sep 1, 2021, 9:04 PM
ރޮނާލްޑޯ، އަލީ ދާއީގެ ލަނޑު ޖެހުމުގެ ބޮޑު ރެކޯޑް މުގުރާލައިފި

ލިޒްބަން (ސެޕްޓެމްބަރު 2) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ފަހަތުން އަރައި އަޔަލެންޑް އަތުން 1-2 އިން މޮޅުވި މެޗުގައި ޖެހި ދެ ގޯލާ އެކު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް މުގުރާލައިފި އެވެ.

މީގެ ކުރިން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތީ އީރާންގެ ލެޖެންޑަރީ ފޯވާޑް އަލީ ދާއީ އަތުގަ އެވެ. ރޮނާލްޑޯ ވަނީ ޖުލައި މަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖެހި ގޯލުތަކާ އެކު އަލީ ދާއީ 109 ގޯލު ޖަހައިގެން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އެހެންވެ، މިރޭގެ މެޗަށް ނުކުތްއިރު ރެކޯޑް މުގުރާލުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

މިރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް 180 މެޗުން 111 ގޯލު ޖަހައިފަ އެވެ. އަލީ ދާއީ އަށް 109 ގޯލު ހަމަކުރެވުނީ 149 މެޗުންނެވެ.

ޕޯޗުގަލްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ރޮނާލްޑޯ އަތުން ޕެނަލްޓީ އެއް ބޭކާރުވި އެވެ. ރޮނާލްޑޯ ޖެހި ޕެނަލްޓީ އަޔަލެންޑްގެ ކީޕަރު ގަވިން ބަޒޫނޫ ވަނީ މަތަކޮށްފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޯން އީގަން ވަނީ އަޔަލެންޑަށް ލީޑުނަގައިދީފަ އެވެ. ޕޯޗުގަލް ބަލިވާން ދަނިކޮށް ރޮނާލްޑޯ ދެ ގޯލު ޖަަހައި ނަތީޖާ އަނބުރާލީ މެޗުގެ ފަހު ހަ މިނިޓްގަ އެވެ.

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ ޕޯޗުގަލް ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

މެޗުގެ 89 ވަނަ މިނިޓްގައި ގޮންކާލޯ ގުއޭޑޭޝް ނެގި ހުރަހަކުން ރޮނާލްޑޯ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލު ކަނަށެވެ. އެ ގޯލަށް ފަހު ވެސް ޕޯޗުގަލް އިން ކެނޑިނޭޅި މަސައްކަތް ކުރީ މޮޅުވެވޭތޯ އެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ފަހު ސިކުންތު ތެރޭގައި ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދިން ގޯލު ޖެހީ ވެސް ބޮލުންނެވެ. ޔާއޯ މާރިއޯ ނެގި ހުރަހަކުން ރޮނާލްޑޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ބޮލުން ބޯޅަ ފޮނުވާލައިފަ އެވެ. ޔާއޯ މާރިއޯ އާއި ގުއޭޑޭޝް ކުޅެން އެރީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ.

ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި ރޮނާލްޑޯ ވަނީ ދެ ވަަނަ ގޯލު ޖަހައިފައި އުފާފާޅުކުރަން ޖޯޒީ ބާލައިފަ އެވެ. އަދި ސަޕޯޓަރުންނަށް އޭނާގެ ނަމާއި ނަމްބަރު ދައްކާލި އެވެ. ރެފްރީ ވަނީ ޖޯޒީ ބޭލުމުން ރޮނާލްޑޯ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު ސާބިއާ އެވެ. މިރޭ އަޒަރުބައިޖާން އަތުން މޮޅުވި ލަގްޒެމްބާގް އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ތިން ވަަނައިގަ އެވެ.

ކޮލިފައިންގައި މިރޭ ފްރާންސް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ބޮސްނިއާއާ 1-1 އިން އެއްވަރުވެފަ އެވެ. އެޑިން ޒެކޯ ބޮސްނިއާ އަށް ލީޑުނަގައިދީފައި ވަނިކޮށް ފްރާންސަށް އެއްވަރުކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

ފްރާންސުން މެޗުގެ ފަހު 40 އަކަށް މިނިޓް ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ޖޫލްސް ކޫންޑޭ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ކޫންޑޭ އަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވިއޭއާރް) ބެލުމަށް ފަހު ނިންމީ ރަތް ކާޑަކަށް ބަދަލުކުރާށެވެ.

ސްޕެއިނުގެ ސެވިއްޔާ އަށް ކުޅެމުން އަންނަ ކޫންޑޭ އަކީ މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީ އަށް ބަދަލުވާން އުޅޭ ކަމަށް ވާހަކަ ދެކެވުނު ހުނަރުވެރި ޑިފެންޑަރެކެވެ. އެކަމަކު އަގު ބޮޑުވުމުން އެ ޑީލް ކުރިއަށް ނުދިޔަ އެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި ފްރާންސް އޮތީ ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދި ޔޫކްރެއިން އެވެ. ޔޫކްރެއިން މިރޭ ކުޅުނު މެޗުން ވަނީ ކަޒަކްސްތާންއާ 2-2 އިން އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox