ކަރަންޓް ބިލް ބޮޑުވި ސަބަބު އަދިވެސް ދެނެނުގަނެވޭ

ސްޓެލްކޯ އިމާރާތުގެ ފަހަތުން ނަގާފައިވާ ފޮޓޯއެއް: ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާތައް ދަނީ ބަލަމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ . -- ފޮޓޯ/ އަދަދު

ސްޓެލްކޯ އިމާރާތުގެ ފަހަތުން ނަގާފައިވާ ފޮޓޯއެއް: ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާތައް ދަނީ ބަލަމުން ކަމަށް ސަރުކާރުން ވަނީ ބުނެފަ . -- ފޮޓޯ/ އަދަދު

މާލެ ސަރަހައްދުގެ ކަރަންޓު ބިލު މިދިޔަ ޖުލައި މަހު އާދަޔާ ހިލާފަށް ބޮޑުވި ކަމަށް ބުނާ މައްސަލަ ބަލައި ނުނިމޭ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ބުނެފި އެވެ.

ޖުލައި މަހުގެ ކަރަންޓު ބިލު އޭގެ ކުރީ މަހުގެ ބިލްތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއާއެކު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެ މަހު ފަހުކޮޅު އެކަން ބަލަން ފެށި އެވެ. އަދި އެ ކަން ދިރާސާކޮށް މިދިޔަ މަހު ނިންމާލެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޔަޒީދު އަހުމަދު "އަދަދު" އަށް ވިދާޅުވީ އެކަން ބަލައި ނުނިމެނީ ގިނަ އަދަދެއްގެ ޑޭޓާ ތަކެއް އެނަލައިޒް ކުރަމުންދާތީ ކަމަށެވެ. އެކަން ކުރުމަށް އަދި ވެސް ވަގުތު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރަކީ ކޮވިޑްގެ އަހަރަކަށް ވާތީ އެހެން އަހަރެއްގެ ޑޭޓާތަކެއް ނަގައިގެން އެނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. އެކަމަށް ވަގުތު ނަގަނީ،" ޔަޒީދު ވިދާޅުވި އެވެ.

ކަރަންޓް ބިލް ބޮޑުވި ސަބަބު ދެނެނުގަނެވި އުޅެނިކޮށް އަނެއް މަހުގެ ކަރަންޓް ބިލް މިހާރު ވަނީ ފޮނުވަން ފަށައިފަ އެވެ.

މި ފަހުން އެންމެ ބޮޑު ބިލެއް ޖުލައި މަހުގެ ތެރޭގައި ފޮނުވާފައިވާ ކަމަށް ގިނަ ބަޔަކު ބުންޏަސް ސްޓެލްކޯ އިން ބުނެފައި ވަނީ ބިލް ބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ މަހުގެ ބިލް ބޮޑުކަމަށް ހީވީ, ކޮވިޑާ ގުޅިގެން ޖޫން މަހުގެ ތެރޭގައި ސަބްސިޑީއެއް ދިނުމަށް ފަހު, އެ ސަބްސިޑީ ކަނޑާލައި މި ދިޔަ މަހުގެ ބިލު ފޮނުވުމުންނެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ ކޮންމެ މަހަކު ރީޑިން ނަގާއިރު ބިލު ބޮޑު ކަމަށް ފާހަގަ ކުރެވޭ ގެތަކުގެ ރީޑިން ދެވަނަ ފަހަރަށް ނަގައި މީޓަރު ވެސް ޓެސްޓް ކުރާ ކަމަށެވެ. ކުރިއާ ހިލާފަށް ގެތަކުގެ ބިލު ބޮޑުވިކަން ފާހަގަ ނުކުރެވޭ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ބޮޑެތި ކަރަންޓް ބިލުތަކާ ގުޅިފައިވަނީ އޭސީ ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ. އޭސީގެ މައްސަލައެއް އުޅޭ ނަމަ ނުވަތަ ގިނަ ވަގުތު އޭސީ ބޭނުންކުރާ ނަމަ ބިލު ބޮޑުވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެގޮތުން އެތަނަކާ ނުގުޅޭ އޭސީއެއް ހަރުކޮށްފައިވާ ނަމަ ނުވަތަ އޭސީ އިންސްޓޯލް ކުރުމުގައި މައްސަލައެއް އުޅޭ ނަމަ ކަރަންޓް ބިލް ބޮޑުވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މިފަދަ މައްސަލަތައް ކުރިން ބަލަނީ އެނާޖީ އޮތޯރިޓީންނެވެ. މި ސަރުކާރުގައި އެތަން އުވާލައި ފަހުން އުފެއްދި ޔުޓިލިޓީ އޮތޯރިޓީގެ ޒިންމާގެ ތެރޭގައި، އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox