ހެކި ބަހެއް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން މައްސަލައެއްގެ އިސްތިއުނާފު ގެންގޮސްފި

ހައިކޯޓު:ހެކި ބަހެއް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން މައްސަލައެއްގެ އިސްތިއުނާފު ވަނީ ގެންގޮސްފައި

ހައިކޯޓު:ހެކި ބަހެއް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން މައްސަލައެއްގެ އިސްތިއުނާފު ވަނީ ގެންގޮސްފައި

ބިލަބޮން ސްކޫލް ތެރޭ ކުއްޖަކާމެދު މާރާމާރީ ހިންގި މައްސަލައެއްގައި ޓެރަރިޒަމްގެ ދައުވާއިން ސަލާމަތްވި ބައެއްގެ އިސްތިއުނާފު މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހެއްކަކާމެދު ޔަގީންކަން ނެތުމުން އަނބުރާ ގެންގޮސްފި އެވެ.

މީގެ ހަތް އަހަރު ކުރިން ހިނގި މި ހާދިސާގައި ޓެރަރިޒަމްގެ ދައުވާ އުފުލި ހަތް މީހުން ވަނީ ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ސްކޫލް ތެރޭ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ. އެގޮތުން ޓްރޮފީއަކުން އޭނާގެ ގައިގާ ތަޅާފައިވެ އެވެ.

ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގުމަށްފަހު ހުކުމް ކޮށްފައިވަނީ އޭގެ ތެރެއިން އެކެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް، ދެން ތިބި ތިން މީހުން މައްސަލައިން ސަލާމަތްވި އެވެ.

Advertisement

ކޯޓުގެ ހުކުމްގައިވާ ގޮތުން އެ ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާ ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައެއް ނުވެ އެވެ.

އެ ހުކުމާމެދު ހިތްހަމަނުޖެހޭތީ، ދައުލަތުން ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވި ބައި ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، 2019 ވަނަ އަހަރު ތެރޭ ކޯޓުން މައްސަލަ ބޭރުކޮށްލި އެވެ.

އެނގިފައިވާ ގޮތުގައި ހައިކޯޓުން އޭރު މައްސަލަ ބޭރުކޮށްލީ ތާވަލުކުރި އަޑުއެހުމަކަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލުން ހާޒިރު ނުވެގެންނެވެ. ހައިކޯޓުގެ ޝަރީއަތަށް ދައުވާ ކުރާ ފަރާތުން ހާޒިރު ނުވެއްޖެނަމަ، މައްސަލަ ބޭރުކޮށްލަ އެވެ.

ހައިކޯޓުން މައްސަލަ ބޭރުކޮށްލުމުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ދެވަނަ ފަހަރަށް އެ މައްސަލަ ވެއްދި އެވެ. އެކަމަކު، އިއްޔެ މައްސަލާގައި ހައިކޯޓުން އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ސިޓީއެއް ފޮނުވި އެވެ.

އެހެންވެ، އިއްޔެ ހައިކޯޓުން ވަނީ މައްސަލާގެ ދައުވާ ފޯމް ބާތިލްކޮށްފަ އެވެ.

މައްސަލަ އަނބުރާ ގެންދިޔަ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި، އެ މައްސަލާގެ އިސްތިއުފީ މައިގަނޑު ނުކުތާއަކީ ދަށު ކޯޓުގެ ހެއްކެއްގެ ހެކި ބަހާ ގުޅޭ ގޮތުން ނިންމި ނިންމުމެކެވެ. އެހެންވެ، ހައިކޯޓުން މައްސަލާގައި ދައުލަތަށް ކާމިޔާބުވިޔަސް، ހުކުމް ކުރާނީ ދަށު ކޯޓުން މައްސަލަ އަލުން ބެލުމަށް ކަމަށެވެ.

އަލުން ބެލިޔަސް، މިހާރު އެ ހެކިވެރިޔާގެ ހެކިބަސް ލިބިދާނެ ކަމަށް ނުފެންނާތީ މައްސަލަ އަނބުރާ ގެންދަން ނިންމީ ކަމަށް ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު ވިދާޅުވި އެވެ.

މިފަހުން ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ދައުލަތުން މައްސަލަތައް އިސްތިއުނާފު ކުރުން މިހާރު ވަނީ މަދުކޮށްފަ އެވެ. ދައުލަތުގެ ފަރާތުން ކޮންމެ ކޮންމެ މައްސަލައެއް ކުރިއަށް އޮތް ދުވަސްތަކުގައި އިސްތިއުނާފު ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެން މައްސަލަތައް މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރާނީ ގާނޫނު މާނަކުރެވޭ ގޮތާއި މެދު ސުވާލު އުފެދޭ މައްސަލަތަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox