ސްރީލަންކާގައި ކާބޯތަކެތީގެ އެމެޖެންސީ އިއުލާނުކޮށްފި

ލަންކާގެ ފިހާރަތަކެއް.

ލަންކާގެ ފިހާރަތަކެއް.

ކޮލޮމްބޯ، ސްރީލަންކާ (އޯގަސްޓު 31) - ސްރީ ލަންކާ އަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމާ ހެދި ތަކެތި އިމްޕޯޓު ކުރެވޭނެ ގޮތެއް ނެތުމުން ކާބޯތަކެތީގެ އެމެޖެންސީ އިއުލާނުކޮށްފި އެވެ.

ކާބޯތަކެތި އިމްޕޯޓު ކުރަން ބޭނުންވާ ބޭރު ފައިސާ އަމިއްލަ ބޭންކުތަކުން ވަނީ ހުސްވެފަ އެވެ. އެއާއެކު ކާބޯތަކެތީގެ ދަތިކަން ލަންކާ އަށް މިހާރު ދަނީ ކުރިމަތިވަމުންނެވެ.

އިގްތިސާދީ ކާރިސާއަކާ ކުރިމަތިވެފައިވާ ލަންކާގައި ހަކުރު، ހަނޑޫ އަދި ޒަރޫރީ އެހެން ބާވަތްތަކުގެ ތަކެތި ގިނައިން ފޮރުވާފައި ބެހެއްޓުން ހުއްޓުވުމަށް ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ ހާއްސަ ފިޔަވަޅުތަކެއް އިއުލާނު ކުރައްވާފަ އެވެ.

އެ މަސައްކަތް ބެލެހެއްޓުމަށް ކަނޑައެޅުއްވީ ސިފައިންގެ އިސް އޮފިސަރެކެވެ. ހަކުރު، ހަނޑޫ، ފިޔާ އަދި އަލުވި ފަދަ ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އޭގެ އިތުރުން ކިރާ، ކަރާސީން ތެޔޮ އަދި ކައްކާ ގޭސް ވެސް ލިބުން ދަތިވެފައި ވާތީ ފިހާރަތަކުގެ ބޭރުގައި މީހުން އަންނަނީ ކިޔު ހަދަމުންނެވެ.

ސަރުކާރުން ވަނީ މި ދަނޑިވަޅުގައި ގިނައިން ކާބޯތަކެތި ފޮރުވާފައި ބަހައްޓާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި މި ވަނީ ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ރިކޯޑް އަދަދަށް މީހުން މަރުވަމުން ދަނިކޮށެވެ. އެގޮތުން މިހާރު ކޮންމެ ދުވަހަކު 200 އަށް ވުރެ ގިނަ މީހުން މަރުވެ އެވެ.

ކޮވިޑު ބަލިމަޑުކަމާ ހެދި މިދިޔަ އަހަރު ލަންކާގެ އިގްތިސާދު ވަނީ ރިކޯޑު އަދަދުން 3.6 ޕަސެންޓު ފަހަތަށް ވެއްޓިފަ އެވެ. ބޭރު ފައިސާގެ ރިޒާވް ހުސްވަމުން ދާތީ، މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ސަރުކާރުން ވަނީ ބައެއް ތަކެތި އިމްޕޯޓު ކުރުން ވެސް މަނާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox