ދުނިޔޭގެ ކޮވިޑު މަރުތައް 4.5 މިލިއަނަށް އަރައިފި

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ހަށިތައް އަންދަނީ.-- ފޮޓޯ: އޭޕީ

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ހަށިތައް އަންދަނީ.-- ފޮޓޯ: އޭޕީ

ޕެރިސް، ފްރާންސް (އޯގަސްޓު 31) - ކޮވިޑް ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 4.5 މިލިއަނަށް އަރާފައިވާ ކަމަށް އޭއެފްޕީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ޑިސެމްބަރު 2019 ގައި ޗައިނާ އިން ފެތުރެން ފެށި މި ބަލީގައި މިހާރު ދުވާލެއްގެ މައްޗަށް މުޅި ދުނިޔެއިން މަރުވަމުން ދަނީ 10،000 އެއްހާ މީހުންނެވެ. މިއީ މިދިޔަ ޖެނުއަރީ މަހާ އަޅާ ބަލާއިރު މަދު އަދަދެކެވެ. އޭރު ކޮންމެ ދުވަހަކު ވެސް 14،800 މީހުން މަރުވަމުން ދިޔަ އެވެ.

މި ވަގުތު އެންމެ ގިނަ މީހުން މަރުވަމުން ދަނީ އެމެރިކާ ގަ އެވެ. މިދިޔަ ހަފްތާގައި ދުވާލަކު އެވްރެޖުކޮށް 1،290 މީހުން އެމެރިކާގައި ކޮވިޑް ޖެހިގެން މަރުވި އެވެ. މިދިޔަ ޖެނުއަރީ މަހު އެމެރިކާ އިން ދުވާލަކު މަރުވީ 3،800 މީހުންނެވެ. ނަމަވެސް ޖުލައި މަހާ ހަމައަށް ދިޔައިރު އެ އަދަދު ހުރީ 200 އިން ތިރީގަ އެވެ.

އެމެރިކާގައި އަނެއްކާވެސް ކޭސްތަކާއި މަރުތައް އިތުރުވެފައި މި ވަނީ ޑެލްޓާ ވޭރިއެންޓުގެ އަސަރު ގިނަ ގައުމުތަކަކަށް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ޑެލްޓާ ވޭރިއެންޓު ފެނުނީ މިދިޔަ އޭޕްރިލް މަހު އިންޑިއާ އިންނެވެ.

ކޮވިޑުގައި މި އަހަރު މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 2020 ވަނަ އަހަރަށް ވުރެ އިތުރުވެފަ އެވެ. މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް 2.6 މިލިއަން މީހުން މަރުވެފައި ވާއިރު މިދިޔަ އަހަރު މަރުވި މީހުންގެ ޖުމްލަ އަދަދަކީ 1.9 މިލިއަނެވެ.

ގައުމުތަކުން އުއްމީދު ކުރަނީ ވެކްސިން ދީގެން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް ވެކްސިން ލިބުމުގައި މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގެ މެދުގައި ބޮޑު ފަރަގެއް އެބަ އޮތެވެ.

އެފްރިކާގައި ކޮންމެ 100 މީހެއްގެ ތެރެއިން މިހާތަަށް ވެކްސިންގެ އެއް ޑޯޒް ޖަހާފައި ވަނީ ހަތް މީހުންނެވެ. އެއާ ހިލާފަށް ޔޫރަޕުގައި ކޮންމެ 100 މީހަކުން 99 މީހުން ވަނީ އެއް ޑޯޒް ޖަހާފަ އެވެ.

އޭގެ އިތުރުން ޑެލްޓާ ވޭރިއެންޓާ ދެކޮޅަށް ވެކްސިނުން ލިބޭ ރައްކާތެރިކަން ވެސް ކުޑަ އެވެ. ނަމަވެސް ވެކްސިން ޖެހުމުން ބަލީގައި ހާލު ދެރަވާ މިންވަރު ކުޑަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox