ގާޒީ ފާއިޒު ސަލާމްގައި، މެންބަރު އީސަގެ ޝަރީއަތް ނުބޭއްވުނު

އީސަ: ޝަރީއަތުގެ އަޑުއެހުން މިއަދު ވެސް ކެންސަލް

އީސަ: ޝަރީއަތުގެ އަޑުއެހުން މިއަދު ވެސް ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރި ކަމުގެ ތުހުމަތުވާ މައްސަލައިގައި ޝަރީއަތް ފެށުމަށް ތާވަލުކުރި އަޑުއެހުން މިއަދު ވެސް ކެންސަލްކޮށްފި އެވެ.

މިދިޔަ ޖޫން މަހު ވެސް މި މައްސަލާގައި ޝަރީއަތް ފެށުމަށް އަޑުއެހުމެއް ތާވަލުކުރި އެވެ. އެކަމަކު އެ އަޑުއެހުން ވެސް މައްސަލަ ބައްލަވާ ގާޒީ ސިއްހީ ސަބަބަކާހުރެ ސަލާމްގައި އެ ދުވަހު ހުންނެވުމުން ކެންސަލްކުރީ އެވެ.

މި މައްސަލަ ބައްލަވާ ގޮތަށް ހަމަޖެހިފައިވަނީ ގާޒީ ހުސެއިން ފާއިޒު ރަޝީދެވެ.

މިއަދު ހެނދުނަށް ތާވަލުކުރި އަޑުއެހުން ވެސް ކެންސަލްކުރީ، ކުރިމިނަލް ކޯޓުން ބުނި ގޮތުގައި ގާޒީ ފާއިޒު އާލާސްކަންފުޅާ އުޅުއްވާތީ ސަލާމްގައި ހުންނެވުމުންނެވެ.

ގާޒީ ފާއިޒު، މިއަދު ސަލާމް ނަންގަވާފައިވާއިރު، އިއްޔެ ވެސް މަސައްކަތުގައި އުޅުއްވި އެވެ.

އީސަގެ ޝަރީއަތް ނުފެށި ލަސްވެފައިވާއިރު، ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯ ލީކްވެ އޭނާއަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެ މައްސަލާގައި ޖޭއެސްސީއަށް ގާޒީ ހާޒިރުކޮށް، މައްސަލަ ބަލަން ވެސް ވަނީ ފަށާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް އިއްވީ ނުފޫޒުކަމަށް ދޭހަވާ ގޮތަށް އެ އޯޑިއޯގައި ވާހަކަ ދައްކާފައިވާއިރު، އެއީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ޖޭއެސްސީގައި ގާޒީ ފާއިޒު ވަނީ ވިދާޅުވެފަ އެވެ.

އެ އޯޑިއޯގައި ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ ބުނާ ގޮތުގައި ސިޔާސީ މީހެއްގެ މައްސަލަ ބަލަން ޖެހުމަކީ ވަރަށް އުނދަގޫވާ ކަމެކެވެ. ޝަރީއަތް ހިންގުމަށްފަހު ނުވެސް ނިދޭ ކަމަށް ބުނެ އެވެ.

މެންބަރު އީސައަށް ތުހުމަތުވާ މައްސަލައަކީ، އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމްގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލައެކެވެ.

އީސަގެ މައްޗަށް އުފުލި ދައުވާގެ ކުށަކީ ޖުނަހްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަދަބަކީ، ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. ޖޫރިމަނާގެ އަދަބު ކަނޑައަޅާނަަމަ، އަދަބަކީ 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ އެވެ. އެހެންކަމުން، މި މައްސަލަ އީސަގެ މައްޗަށް ސާބިތުވި ނަމަވެސް، ގޮނޑިއެއް ނުގެއްލޭނެ އެވެ.

އީސަގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކު، އޭނާ ހައްޔަރުކުރަން ޕްރޮސިކިއުޓަ ޖެނެރަލް މެދުވެރިކޮށް ފުލުހުން ކޯޓު އަމުރަކަށް ވެސް އެދުނެވެ. އެކަމަކު އެ އަމުރު ނެރެދޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށް ބުނެ ކުރިމިނަލް ކޯޓުން ނުރެނުދިނެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ މަގާމުތަކުން ވެސް އީސަ ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އީސަ ވަކިކުރަން މަސައްކަތް ފެށުމުން، އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތައް ދޮގު ކުރައްވައި، ވިދާޅުވެފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox