ކާބުލް އެއާޕޯޓަށް ރޮކެޓް ހަމަލާތަކެއް

އަފްގާނިސްތާނުން ފުރަން ބޭނުންވާ މީހުން ކާބުލް އެއާޕޯޓުގެ މައި ގޭޓު ކުރިމަތީގައި ކިޔު ހަދާފައި.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުން ފުރަން ބޭނުންވާ މީހުން ކާބުލް އެއާޕޯޓުގެ މައި ގޭޓު ކުރިމަތީގައި ކިޔު ހަދާފައި.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 30) - މިއަދު ހެނދުނު ކާބުލް އެއާޕޯޓަށް ރޮކެޓު ހަމަލާތަކެއް ފޮނުވާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އަފްގާނިސްތާނުން މީހުން ފުރުވާލުމުގެ އޮޕަރޭޝަން ނިންމަން 48 ގަޑިއިރަށް ވުރެ ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ދިން ހަމަލާގައި އެއާޕޯޓުން ދުން އަރާ މަންޒަރު ފެނިފައި ވެ އެވެ.

މިއަދު ހެނދުނު ކާބުލް މަތިން ރޮކެޓުތައް ދަތުރު ކުރާ އަޑު ނޫސްވެރިންނަށް ވެސް އިވިފައި ވެ އެވެ. ނަމަވެސް ކުރިން ބެލެވިފައި އޮތީ އެއީ އެމެރިކާ އިން އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ދިން ހަމަލާތަކެއް ކަމަށެވެ.

އެކަމަކު ވައިޓް ހައުސް އިން ވަނީ ކާބުލް އެއާޕޯޓަށް ހަމަލާތަކެއް ދިން ކަން ކަށަވަރުކޮށްދީފަ އެވެ. އެހެން ނަމަވެސް މީހުން ފުރުވާލުމުގެ އޮޕަރޭޝަން ހުއްޓާނުލާ ކަމަށް ބުންޏެވެ.

ސެކިއުރިޓީ އޮފިޝަލަކު ބުނީ ރޮކެޓުތައް ފޮނުވީ ކާބުލްގެ އުތުރުގައި އޮތް ކާރަކުން ކަމަށެވެ. އެއާއެކު މިސައިލް ޑިފެންސް ސިސްޓަމް އެކްޓިވޭޓްވި އަޑު ކާބުލްގައި ފެތުރުނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ރައްދުގައި އެމެރިކާ އިން ހަމަލާ ދިނުމުން ކާރުގައި ރޯވެފައި އޮތް މަންޒަރެވެ. ނަމަވެސް އެ ވީޑިއޯތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނާއި ރައްޔިތުން އަނބުރާ ގައުމަށް ގެންދަން ރައީސް ޖޯ ބައިޑެން ކަނޑައެޅުއްވި ސުންގަޑިއަކީ އޯގަސްޓު 31 އެވެ. ސެޕްޓެމްބަރު 11، 2001 ގެ ހަމަލާއަށް ފަހު އެމެރިކާ ސިފައިން ވަނީ 20 އަހަރު އަފްގާނިސްތާނުގެ ފަސްގަނޑުގައި މަޑުކޮށްފަ އެވެ.

އޭރު އެމެރިކާ އިން އަފްގާނިސްތާނަށް އަރައި ތާލިބާނުންގެ ވެރިކަން ވައްޓާލި އެވެ. ނަމަވެސް މީގެ ދެ ހަފްތާ ކުރިން ތާލިބާނުން ވަނީ ހައިރާން ކުރުވަނިވި ގޮތަކަށް އަލުން ވެރިކަމަށް އައިސްފަ އެވެ. އެއާއެކު އެތައް ހާސް ބަޔަކު ވަނީ ގައުމުން ފުރަން ބޭނުންވެ ކާބުލް އެއާޕޯޓަށް ޖަމާވެފަ އެވެ.

އެމެރިކާގެ ފްލައިޓުތަކުގައި މިހާތަނަށް 114،000 އަށް ވުރެ ގިނަ މީހުން ފުރާފައި ވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަފްގާން ރައްޔިތުންނެވެ. އެމެރިކާގެ އެންމެ ފަހު ފްލައިޓު ކާބުލް އެއާޕޯޓުން ފުރާނީ މާދަމާ އެވެ. އޭގެ ފަހުން އެމެރިކާގެ އެހީގައި އަފްގާނިސްތާނުން ފުރުމުގެ ދޮރު ބަންދުވާނެ އެވެ.

ގިނަ އަފްގާން ރައްޔިތުން ފުރަން ބޭނުންވި ނަމަވެސް، އެމެރިކާ އިން މި ވަގުތު އިސްކަން ދެނީ އެ ގައުމުގެ ރައްޔިތުންނަށެވެ. އެގޮތުން އެމެރިކާ ސިފައިންނާއި ޑިޕްލޮމެޓުން ރައްކާތެރިކަމާ އެކު ފުރުވާލެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

މީހުން ފުރުވާލުމުގެ އޮޕަރޭޝަނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ތާލިބާނުންނާ ވާދަވެރި އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕެވެ. މިދިޔަ ބުރާސްފަތި ދުވަހު ކާބުލް އެއާޕޯޓު ބޭރުގައި ބޮން ގޮއްވައިގެން އައިއެސް އިން ވަނީ 100 އަށް ވުރެ ގިނަ މީހުން މަރާލާފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox