ޑިޕާއި ބާސެލޯނާ މޮޅުކޮށްދިންއިރު، އެތުލެޓިކޯ އާއި ވިޔަރެއާލް އެއްވަރު

Aug 30, 2021, 3:26 AM
ލަނޑު ޖެހުމަށް ފަހު ޑިޕާއި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޑިޕާއި އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޮގަސްޓް 30) - ސްޕެނިޝް ލީގުގައި ރޭ މެމްފިސް ޑިޕާއިގެ ގޯލުން 2-1 އިން ގެޓަފޭ އަތުން ބާސެލޯނާ މޮޅުވިއިރު، ފަހު ވަގުތު އެތުލެޓިކޯ މެޑްރިޑުން ގޯލު ޖަހައި ވިޔަރެއާލާ 2-2 އިން އެއްވަރުކޮށްފި އެވެ.

ރޭގެ ނަތީޖާތަކަށް ފަހު އިންޓަނޭޝަނަލް ބްރޭކަށްދާއިރު، ލީގުގެ އެއް ވަނައިގައި އޮތީ ރެއާލް މެޑްރިޑް އެވެ. ރެއާލަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ރެއާލް އެކޭ އެއްގޮތަށް ސްޕެނިޝް ލީގުގެ ގަދަ ހަ ޓީމަށް ވެސް ވަނީ ފުރަތަމަ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. އެ ޓީމުތައް މަގާމުތަކަށް ބެހިފައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ދެ ވަނައިގައި ސެވިއްޔާ އޮތްއިރު، ތިން ވަނައިގައި އޮތީ ވެލެންސިއާ އެވެ. ހަތަރު ވަނައިގައި ބާސެލޯނާ އޮތްއިރު، ފަސް ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ އެވެ. އަދި ހަ ވަނައިގައި އޮތީ މަޔޯކާ އެވެ. ހަތް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑް އެވެ.

ބާސެލޯނާ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ދެ ވަނަ މިނިޓް ތެރޭ ސާޖީ ރޮބާޓޯ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން ސާޖީ ރޮބާޓޯ ވަނީ ގެޓަފޭ އޭރިއާތެރެއިން ވެއްޓިގެންފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ބާސެލޯނާ އަށް ލީޑު ހިފަހައްޓައިލެވުނީ 16 މިނިޓް ވަންދެނެވެ.

މެޗުގެ 18 ވަނަ މިނިޓްގައި ގެޓަފޭގެ މި ގޯލު ޖެހީ ކުރިން ބާސެލޯނާ އަށް ކުޅުނު ސަންޑްރޯ އެވެ. ބާސެލޯނާ އޭރިއާތެރެއިން ސަންޑްރޯ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ސަންޑްރޯ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ކާލެސް އަލޭނިއާ އަކީ ވެސް ކުރިން ބާސެލޯނާ އަށް ކުޅުުނު ކުޅުންތެރިއެކެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާ އަށް އަލުން ލީޑުނަގައިދިނީ ޑިޕާއި އެވެ. މިއީ ޑިޕާއި ޖެހިޖެހިގެން ގޯލު ޖެހި ދެ ވަނަ މެޗެވެ. ދެ ވަނަ ހާފުގައި އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

އެތުލެޓިކޯ ދަނޑުގައި ރޭ ކުޅުނު މެޗުގައި ހަތަރު ގޯލު ވެސް ފެނުނީ ދެ ވަނަ ހާފްގަ އެވެ. މެޗުގެ 52 ވަނަ މިނިޓްގައި ވިޔަރެއާލަށް ލީޑުނަގައިދިނީ މަނޫ ޓްރިގޭރޯސް އެވެ. އޭގެ ހަތަރު މިނިޓް ފަހުން އެންހެލް ކޮރޭއާ ދިން ބޯޅައަކުން ލުއިސް ސުއަރޭޒް ވަނީ އެތުލެޓިކޯ އަށް އެއްވަރުކޮށްދީފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އާނައުޓް ޑަންޖޫމާ ވަނީ ވިޔަރެއާލަށް މެޗުގައި ދެ ވަނަ ފަަހަރަށް ލީޑުނަގައިދީފަ އެވެ.

ވިޔަރެއާލް މޮޅުވާން ދަނިކޮށް އެތުލެޓިކޯ އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގަ އެވެ. މި ގޯލަކީ ވިޔަރެއާލްގެ އަލްޖީރިއާ ޑިފެންޑަރު އައިސާ މަންޑީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ވިޔަރެއާލްގެ ކީޕަރު ޖެރޮނީމޯ ރޫލީ އަށް ދޭން މަންޑީ ބޮލުން ފަހަތަށް ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މިއީ ހަގީގަތުގައި ނަތީޖާ އަށް ބަލާއިރު ހިތްހަަމަ ނުޖެހުނު ކަމުގައި ވިޔަސް ކުޅުމަށް ބަލާއިރު އެތުލެޓިކޯ އިން އެންމެ ރަނގަޅަށް ކުޅުނު މެޗު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox