ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އެންމެ ފަހުން ހުކުމާ ހަމަޔަށް

ރާއްޖެޓީވީ ރޯކޮށްލި މައްސަލާގައި ދައުވާ ލިބޭ މީއާދު: މައްސަލަ ވަނީ ހުކުމާ ހަމައަށް ގޮސްފައި

ރާއްޖެޓީވީ ރޯކޮށްލި މައްސަލާގައި ދައުވާ ލިބޭ މީއާދު: މައްސަލަ ވަނީ ހުކުމާ ހަމައަށް ގޮސްފައި

ރާއްޖެޓީވީގައި ރޯކޮށް ގެއްލުން ދިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި، އަށް އަހަރު ފަހުން ހުކުމާ ހަމަޔަށް ގޮސްފި އެވެ.

ބީކޭޓީ ބިލްޑިންގައި އޭރު ހިންގަމުންދިޔަ ރާއްޖެޓީވީގެ އިމާރާތުގައި ރޯކޮށްލީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފަތިހު 4:42 އެހާކަންހާއިރު އެވެ.

ދޮރު ހަލާކުކޮށްލައިގެން ވަދެ، ތެޔޮ ޖެހުމަށްފަހު ހުޅުޖެހުމުގެ ސަބަބުން ބިލްޑިންގައި ރާއްޖެޓީވީގެ ހުރިހާ އިކުއިޕްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އެނދި އެވެ. އަދި އެ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސްގެ ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވެސް އެނދި އެވެ.

Advertisement

މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފުލުހުން ފަސް މީހެއްގެ މައްސަލަ ފޮނުވި ނަމަވެސް، ދައުލަތުން ދައުވާ އުފުލާފައިވަނީ ހ. ގަސްވާ، މުހައްމަދު މީއާދުގެ މައްޗަށް އެކަންޏެވެ. އޭނާގެ ޝަރީއަތް ނުނިމި، އެތައް އަހަރެއް ވެގެން ދިޔުމަށްފަހު، މިއަދު ވަނީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާފަ އެވެ.

މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ދައުލަތުގެ ވަކީލް ހުލާސާ ބަޔާން އިއްވަމުން ވިދާޅުވި ގޮތުގައި، މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިތަކުން މީއާދުގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވެ އެވެ. އަދި، ދިފާއުގައި މީއާދުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކި ބަހުގައި ސާފުނުވާ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

މީއާދު ދިފާއުވާން ހުށަހެޅީ، އޭނާގެ އެކުގައި ދަތުރު ދިޔަ އެކުވެރިންތަކެކެވެ. އެއީ، އޭނާގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ ދަތުރުގައި ލިބުނު އަނިޔާތަކެއްގެ ނިޝާންތަކެއްކަން ސާބިތުކުރުމަށެވެ. މީއާދުގެ ކަނާއަތުން އަނދާފައިވާ ކަމުގެ ނިޝާންތަކެއް އޭރު ހުއްޓެވެ.

މައްސަލާގައި މީއާދާ ދެކޮޅަށް ބޭނުންކުރި އެންމެ ބޮޑު ހެއްކަކީ އަންގި އެވެ. އެ އަންގި، ރާއްޖޭޓީވީގައި ރޯކޮށްލާ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖުން ފެނެ އެވެ. ފަހުން، އެ ސަރަހައްދު މަގުމަތިން ފުލުހުން ވަނީ އަންގީގެ އެއް ކިބަ ހޯދައިފަ އެވެ.

ދައުލަތުން ހުށަހެޅި ހެކިން އެނގޭ ގޮތުގައި އެ އަންގި ކިބައިން މީއާދުގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. އަދި، ސީސީޓީވީ ފްޓޭޖުން ފެންނަ އަންގި އާއި ފުލުހުން ހޯދި އަންގިއާ އެއްގޮތް ސިފަތަކެއް ފާހަގަ ކުރެވުނެވެ. އެހެންވެ، އެ އަންގިއާ މީއާދާ ވަނީ ދައުލަތުން ގުޅުވާފަ އެވެ.

ނަމަވެސް، މީއާދުގެ ވަކީލް އަހުމަދު ޝާފިއު ދިފާއުގައި ހުލާސާ ބަޔާން އިއްވަމުން، އެ ހެއްކާ ގުޅޭ މައްސަލަތަކެއް ވަނީ ފާހަގަ ކުރެއްވި އެވެ. އެގޮތުން އަންގިން ޑީއެންއޭ ހޯދީ ކޮން އެއްޗަކުން ސާފުކޮށް ދެވިފައި ނެތް ކަމެވެ. އެ އަންގި މަގުމަތިން ހޯދިިއިރު އެއަށް އެހެން މީހެއްގެ އިސްތައްޓެއް ފަދަ އެއްޗެއް ވެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ވީޑިއޯއަށް ބަލައިގެން އަންގީގެ ދެ ސިފަ އެއްގޮތް ކޮށްފައިވާއިރު، އެއީ ގިނަ އަންގިތައް ހުންނާނެ ގޮތްކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އަދި، އަންގީގެ ރިޕޯޓް ހެދި ފަރާތުން އެއީ ކަޅު އަންގިއެއް ކަމަށް ބުނާއިރު އެ ނެގި ފުލުހުން އެއީ ހުދު ނޫނީ އަޅި އަންގިއެއް ކަމަށް ބުނެފައިވާކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ވަކީލް ފާހަގަ ކުރެއްވި ގޮތުގައި، ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުގައި ތެދު ބަސް ބުނަނީ ކާކުކަން ނޭނގޭ މިންވަރަށް ފުށުއެރުންތައް އެބަ ހުއްޓެވެ. އެހެންވެ، އޭގެ ފައިދާ މީއާދަށް ލިބިދީ، މައްސަލަ ނިންމާއިރު އޭނާގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިންނަށް ރިއާޔަތްކޮށްދިނުމަށް ވަކީލް ޝާފިއު އެދުނެވެ.

ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވާފަ އެވެ. އަދި، ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީސް ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެ މަޖިލިސް ތާވަލު ކުރެއްވި ދުވަހެއް ގާޒީ އިއުލާނެއް ނުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox