އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވާން ޝާހިދު އެމެރިކާގައި

ޝާހިދާއެކު މަސައްކަތްކުރައްވާ އިސް ބޭފުޅުންނާ ނިއު ޔޯކުގައި ބައްދަލުކުރައްވަނީ.

ޝާހިދާއެކު މަސައްކަތްކުރައްވާ އިސް ބޭފުޅުންނާ ނިއު ޔޯކުގައި ބައްދަލުކުރައްވަނީ.

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވާން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާއަށް ވަޑައިގެންފި އެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލިހުގެ ރިޔާސަތަށް ޝާހިދު ހޮވިވަޑައިގެންނެވީ، މިދިޔަ ޖޫން މަހު ނެގި ވޯޓުގައި އދ. ގެ މެމްބަރު 193 ގައުމުގެ ތެރެއިން 143 ގައުމުގެ ތާއީދާ އެކުގަ އެވެ.

ނިއުޔޯކަށް ވަޑައިގެން، ޝާހިދާއެކު މަސައްކަތްކުރައްވާ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ 76 ވަނަ އާންމު މަޖްލިސް އަންނަ މަހުގެ 14 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އަދި މަގާމުގެ މަސްއޫލިއްޔަތު ބަދަލުކުރުމަށްޓަކައި މެމްބަރު ގައުމުތަކާއި ސެކްރެޓޭރިއަޓާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ އެކު ބައްދަލުވުންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ޝާހިދު އެމެރިކާއަށް ވަޑައިގެންފައިވަނީ، އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެ ގައުމުންނެވެ.

އޭނާ ޖަޕާނަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާއާ ބައްދަލުކުރެއްވި އެވެ. އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެން ކުރައްވާނެ މަސައްކަތްތަކާ ބެހޭ ގޮތުން ޖަޕާނުގެ ބޮޑުވަޒީރަށް ޝާހިދު މައުލޫމާތު ދެއްވި އެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ޝާހިދު ވަނީ އެ މަގާމުގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ފުރަތަމަ މަންޒިލަކަށް އަވަށްޓެރި އިންޑިއާއަށް ވެސް ވަޑައިގެންފަ އެވެ.

އެ މަގާމުގެ އިންތިހާބުގެ ކެމްޕޭނަށް ވެސް ޝާހިދު ވަނީ ދެ މަހެއްހާ ދުވަހު އެމެރިކާގައި ހޭދަކުރައްވައިފަ އެވެ.

އާންމު މަޖިލީހުގެ އާ ދައުރާއެކު ޝާހިދު ރިޔާސަތާ ހަވާލުވެވަޑައިގަންނަވާއިރު، ގިނަ ވަގުތު އޭނާ އެމެރިކާގައި ހުންނަވަން ޖެހިވަޑައިގަންނަވާނެކަމަށް މިނިސްޓްރީން ބުނެ އެވެ.

އެކަމާ ގުޅިގެން، ވަޒީރު ކަމުގައި ހުންނަވައިގެން، އެހާ ގިނަ ވަގުތު ރާއްޖޭން ބޭރުގައި ހުންނަވަންޖެހުމާ ގުޅިގެން ބައެއް ފާޑުކިޔުންތައް ޝާހިދަށް ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް، ސަރުކާރުން ބުނަނީ ދެ މަގާމުގައި ޝާހިދު ހުންނެވުމުން ރާއްޖެއަށް ލިބޭނެ ފައިދާތައް ބޮޑުވާނެކަމަށް ބުނާއިރު، އެ މަގާމުގެ ހައިސިއްޔަތުން އިންޑިއާ އާއި ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ވެސް އޭނާ ވަނީ ރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން އެ ދެގައުމުގެ އެންމެ އިސް ލިޑަރުންނާ މަޝްވަރާ ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox