އެއް ދުވަސް ތެރޭ އިންޑިއާގެ 10 މިލިއަން މީހުންނަށް ވެކްސިން ދީފި

އިންޑިއާގައި އުފެއްދި ކޮވިޝީލްޑް ވެކްސިން.

އިންޑިއާގައި އުފެއްދި ކޮވިޝީލްޑް ވެކްސިން.

ނިއު ދިއްލީ، އިންޑިއާ (އޯގަސްޓު 28) - އެއް ދުވަސް ތެރޭ 10 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދީގެން އިންޑިއާ އިން މިދިޔަ ހުކުރު ދުވަހު ރިކޯޑެއް ހަދައިފި އެވެ.

އޭގެ ކުރިން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ވެކްސިން ދިނީ 9.2 މިލިއަން މީހުންނަށެވެ.

މިދިޔަ އޭޕްރިލް އަދި މޭ މަހު ޑެލްޓާ ވޭރިއެންޓާ އެކު އިންޑިއާގައި 200،000 އަށް ވުރެ ގިނަ މީހުން މަރުވިއިރު، ވެކްސިންގެ ދަތިކަން ވެސް ދިމާވުމުން ފާޑުކިޔުން އަމާޒުވި އެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ 1.3 ބިލިއަން މީހުން ދިރިއުޅޭ އިންޑިއާ އަށް ހުކުރު ދުވަހު ހޯދުނީ ބޮޑު ކާމިޔާބެއް ކަމަށާއި ވެކްސިން ޕްރޮގްރާމުގައި އުޅޭ ފަރާތްތަކަށް ޝުކުރުއަދާ ކުރާ ކަމަށެވެ.

ސަރުކާރުން ކުރިން އަމާޒު ކުރީ މި އަހަރު ނިމުމުގެ ކުރިން 1.1 ބިލިއަން މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް ވެކްސިން ހުސްވުމާއި އިދާރީ މައްސަލަތަކާ ހެދި ކުރިއަށް ދަނީ މަޑު ދުވެއްޔެއްގަ އެވެ.

މިދިޔަ ޖެނުއަރީ މަހު ފެށި ވެކްސިން ޕްރޮގްރާމުގައި މިހާތަނަށް ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ އެންމެ 15 ޕަސެންޓު މީހުންނެވެ. މި ވަގުތު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ބޮޑެތި ލުއިތަކެއް ދީފައި ވާއިރު، ވަރަށް އަވަހަށް ބަލީގެ އާ ރާޅެއް ކުރިމަތިވުމުގެ ބިރު އެބަ އޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިހާރު މަޑުމަޑުން ދަނީ ކޭސްތައް އިތުރުވަމުންނެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހު 500 މީހުން މަރުވެ، 46،000 މީހުން ޕޮޒިޓިވްވި އެވެ. އެއީ ދެ މަހަށް ފަހު އަދަދުތައް އެހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox