އައިއެސް އިން ކާބުލް އެއާޕޯޓު ބޭރުގައި ބޮން ގޮއްވައިފި

ކާބުލް އެއާޕޯޓު ބޭރުގައި ބޮން ގޮއްވުމުން އަނިޔާވި މީހަކަށް ފަރުވާ ދޭން ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ކާބުލް އެއާޕޯޓު ބޭރުގައި ބޮން ގޮއްވުމުން އަނިޔާވި މީހަކަށް ފަރުވާ ދޭން ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 26) - ކާބުލް އެއާޕޯޓު ބޭރުގައި މިރޭ ދިން ދެ ބޮމުގައި ހަމަލާގައި ހަ މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

ހަމަލާތައް ދީފައި ވަނީ ޓެރަރިސްޓު ނުރައްކާ ބޮޑު ކަމަށް ބުނެ، އެއާޕޯޓު ކައިރިން ދުރަށް ދިޔުމަށް ހުޅަނގުގެ ގައުމުތަކުން ގޮވާލާފައި ވަނިކޮށެވެ.

މިދިޔަ ހަފްތާގައި ތާލިބާނުން ވެރިކަމަށް އައުމުން އަފްގާނިސްތާނުގައި ދިރިއުޅެން ބޭނުން ނުވާ އެތައް ހާސް އާއްމުންނެއް ވަނީ ފުރޭތޯ އެއާޕޯޓަށް ޖަމާވެފަ އެވެ.

އެއާޕޯޓު ކައިރީގައި ދިން "ކޮމްޕްލެކްސް ހަމަލާގައި" އެމެރިކާގެ ރައްޔިތުންނަށް ވެސް އަނިޔާވި ކަމަށް ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ކާބުލްގެ މައި އެމެޖެންސީ ހޮސްޕިޓަލުން ބުނި ގޮތުގައި މިހާތަނަށް ހަ މީހަކު މަރުވެފައި ވާއިރު، ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރިން ވިދާޅުވެފައި ވަނީ ޓެރަރިސްޓް ގްރޫޕް އިސްލާމިކް ސްޓޭޓް (އައިއެސް) ހަމަލާއެއްގެ ނުރައްކާ ބޮޑު ކަމަށެވެ.

ހަމަލާތަކާ ގުޅިގެން އެއާޕޯޓު ބޭރުގައި އިތުރަށް ހަމަނުޖެހުން ބޮޑުވެފައި ވާއިރު، ތާލިބާނުން ވަނީ އެ ސަރަހައްދު ހަމަޔަކަށް އެޅުވުމަށް ވައިގެ ތެރެއަށް ބަޑި ޖަހާފަ އެވެ.

ފުރަން ބޭނުންވާ މީހުން ގެންދިޔުމަށް އެމެރިކާ އިން ކަނޑައެޅި ސުންގަޑި އަކީ އޯގަސްޓު 31 އެވެ. މިހާރު 95،000 އަށް ވުރެ ގިނަ މީހުން ފުރުވާލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަފްގާން ރައްޔިތުންނެވެ.

އެއާޕޯޓު ބޭރުގައި ހަމަލާ ދޭނެ ކަމުގެ އިންޒާރު ހުޅަނގުގެ ގިނަ ގައުމުތަކުން ދިން ނަމަވެސް، ފުރަން ބޭނުންވެފައި ތިބި މީހުން އެ ސަރަހައްދުން ދުރަށް ގޮސްފައެއް ނުވެ އެވެ.

އަފްގާނިސްތާނުގެ އައިއެސް ޖަމާއަތަށް ދީފައިވާ ނަމަކީ އިސްލާމިކް ސްޓޭޓް އިން ހޮރަސާން ނުވަތަ އައިއެސް-ކޭ އެވެ. އެ މީހުން ވަނީ ފަހަކަށް އައިސް ބޮޑެތި ހަމަލާތަކެއް އަފްގާނުގައި ހިންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox