އަފްގާނިސްތާން ވަށައިގެންވާ ގައުމުތަކަށް ރަޝިއާ އިން ހަތިޔާރު ފޯރުކޮށްދެނީ

ތާލިބާން ހަނގުރާމަވެރިންތަކެއް ހަތިޔާރު ހިފައިގެން ކާބުލް ރެސްޓޯރެންޓެއްގައި.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިންތަކެއް ހަތިޔާރު ހިފައިގެން ކާބުލް ރެސްޓޯރެންޓެއްގައި.-- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (އޯގަސްޓު 26) - އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމާ ގުޅިގެން އަވައްޓެރި ގައުމުތަކުން އިތުރު ހަތިޔާރާއި ހެލިކޮޕްޓަރު ބޭނުންވެގެން ރަޝިއާ އަށް އޯޑަރު ފޮނުވައިފި އެވެ.

ކުރީގެ ސޯވިއެޓް ޔޫނިއަންގެ ބާރު ހިންގި އަދި މިހާރު ވެސް ރަޝިއާއާ ގާތް ގުޅުމެއް އޮންނަ ސެންޓްރަލް އޭޝިއާގެ ގައުމުތަކުން މީގެ ކުރިން ވެސް ވަނީ ތާލިބާނުން ވެރިކަމަށް އައުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސެންޓްރަލް އޭޝިއާގެ ގައުމުތަކުގައި ރަޝިއާގެ ސިފައިންގެ މަރުކަޒުތައް ހުންނައިރު، ރަޝިއާ އިން ވަނީ އެކި ފަހަރު މަތިން އެ ގައުމުތަކަށް ހަތިޔާރާއި އަސްކަރީ އުޅަނދު ފޯރުކޮށްދީފަ އެވެ.

ރަޝިއާގެ ދައުލަތުގެ ހަތިޔާރު އެކްސްޕޯޓް ކުރާ ކުންފުނީގެ ވެރިޔާ އެލެގްޒޭންޑާ މިހީވް ރިއާ ނޮވޮސްޓީ ނިއުސް އެޖެންސީ އަށް ވިދާޅުވީ ހެލިކޮޕްޓަރާއި ހަތިޔާރު އަދި ބޯޑަރު ބަލަހައްޓާ ޒަމާނީ ސިސްޓަމްތައް ބޭނުންވެގެން އެ ގައުމުތަކުން އާ އޯޑަރުތައް ފޮނުވާފައިވާ ކަމަށެވެ.

ތާލިބާނުންގެ ވެރިކަމާ މެދު ރަޝިއާއިން މިހާތަނަށް މާ ސާފުކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ރެފިއުޖީންނަށް ހެދިގެން ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް ކައިރި ގައުމުތަކަށް އެތެރެވުމާ ދެކޮޅަށް ވަނީ އިންޒާރު ދީފަ އެވެ.

މި މަހުގެ ކުރީކޮޅު އުޒްބެކިސްތާނާއި ތަޖިކިސްތާނުން ވަނީ ރަޝިއާއާ ގުޅިގެން އަފްގާނިސްތާނުގެ ބޯޑަރު ކައިރީގައި އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ރަޝިއާގެ އަސްކަރީ ގުޅުން، ކަލެކްޓިވް ސެކިއުރިޓީ ޓްރީޓީ އޯގަނައިޒޭޝަން (ސީއެސްޓީއޯ) އިން ރާވާފައި ވަނީ ސެޕްޓެމްބަރު ހަތަކުން ނުވަޔަކަށް ކިރްގިސްތާނާއި އަފްގާނިސްތާނު ގުޅޭ ބޯޑަރުގައި ވެސް އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށެވެ.

ތާލިބާނުން ބުނެފައި ވަނީ އެ މީހުންގެ ހަނގުރާމަވެރިންނަކީ ސެންޓްރަލް އޭޝިއާ ގައުމުތަކަށް ނުރައްކަލެއް ނޫން ކަމަށެވެ. ނަމަވެސް މީގެ ކުރިން ވެސް ތާލިބާން ހަނގުރާމަވެރިންނާއި އެ މީހުންނާ ގުޅުން ހުރި ފަރާތްތަކުން އެ ގައުމުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox