އަފްގާނިސްތާނުގައި އިސްލާމިކް ސްޓޭޓުގެ ނުރައްކާ

އަފްގާނިސްތާނުގައި އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރިން.

އަފްގާނިސްތާނުގައި އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ހަނގުރާމަވެރިން.

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 26) - ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައުމާއެކު ގިނަ ބަޔަކު ގައުމު ދޫކޮށް ދާން މަސައްކަތް ކުރާ މި ދަނޑިވަޅުގައި އެހެން ނުރައްކަލެއްގެ ބިރު ވެސް ވަނީ ކުރިމަތިވެފަ އެވެ. އެއީ އެތައް ހާސް ބަޔަކު ޖަމާވެފައިވާ ކާބުލް އެއާޕޯޓަށް ރޭ ދިން ޓެރަރިސްޓު ހަމަލާ އަށް ފަހު އެފަދަ އެހެން ހަމަލާތައް ވެސް އަތުވެދާނެކަމުގެ ބިރެވެ. އެ ބިރު ގޮސް ގުޅިފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕާ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނީ ކާބުލްގައި ހުންނަ ހާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓަށް އިސްލާމިކް ސްޓޭޓް ހޮރަސާން ނުވަތަ އައިއެސް-ކޭ ގެ ހަމަލާއެއް އައުމުގެ ނުރައްކާ ބޮޑުވަމުންދާ ކަމަށެވެ. އެހެން ވިދާޅުވެފައި ވަނިކޮށް ރޭ އެއާޕޯޓު ބޭރުގައި ދެ ބޮން ގޮއްވާލުމުގެ ސަބަބުން ހަ މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވި އެވެ. އައިއެސް-ކޭ އަކީ އަފްގާނިސްތާނުގެ އައިއެސް ގްރޫޕަށް ހާއްސަ ނަމެވެ.

ނުރައްކަލާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިހާރު އަފްގާނިސްތާނުގެ ވެރިކަމުގައި އޮތް ތާލިބާނުންގެ ތަރުޖަމާނަކު ބުނީ ގައުމުގެ ހަލަބޮލިވެފައިވާ ހާލަތުގެ ނާޖައިޒު ބޭނުން ބަޔަކު ހިފުމުގެ ނުރައްކާ އެބަ އޮތް ކަމަށެވެ. އެ ހާލަތަށް އަފްގާނިސްތާނު ވެއްޓެން ޖެހުނީ އެމެރިކާ އިސްވެ އޮވެ، ހުޅަނގުގެ ގައުމުތަކުން ހިންގާ, މީހުން ފުރުވާލުމުގެ އޮޕަރޭޝަނުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

އައިއެސް-ކޭ އަކީ ކޮން ބަޔެއް؟

އައިއެސް ޖަމާއަތުގެ ވެރިކަން އިރާގާއި ސީރިއާގައި ގާއިމް ކުރިކަން 2014 ވަނަ އަހަރު އިއުލާނު ކުރުމާއެކު ޕާކިސްތާނުގެ ތާލިބާނަށް ނިސްބަތްވާ ބައެއް ހަނގުރާމަވެރިން ވަނީ އެ ޖަމާއަތުން ވަކިވެ އައިއެސް އަށް ބައިއަތު ހިފާފަ އެވެ. އެއާއެކު އެ ހަނގުރާމަވެރިން ވަނީ އަފްގާނިސްތާނުގައި ތިބި ބައެއް މީހުންނާ ގުޅިގެން އައިއެސްގެ ސަރަހައްދީ ގޮފި ގާއިމްކޮށްފަ އެވެ. އެ މީހުން މަސައްކަތް ކުރީ އައިއެސްގެ ލީޑާރު އަބޫ ބަކުރު އަލް ބަގްދާދީ އަށް ބައިއަތު ހިފައިގެންނެވެ.

އައިއެސްގެ މައި ލީޑާޝިޕުން އައިއެސް-ކޭ ބަލައިގަތީ 2015 ވަނަ އަހަރު އެވެ. އޭރު އައިއެސް-ކޭ އިން ވަނީ އުތުރު އަފްގާނިސްތާނަށް ފެތުރިގަނެފަ އެވެ. އެ މީހުންގެ ހަރަކާތްތައް އެންމެ ބޮޑަށް ފެތުރިފައި އޮތީ ކުނާރް، ނަންގަހާރް އަދި ނޫރިސްތާން ޕްރޮވިންސަށެވެ.

އޭގެ އިތުރުން ކާބުލް ހިމެނޭ ގޮތަށް އަފްގާނިސްތާނުގެ އެހެން ހިސާބުތަކާއި ޕާކިސްތާނުގެ ބައެއް ހިސާބުތަކުގައި އައިއެސް-ކޭ ގެ "ނިދާފައިވާ ސެލްތައް" ވަނީ ގާއިމްކޮށްފަ އެވެ. އެއީ އަމަލީ ގޮތުން މަސައްކަތް ނުކުރި ނަމަވެސް ގްރޫޕުގެ ފިކުރު ފެތުރުމުގެ މަސައްކަތުގެ ބޮޑު ބަޔެކެވެ.

"ހޮރަސާން" އަކީ ޕާކިސްތާނާއި، އިރާނު، އަފްގާނިސްތާނު އަދި ސެންޓްރަލް އޭޝިއާގެ ގައުމުތައް ހިމެނޭ ސަރަހައްދަށް ގަދީމީ ގޮތުން ކިޔާ އުޅޭ ނަމެކެވެ. އެހެން ކަމުން އެ ހިސާބުގައި އުޅޭ އައިއެސް ގްރޫޕަށް އެ ނަން ދެވުނެވެ.

އައިއެސް-ކޭ އިން ދެނީ ކޮން ކަހަލަ ހަމަލާތަކެއް؟

ފަހަކަށް އައިސް ދުނިޔޭގައި ދެމުން އަންނަ އެންމެ ބޮޑެތި ހަމަލާތައް އަންނަނީ އެ މީހުންގެ ފަރާތުންނެވެ. އައިއެސް-ކޭ އިން ވަނީ ޕާކިސްތާނާއި އަފްގާނިސްތާނުގެ މިސްކިތްތަކާއި، ފައްޅިތަކާއި، އާއްމު މައިދާންތަކާއި ހޮސްޕިޓަލްތަކުގައި ވެސް ހަމަލާ ދީފަ އެބެ.

އެ މީހުން ވަކިން ހާއްސަކޮށް ހަމަލާ އަމާޒު ކުރަނީ މުސްލިމުންގެ ތެރެއިން ތަފާތު މަޒްހަބްތަކަށް އުޅޭ މީހުންނަށެވެ.

މިދިޔަ އަހަރު ދުނިޔެ ސިއްސުވާލި ހާދިސާއެއްގެ ފަހަތުގައި ވެސް ތިބީ އައިއެސް-ކޭ ގެ ޓެރަރިސްޓުންނެވެ. ކާބުލްގައި ޝިއައީން ގިނަ އަދަދަކަށް ދިރިއުޅޭ ހިސާބުގަނޑެއްގެ ހޮސްޕިޓަލެއްގެ މެޓާނިޓީ ވޯޑުގައި ބަޑި ޖަހައި 16 އަންހެނުން މަރާލި އެވެ. އެއީ ވިހައިގެން ތިބި މީހުންނާއި ވިހަން ތައްޔާރުވެގެން ތިބި މީހުންނެވެ.

ގިނަ އަދަދެއްގެ ބޮން ގޮއްވުމުގެ ހާދިސާތަކާއި ބަޑި ޖެހުމުގެ ހާދިސާތަކުގެ ފަހަތުގައި އެ މީހުން ތިބި ނަމަވެސް އަފްގާނިސްތާން އަދި ޕާކިސްތާނުގެ ބިމުގެ އެއްވެސް ސަރަހައްދެއް އެ މީހުންނަށް ހިފިފައެއް ނުވެ އެވެ. އެއީ އެމެރިކާ ސިފައިން ހިންގި ވަރުގަދަ އޮޕަރޭޝަނާއި ތާލިބާނުންގެ ބާރުގެ ސަބަބުންނެވެ.

އައިއެސް-ކޭ އާއި ތާލިބާނުންނާ ދެމެދު އޮތީ ކޮން ކަހަލަ ގުޅުމެއް؟

ދެ ގްރޫޕަކީ ވެސް ސުންނީ މުސްލިމުންގެ ދެ ގްރޫޕެވެ. އަދި ދެ ގްރޫޕުގައި ވެސް ހަނގުރާމަވެރިން ހަރަކާތްތެރިވެ އެވެ. ނަމަވެސް މި ދެ ގްރޫޕުގެ މެދުގައި ރަނގަޅު ގުޅުމެއް ނެތެވެ.

ދީނުގެ ކަންކަމާއި އަސްކަރީ ސްޓްރެޓެޖީއާ ގުޅޭ ކަންކަމުގައި ވެސް ތާލިބާނުންނާއި އައިއެސް-ކޭ ގެ ހިޔާލު ތަފާތެވެ. އެއާއެކު ދެ ގްރޫޕުން ވެސް ދައުވާ ކުރަނީ އެ މީހުންނަކީ "އިސްލާމީ ޖިހާދު" ގެ ހަގީގީ ބައިވެރިން ކަމަށެވެ.

ދެ ގްރޫޕުގެ ދެމެދުގައި އޮންނަ ހިޔާލު ތަފާތުވުމުގެ ސަބަބުން ކުރިމަތިލުންތައް ވެސް ހިނގާފައި ވެ އެވެ. އެގޮތުން 2019 ވަނަ އަހަރު ތާލިބާނުން ވަނީ އައިއެސް-ކޭ ގެ މައްޗަށް ކުރި ހޯދާފަ އެވެ. އައިއެސް-ކޭ އިން ނެރޭ ބަޔާންތަކުގައި ތާލިބާނުންނަށް މުހާތަބުކޮށްފައި ވަނީ ކާފަރުންގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox