ކަރަންޓް ދޭން ހުރަސްއެޅިދާނެތީ ސްޓެލްކޯ އިން މަގުތައް ނުހުޅުވި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުގުނީ: އިއްޔެއާ ހަމައަށްވެސް ހުޅުވާފައި ނުވާތީ މާލެ ސިޓީ ކައުންސިލުން ވަނީ ގާނޫނީ ފިވަޅު އަޅާނެ ކަމަށް ބުނެފައި-- ފޮޓޯ: އެޗްއީއޯސީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުގުނީ: އިއްޔެއާ ހަމައަށްވެސް ހުޅުވާފައި ނުވާތީ މާލެ ސިޓީ ކައުންސިލުން ވަނީ ގާނޫނީ ފިވަޅު އަޅާނެ ކަމަށް ބުނެފައި-- ފޮޓޯ: އެޗްއީއޯސީ

މާލޭ ސިޓީ ކައުންސިލްގެ އެންގުމާ އެއްގޮތަށް މަގުތައް ހުޅުވައިފި ނަމަ ކަރަންޓް ދޭން ދަތިތަކެއް ކުރިމަތިވާނެތީ އެކަން ކުރެވެން ނެތް ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ސިޓީ ކައުންސިލުން ހުޅުވާލަން އަންގާފައިވަނީ ސްޓެލްކޯއިން ބަންދުކޮށްފައިވާ ތިން މަގަކާއި އެމްޑަބްލިއެެސްސީން ބަންދުކޮށްފައިވާ ދެ މަގެއްގެ ބައެކެވެ. އެއީ ސްޓެލްކޯގެ ހެޑް އޮފީހާއި ކުޑަކުދިންގެ ޕާކާ ދެމެދު އޮންނަ ކުޑަ ގޯޅި އާއި ހެޑް އޮފީހާއި ޕާކްގެ ފަހަތަށް އޮންނަ މަގެވެ.

އެ މަގުތައް ހުޅުވާލައި އާއްމުންނަށް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ސިޓީ ކައުންސިލުން އެ ދެ ކުންފުންޏަށް މުހުލަތެއް ދިނެވެ. އެކަމަކު އިއްޔެއާ ހަމައަށް ވެސް މަގު ހުޅުވާފައި ނުވާތީ ސިޓީ ކައުންސިލުން ވަނީ ގާނޫނީ ފިވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ސްޓެލްކޯގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ އެއްވެސް ހިދުމަތެއް ދިނުމަށް ހުރަހަކަށް ވެދާނެ އެއްވެސް ކަމެއް އެ ކުންފުނިން ނުކުރާނެ ކަމަށެވެ. އަދި އެ މަގުތައް ހުޅުވައިފިނަމަ މާލޭގައި ކަރަނޓު ދިނުމަށް ހުރަސްތަކެއް އެޅޭނެ ކަމަށެވެ.

"ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހަދުމަތެއް ދޭން މި ކުންފުންޏަށް ލާޒިމް ކޮށްފައިވާއިރު އެ ހިދުމަތް ދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދާނެ،" ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީން ބަންދު ކޮށްފައިވާ މަގުތައް ހުޅުވާލުމާ ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް އަދި ނުލިބެ އެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެ މަގުތައް ސްޓެލްކޯއާ ހަވާލުކުރީ ވަގުތީ ގޮތުން ކަމަށެވެ.

"އެހެންވީމާ ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ކައުންސިލްގެ ފަރާތުން އަޅާނަން އެ ގޯޅިތައް ހުޅުވުމަށްޓަކައި. އޭގެ ތެރޭގައި ކޯޓަށް ދިއުންވެސް ހިމެނޭ ގޮތަށް އެ ގޯޅިތަކާއި މަގުތައް ގާނޫނުގެ ތެރެއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން." މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox