އަލީ ވަހީދު ހާޒިރެއް ނުވި، ކުރިމިނަލް ކޯޓުގައި ޝަރީއަތް ނުހިންގުނު

އަލީ ވަހީދު: އަޑުއެހުން ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ގޮތެއް ނުވި

އަލީ ވަހީދު: އަޑުއެހުން ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ގޮތެއް ނުވި

ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރިމިނަލް ކޯޓަށް ހާޒިރު ނުވުމުން ޝަރީއަތް ކުރިއަށް ނުގެންދެވި، ކެންސަލް ކުރަން ޖެހިއްޖެ އެވެ.

މިއަދު ހެނދުނު 9:00 އަށް އަލީ ވަހީދަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ތާވަލުކުރި އެވެ.

އެ އަޑުއެހުމަށް ހާޒިރުވުމަށް ކުރިމިނަލް ކޯޓުން، ޗިޓް ފޮނުވީ އަލީ ވަހީދަށެވެ. ނަމަވެސް، އޭގެ ފަހުން އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ވިސާ މައްސަލައެއްގައި އަލީ ވަހީދު ހައްޔަރުކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިވަގުތު ހުރީ ޑިޓެންޝަން ސެންޓަރެއްގަ އެވެ.

ވިސާ މައްސަލައެއްގައި އަލީ ވަހީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުން ދެ މަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވާތީ، ޖަލަށް ގެންދިޔުމަށް ދިވެހި ފުލުހުން އިނގިރޭސިވިލާތުގެ ފުލުހުންނާއެކު މަސައްކަތް ކުރަމުން ދަނިކޮށެވެ.

ކުށްވެރިން ހާޒިރުކުރުމަށް އަންގައި، އާންމުކޮށް ކޯޓުން ޗިޓް ފޮނުވަމުން ދަނީ އެމީހަކު ބަންދުގައި ހުންނަ އިދާރާއަކަށެވެ. އެއީ ފުލުހުންނަށް ނުވަތަ ކަރެކްޝަނަލް ސާވިސްއަށެވެ.

ކުރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، އަލީ ވަހީދަށް ފޮނުވި ޗިޓާ އެއްގޮތަށް އޭނާ ކޯޓަށް ހާޒިރުވެފައިނުވާތީ، އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.

ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓް ފޮނުވަނީ އޮންލައިންކޮށް އިނގިރޭސިވިލާތުގައި ހުރެގެން ޝަރީއަތްގައި ބައިވެރިވެވޭ ގޮތަށެވެ.

އެކަމަށް ދައުލަތުން އިއުތިރާޒުކުރި ނަމަވެސް، އިނގިރޭސިވި ލާތުގައި ހުންނަ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުވެގެން ދެ އަޑުއެހުމެއްގައި މީގެކުރިން ބައިވެރިވި އެވެ. އެހެންވެ، އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެއީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.

އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ އެވެ. އެ މައްސަލާގެ އަޑުއެހުމަށް ހާޒިރުވުމަށް އީމެއިލް މެދުވެރިކޮށް ސުޕްރީމް ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވި އެވެ. އެ ޗިޓް އަލީ ވަހީދަށް ރައްދުވެފައިވީ ނަމަވެސް، ސުޕްރީމް ކޯޓާ އޭނާ އެއްވެސް މުއާމަލާތެއްކޮށްފައެއް ނުވެ އެވެ. އަދި ތާވަލުކުރި އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ވެސް ނުވެ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެއީ އެ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ގާނޫނުލްއުގޫބާތުގެ ދަށުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް، އެ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރެއްވި އެވެ.

އަލީ ވަހީދަށް ޖަލު އަދަބެއް ކަނޑައެޅި ހުކުމްގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ކުރަން ޖެހުމުން ކޯޓުތަކަކީ ކުޅޭކުޅޭ އަދި ހަރުދަނާ ކަމެއް ނެތް ތަންތަން ކަމަށް ދޭހަވާ ގޮތަށް ގާނޫނާއި ގަވައިދުތައް މާނަކޮށް އިޖުރާއީ ބާގަނޑުތައް ފޭކޮށްގެން ނުވާނެ ކަމަށެވެ.

"އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކަށް މިކަމުގައި ކަމެއް ނުކުރެވި ޝަރީއަތް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީ ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ގާނޫނީ ވެރިކަން ނުހިނގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމެއް،" ހުކުމްގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox