ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ޕްރެކްޓިސް ފަށަނީ

Aug 26, 2021, 5:43 AM
ވޯލްޑް ކަޕް ކޮލިފައިން އަށް ދުބާއީގައި ބޭއްވި ޓްރެއިނިންތަކުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ވޯލްޑް ކަޕް ކޮލިފައިން އަށް ދުބާއީގައި ބޭއްވި ޓްރެއިނިންތަކުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އަންނަ އޮކްޓޫބަރު މަހު މާލޭގައި ކުރިއަށްދާ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަަމަށްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން މިރޭ ޕްރެކްޓިސް ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ގައުމީ ޓީމުން ޕްރެކްޓިސް ފަށަން އެންމެ ފުރަތަމަ ނިންމީ އިއްޔެ އެވެ. އެކަމަކު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރި މާޒިޔާގެ ކުޅުންތެރިން ވެސް ހިމެނޭ ގޮތަށް ޕްރެކްޓިސް ފެށުމުގެ ބޭނުމުގައި މިރޭ ޕްރެކްޓިސް ފަށަން ނިންމީ އެވެ. ގައުމީ ޓީމުގައި އެންމެ ގިނަ ކުޅުންތެރިން ހިމެެނެނީ މާޒިޔާ އިންނެވެ. އެ ޓީމުގެ 11 ކުޅުންތެރިން ވަނީ ގައުމީ ޓީމުގެ 31 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިފަ އެވެ.

ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން ހަމަޖައްސައިފަ އެވެ. ސުޒޭން އެންމެ ފަހުން ހުރީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގަ އެވެ. ސުޒޭނަށް އެހީތެރިވުމުގެ ގޮތުން އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ މީގެ ކުރިން ވެސް އެ މަގާމު އަދާކުރި އިސްމާއިލް މަހްފޫޒް (އިންމަ) އެވެ.

މި ފަހަރުގެ މުބާރާތަށް ރާއްޖޭން ކުރިމަތިލާއިރު، ރާއްޖެ އަކީ ސާފްގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. ރާއްޖޭން މި އަހަރުގެ މުބާރާތަށް މިއަދު ތައްޔާރީތައް ފަށާއިރު، އަންނަ މަސް ތެރޭގައި ޓްރެއިނިން ކޭމްޕެއް ދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޓްރެއިނިން ކޭމްޕަށް ދާން ހަމަޖެހިފައި ކުރިން އޮތީ ޔޫއޭއީ އަށެވެ. އެކަމަކު މިހާރު އޮތްގޮތުން ޓްރެއިނިން ކޭމްޕް ދާނީ ގަތަރަށެވެ. ރާއްޖޭން 2018 ވަނަ އަަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ޖަހައިގެންނެވެ.

ފަސް ޓީމާ އެކު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށްދާ ގޮތަށެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހު އެއް ވަނަ ދުވަހު ކުޅޭނީ ނޭޕާލްއާ އެވެ. ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި އޮކްޓޫބަރު 10 ވަނަ ދުވަހު ސްރީލަންކާއާ ބައްދަލުކުރުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާއާ ކުޅޭނީ އޮކްޓޫބަރު 13 ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮންނާނީ އޮކްޓޫބަރު 16 ވަނަ ދުވަހުގެ ރޭގަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ނެގި ސްކޮޑުން ވަނީ އަލުން ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ. އެ ގޮތުން 2018 ވަނަ އަހަރު ކުއްލި ގޮތަކަށް ގައުމީ ޓީމުން ރިޓަޔާކުރި އަސްހަދު އަލީ (އަޑޭ) އަށް ފުރުސަތު ލިބުނުއިރު، ފަސް ވަރަކަށް އަހަރު ފަހުން މޫސާ ޔާމީން (ޔާމްބެ) އަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑުން ފުރުސަތު ލިބުނު އަލީ ހައިޝަމް (ޗުމްޕު) އާއި އަލީ ޝަމާލް (ޝަންމު) އަދި މިދިޔަ އަހަރުތަކުގައި ގައުމީ ޓީމުން ގަވާއިދުން ފުރުސަތު ހޯދަމުން އައި އަބްދުﷲ ޔާމީން (ޔާން) މި ފަހަރުގެ ސްކޮޑުގައި ނުހިމެނެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑު

މާޒިޔާ: ހުސެއިން ޝަރީފް (ހުސެން)، މޫސާ ޔާމީން (ޔާމްބެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)

އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މުހައްމަދު ނާއިމް، އަސްހަދު އަލީ (އަޑޭ)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ނޫމާން (ހެލްމެޓް)

ވެލެންސިއާ: އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ): މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު

ގްރީން ސްޓްރީޓްސް: ހަސަން ނަޒީމް (ޗޯޓު)، މުހައްމަދު ސާއިފު

ޓީސީ: އަލީ ޝާމިސް (ތޮއްޕޭ)، މުހައްމަދު އަޖުފާން

ދަ ގްރާންޑޭ: ޔަސްފާދު ހަބީބު (މުލަކޭ)

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox