ސުންގަޑި އަށް ފަހު ބައެއް މީހުން ފުރަން ތާލިބާނުން ހުއްދަ ދޭނެ

ކާބުލް އެއާޕޯޓުން ފުރަން ތައްޔާރުވެފައިވާ މަތިންދާބޯޓެއްގެ ތެރޭގައި ގިނަ އަދަދެއްގެ އަފްގާން ރައްޔިތުން.-- ފޮޓޯ: އޭއެފްޕީ

ކާބުލް އެއާޕޯޓުން ފުރަން ތައްޔާރުވެފައިވާ މަތިންދާބޯޓެއްގެ ތެރޭގައި ގިނަ އަދަދެއްގެ އަފްގާން ރައްޔިތުން.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓް 26) - އެމެރިކާ އިން އިއުލާނު ކުރި ސުންގަޑި ހަމަވުމުން ވެސް އަފްގާނިސްތާނުގެ ބައެއް މީހުން ފުރުމުގެ ހުއްދަ ދޭނެ ކަމުގެ ޔަގީންކަން ތާލިބާނުން ދީފި އެވެ.

މީހުން ފުރުވާލުމަށް ކަނޑައެޅި ސުންގަޑި ހަމަވާނީ އޯގަސްޓު 31 ގަ އެވެ. މީގެ ކުރިން ތާލިބާނުން ބުނީ އެ ދުވަހަށް ފަހު ބޭރުގެ ސިފައިން އަފްގާން ފަސްގަނޑުގައި ތިބޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ތާލިބާނުން ވެރިކަމަށް އައުމުން ކާބުލް އެއާޕޯޓަށް އެތައް ހާސް ބަޔަކު ޖަމާވެފައި ވާއިރު، މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުން ވަނީ އެކި ފްލައިޓުތަކުގައި ފުރުވާލާފަ އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ ސުންގަޑި ހަމަވުމުން ވެސް އެމެރިކާ ރައްޔިތުންނާއި، އެހެން ގައުމުތަކުގެ ރައްޔިތުން އަދި "ނުރައްކާ އޮތް" އަފްގާން ރައްޔިތުން ފުރަން ހުއްދަ ދޭނެ ކަމަށް ތާލިބާނުން ބުނެފައިވާ ކަމަށެވެ.

"އެ ވައުދާ އެއް ގޮތަށް އަމަލު ކުރުމަކީ އެ މީހުންގެ ޒިންމާއެއް. ގައުމު ދޫކޮށް ދާން ބޭނުންވާ ހުރިހާ އެންމެންގެ ރައްކާތެރިކަން އެ މީހުން ކަށަވަރުކޮށްދޭން ޖެހޭނެ،" ބްލިންކެން ވިދާޅުވި އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ ރައްޔިތުންގެ ތެރެއިން އެ ގައުމު ދޫކޮށް ދާން ބޭނުންވާ ކަމަށް ބުނީ 6،000 މީހުންނެވެ. މިހާތަނަށް ފުރާފައި ވަނީ އޭގެ ތެރެއިން 4،500 މީހުންނެވެ.

ގިނަ އަދަދެއްގެ އަފްގާން ރައްޔިތުން ފުރަން ބޭނުން ވަނީ ތާލިބާނު ވެރިކަމެއްގައި އެ މީހުންގެ ދިރިއުޅުމަށް ހުރަސް އެޅި ނުރައްކާ އޮތް ކަމަށް ގަބޫލުކުރެވޭތީ އެވެ.

މިހާރު ވެސް ވަކިވަކި ތާލިބާން ހަނގުރާމަވެރިން ދަނީ ކުރީގެ ސަރުކާރާ ގުޅުން ހުރި މީހުންނާއި، ނޫސްވެރިންނާއި، ބޭރު ގައުމުތަކަށް މަސައްކަތްކޮށް ދިން މީހުންނަށް ހަމަލާ އަމާޒު ކުރަމުންނެވެ.

ދޮރުން ދޮރަށް ހިނގަމުން، އެފަދަ މީހުންގެ ކިބައިން ބަދަލު ހިފުމަށް ހަނގުރާމަވެރިން މަސައްކަތް ކުރާއިރު، ތާލިބާނުންގެ ލީޑަރުން ބުނީ ވަކިވަކި ހަނގުރާމަވެރިންގެ އެ އަމަލުތަކާ މެދު ލަދުގަންނަ ކަމަށެވެ.

މީގެ ކުރިން 1990 ގެ އަހަރުތަކުގައި ތާލިބާނުން ވެރިކަން ކުރިއިރު، އަންހެނުން ވަޒީފާ އަށް ދިޔުން މަނާކޮށް، އަންހެން ކުދިންގެ ސްކޫލުތައް ބަންދު ކުރި އެވެ.

ނަމަވެސް އާ ތާލިބާން ވެރިކަމުގައި އަންހެނުންގެ ހައްގުތައް ނުހިފަހައްޓާނެ ކަމަށް ތާލިބާނުން ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ގައުމު ދޫކޮށް ދާން ބޭނުންވާ ރައްޔިތުން ގަބޫލުކުރާ ވާހަކައެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox