ޓެރަރިސްޓު ހަމަލާއެއްގެ އިންޒާރާއެކު ކާބުލް އެއާޕޯޓް އެލާޓުގައި

އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ފުރަން ބޭނުންވާ އަފްގާނިސްތާން ރައްޔިތުން ކިޔުގައި މަޑުކޮށްގެން.-- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ފުރަން ބޭނުންވާ އަފްގާނިސްތާން ރައްޔިތުން ކިޔުގައި މަޑުކޮށްގެން.-- ފޮޓޯ: ރޮއިޓާޒް

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 26) - ކާބުލް އެއާޕޯޓަށް ޓެރަރިސްޓު ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ، އެ ސަރަހައްދަށް ޖަމާވަމުންދާ އާއްމުން އަވަހަށް ދިޔުމަށް އެމެރިކާ އިން އަންގައިފި އެވެ.

އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އިން ވެސް ބުނެފައި ވަނީ ކާބުލް އެއާޕޯޓަށް ޓެރަރިސްޓު ހަމަލާއެއް ދިނުމުގެ "ފުރުސަތު ބޮޑު" ކަމަށެވެ. އެހެންވެ، އެމެރިކާގެ އިތުރުން އެ ދެ ގައުމުން ވެސް ވަނީ އެއާޕޯޓަށް ނުދިޔުމަށް އިންޒާރު ދީފަ އެވެ.

ގައުމުތަކުން ނެރުނު އިންޒާރުގައި ބުނީ އެއާޕޯޓުގެ ގޭޓުތައް ކައިރިއަށް ޖަމާވެފައިވާ މީހުން ވީ އެންމެ އަވަހަކަށް ރައްކާތެރި ސަރަހައްދަކަށް ދިޔުމަށް އެދޭ ކަމަށެވެ. މިދިޔަ ހަފްތާގައި ތާލިބާނުން ވެރިކަމަށް އައުމުން ގައުމުން ފުރަން ބޭނުންވާ އެތައް ހާސް ބަޔަކު ވަނީ އެއާޕޯޓު ކައިރިއަށް ޖަމާވެފަ އެވެ.

"[އެއާޕޯޓުގެ] އެބީ ގޭޓާއި، އިރުމަތީ ގޭޓާއި، އުތުރު ގޭޓް ކައިރީގައި ތިބި މީހުން ވަގުތުން ދިޔުމަށް ގޮވާލަން،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

އޮސްޓްރޭލިއާގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓުން ބުނީ "ޓެރަރިސްޓު ހަމަލާއެއްގެ ނުރައްކާ މެދުނުކެނޑި އެބަ އޮތް" ކަމަށެވެ.

"ކާބުލްގެ ހާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ނުކުރަން ގޮވާލަން. އެ ސަރަހައްދުގައި ތިބި މީހުން، އަވަހަށް ރައްކާތެރި ހިސާބަކަށް ބަދަލުވެ، އިތުރު އެންގުންތައް އަންގަން ދެން އެ ތަނެއްގައި މަޑު ކުރަން އެދެން،" އިނގިރޭސި ވިލާތުން ބުންޏެވެ.

އެމެރިކާ އާއި ގުޅިފައިވާ ގައުމުތަކުން ކޮންމެ ދުވަހަކު ވެސް ދަނީ އެތައް ހާސް ބަޔަކު ފުރުވާލަމުންނެވެ. ނަމަވެސް ތާލިބާނުންނާއެކު އެއްބަސްވެފައިވާ އޯގަސްޓު 31 ވަނަ ދުވަހުގެ ސުންގަޑި ހަމަވުމުގެ ކުރިން ފުރަން ބޭނުންވާ އެންމެންނަށް ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

އެއާއެކު، ފުރަން ބޭނުންވެފައި ތިބި މީހުން ކުރާ މަސައްކަތް ވެސް ދަނީ އިތުރުވަމުންނެވެ. އެއާޕޯޓުގެ އެތެރެ ފުރިފައި ވާއިރު، އެތެރެއަށް ވަދެވޭނެ ގޮތެއް ވޭތޯ އެތައް ހާސް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ގިނަ އާއިލާތަކުން މި ވަގުތު ވެސް މަސައްކަތް ކުރަމުން ދަނީ ތާލިބާނުންގެ ޗެކްޕޮއިންޓުތައް ހުރަސްކޮށް އެއާޕޯޓަށް ދަތުރު ކުރެވޭތޯ ބަލަމުންނެވެ.

މިހާތަނަށް އެއާޕޯޓުގައި ފިތި ބާރުވެގެން އަށް މީހުން ވަނީ މަރުވެފަ އެވެ. ކޮން ބައެއް ކަން ކަށަވަރު ނުރާ ހަނގުރާމަވެރިންތަކެއް މީގެ ކުރިން ވެސް އެއާޕޯޓުގައި ބަޑި ޖަހާފައި ވެ އެވެ. އެ ފަހަރު އެމެރިކާ އާއި ޖަރުމަނު ސިފައިންގެ އެހީގައި ހަނގުރާމަވެރިން ފޮނުވާލި އިރު، އަފްގާން ސެކިއުރިޓީ ގާޑަކު މަރުވި އެވެ.

ތާލިބާނުންގެ ބައެއް ވަކިވަކި ހަނގުރާމަވެރިން، ލީޑަރުންގެ އެންގުމާ ހިލާފަށް ބަދަލު ހިފުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ތާލިބާނުން ވަނީ އެއްބަސްވެފަ އެވެ. އޭގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން ވެސް އަފްގާނިސްތާނުގައި ހަރަކާތްތެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox