ބަންދުކޮށްފައިވާ މަގުތައް ހުޅުވަން ދެކޮޅު ހަދާތީ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

މާލޭ ސިޓީ މޭޔަރު މުއިއްޒު: ދެ ކުންފުންޏަކުން ބަންދުކޮށްފައިވާ މަގުތަކެއް ހުޅުވާލަން ވަނީ އަންގާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

މާލޭ ސިޓީ މޭޔަރު މުއިއްޒު: ދެ ކުންފުންޏަކުން ބަންދުކޮށްފައިވާ މަގުތަކެއް ހުޅުވާލަން ވަނީ އަންގާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ބަންދުކޮށް، އެ ދެ ކުންފުނީގެ އިމާރާތުގެ ގޯތީގެ ތެރެއަށް ވައްދާފައިވާ މަގުތަކެއް ހުޅުވާލަން ސިޓީ ކައުންސިލުން އަންގާ އެކަމަށް މުހުލަތެއް ދިނުމުންވެސް އެކަން ކޮށްފައި ނުވާތީ ގާނޫނީ ފިޔަވަޅު އަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ހުޅުވާލަން އަންގާފައި ވަނީ ސްޓެލްކޯއިން ބަންދުކޮށްފައިވާ ތިން މަގަކާއި އެމްޑަބްލިއެެސްސީން ބަންދުކޮށްފައިވާ ދެ މަގެއްގެ ބައެކެވެ. ހުޅުވާލަން އަންގާއި މުއްދަތެއްވެސް ސިޓީ ކައުންސިލުން ދިނެވެ.

އެއީ ސްޓެލްކޯގެ ހެޑް އޮފީހާއި ކުޑަކުދިންގެ ޕާކާ ދެމެދު އޮންނަ ކުޑަ ގޯޅި އާއި ހެޑް އޮފީހާއި ޕާކްގެ ފަހަތަށް އޮންނަ މަގެވެ.

އަދި، ސްޓެލްކޯގެ ހެޑް އޮފީސް ފަހަތަށް އޮތް ކޮއްޓާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުމުގެ ބައެއް ވެސް ހުޅުވާލަން ސިޓީ ކައުންސިލުން އެންގި އެވެ. ނަމަވެސް އެއްވެސް މަގެއް ހުޅުވާފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަގުތައް ސްޓެލްކޯއާ ހަވާލުކުރީ ވަގުތީ ގޮތުން ކަމަށެވެ.

އެފަރާތްތަކަށް އެ މަގުތަކާއި ގޯޅިތައް އެކި ބޭނުންތަކަށް ދާއިމީކޮށް ބަންދުކޮށްފައިވާތީ އެކަން ހުއްޓާލަން އެންގި ނަމަވެސް އެ ގޯޅިތައް ހުޅުވައި ނުދެވޭނެ ކަމަށް އެ ފަރާތުން ޖަވާބު ދީފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސްޓެލްކޯއިން އެ މައްސަލާގައި ބުނީ މަގުތައް ހުޅުވައިފިނަމަ މާލޭގައި ކަރަނޓު ދިނުމަށް ހުރަސްތަކެއް އެޅޭނެ ކަމަށެވެ.

"އެ ގޯޅިތައް ދިނީ ޖަނަރޭޓަރު ބަހައްްޓާކަށް ނޫން. އަދި އެ ތަންތަން ދާއިމީ ކޮށް ކަމެއް ކުރާކަށްވެސް ނޫން. އޭރު ހުރި ބައެއް ކަންކަމަށް ވަގުތީގޮތުން ދިން މަގުތަކެއް އެއީ. އެހެން ނަމަވެސް އެ ތަންތަން ދާއިމީކޮށް ހިފައި ބަންދު ކޮށްފައި ހުރި ހުރުން އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން،"

"އެހެންވީމާ ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ކައުންސިލްގެ ފަރާތުން އަޅާނަން އެ ގޯޅިތައް ހުޅުވުމަށްޓަކައި. އޭގެ ތެރޭގައި ކޯޓަށް ދިއުންވެސް ހިމެނޭ ގޮތަށް އެ ގޯޅިތަކާއި މަގުތައް ގާނޫނުގެ ތެރެއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން." މުއިއްޒު ވިދާޅުވި އެވެ.

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ބަންދުކޮށްފައިވާ މަގުތައް ހުޅުވާލަން އަންގާފައިވާއިރު، ސްޓެލްކޯއިން ވަނީ އެ މަގުތައް ބަންދުކުރުމަށްފަހު އެ ސަރަހައްދުގައި މަސައްކަތްތައް ވެސް ކުރަމުންނެވެ.

ދެ ކުންފުންޏަކުން ބަންދުކޮށްފައިވާ މަގުތައް ހުޅުވާލަން ސިޓީ ކައުންސިލުން އަންގާފައިވާއިރު އިންޑަސްޓްރިއަލް ވިލެޖުގައި ސްޓެލްކޯއަށް ދީފައިވާ ބިމެއް ވެސް ސިޓީ ކައުންސިލުން ވަނީ ހުސްކޮށްފަ އެވެ. އެތަން އެންގުމަކާ ނުލައި ހުސްކުރި މައްސަލާގައި ސްޓެލްކޯއިން ފުލުހަށް ވެސް ދިޔަ އެވެ.

ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ އެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫން ކަމަށް އެ ކައުންސިލަށް އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox