ހެކި ހުށަހަޅަން އަމީނަށް ފުރުސަތު ނުދޭން ނިންމި ނިންމުން ބަދަލެއް ނުކުރި

އަމީން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި: ހެކި ހުށަހަޅަން ފުރުސަތެއް ނުލިބުން

އަމީން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި: ހެކި ހުށަހަޅަން ފުރުސަތެއް ނުލިބުން

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ދިފާއުވާން ހެކި ހުށަހަޅަން ފުރުސަތުދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރިވިއުކޮށް ދޭން އެދުމުން ވެސް އެ ނިންމުމަށް ބަދަލެއް ނުގެންނަން ނިންމައިފި އެވެ.

މީގެ ދެ އަހަރު ކުރިން ހައްޔަރުކޮށް، އަމީންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް އެ ދެ ދައުވާ އުފުލީ ދައުލަތުން ބުނާ ގޮތުގައި، އައިއެސްގެ ރާއްޖޭގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ދީނީ ވަކި ވިސްނުމެއް ފެތުރުމަށް މަސައްކަތްކޮށްފައިވާތީ އެވެ. އަދި ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

މީގެއިތުރުން ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމާ އެކު، އަފްގާނިސްތާނުގައި އޮތް އައިއެސް ޖަމާއަތުގެ ބައިގަނޑަކަށް، ރާއްޖޭގެ ސެލް ލީޑަރެއްގެ ގޮތުގައި މީހަކު ފޮނުވި ކަމުގެ ތުހުމަތު ވެސް ދައުލަތުން އަމީންގެ މައްޗަށް ކުރެ އެވެ.

އަމީންގެ މައްސަލާގައި މާދަމާ ޝަރީއަތުގެ މަރުހަލާ ފެށުމަށް ނިންމާފައިވާއިރު، އިބްތިދާއީ މަރުހަލާގައި އަމީނަށް ހެކި ހުށަހަޅަން ފުރުސަތު ދިނެވެ. ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ އަޑުއެހުމުގައި އަމީންގެ ފަރާތުން ބުނެފައިވަނީ ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށެވެ.

އެކަމަކު، ޝަރީއަތް ކުރުމުގެ މަރުހަލާ ފެށުމަށް ބޭއްވި އިބްތިދާއީ ބަޔާން އިއްވުމުގެ އަޑުއެހުމުގައި އަމީން ވަނީ ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ހިންގާއިރު މި މަރުހަލާއަކީ އާ ހެކި ހުށަހަޅަން ފުރުސަތު ދެވޭނެ މަރުހަލާއެއް ނޫން ކަމަށް ބުނެ ދައުލަތުން އިއުތިރާޒުކުރި އެވެ.

މައްސަލަ ބައްލަވާ ގާޒީ، އިސްގާޒީ އަހުމަދު ޝަކީލް ވެސް ނިންމެވީ އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.

ނަމަވެސް، މިދިޔަ އާދިއްތަ ދުވަހު އަމީންގެ ފަރާތުން ވަނީ އިސްގާޒީގެ އެ ނިންމެވުމުން ރިވިއުކޮށްދިނުމަށް އެދިފަ އެވެ. އެހެންވެ އެކަމާ ގުޅިގެން މިއަދު ވަނީ މައްސަލާގައި އަޑުއެހުމެއް ބާއްވާފަ އެވެ.

އަމީންގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވި ގޮތުގައި، ދިފާއީ ހެކި ހުށަހެޅިފައިނުވަނީ އެ ހެކިތައް ކުރިން ޖަމާކުރެވިފައިނުވާތީ އެވެ. ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވަނީ ބައެއް މީހުންނާއި އަމީންގެ ވިސްނުންތައް ހުރި ގޮތް އެނގޭނެ ފަދަ އޭނާގެ އަތު ލިޔުންތަކެއް ކަމެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

އެ ފުރުސަތު އިންސާފު ގާއިމްކުރުމުގެ ގޮތުން ގާޒީއަށް ލިބިވަޑައިގަންނަވާ އިހްތިޔާރީ ބާރުގެ ތެރެއިން ދެއްވުމަށް ޔާމީން އެދުނެވެ. ނަމަވެސް، މިއަދު ވެސް ދައުލަތުން ވަނީ އެކަމަށް އިއުތިރާޒުކޮށްފަ އެވެ.

އިސް ގާޒީ ވެސް ވިދާޅުވީ އަމީންގެ ފަރާތުން ނިންމުން ރިވިއު ކުރަން އެދުމުން އެކަމާ ވިސްނެވި ކަމަށާއި ނަމަވެސް، އެ ފުރުސަތު ދޭނެ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ، ފަހުން ހެކި ހުށަހަޅަން ފުރުސަތު ދެެވޭނެ ހާލަތަކީ ވެސް ފަހުން ފާޅުވާ ހެއްކެއް ހުށަހެޅުމަށް ކަމަށްވާތީ އެވެ.

ނަމަވެސް، މި މައްސަލާގައި އަމީން ހުށަހަޅަން ބޭނުންވާ ހެކިތަކަކީ އޭނާއާ އާއިލީ، ވިޔަފާރި އަދި ރައްޓެހިކަމުގެ ގޮތުން ގުޅުން އޮންނަ މީހުން ކަމާއި، އެއީ ފަހުން ފާޅުވެގެން އުޅޭ ހެކިތަކެއް ނޫންކަން ގާޒީ ފާހަގަ ކުރެއްވި އެވެ.

އެ ހެކިތައް ހުށަހެޅުމުގެ ފުރުސަތު ވެސް ކުރިން އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އަމީންގެ ޝަރީއަތުގެ މަރުހަލާ ފަށައި، މާދަމާ އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

ދައުލަތުގެ ހެކިންގެ ތެރޭގައި ހިމެނެނީ ހަތަރު ސިއްރު ހެކިވެރިންނާއި ސިއްރު ލިޔުންތަކެއްގެ އިތުރުން ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓްތަކެވެ. ސިއްރު ލިޔުންތަކުގެ ތެރޭ އެމެރިކާއިން އަމީންއާ ގުޅޭ ގޮތުން ނެރެފައިވާ ދެ މެމޯއެއް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox