ރަޝިއާ އިން އަފްގާނިސްތާނުގެ ކަންކަމާ ނުބެހޭނެ: ޕޫޓިން

ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން.-- ފޮޓޯ: އޭއެފްޕީ

ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން.-- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (އޯގަސްޓު 25) - އަފްގާނިސްތާނުގެ ކަންކަމާ ރަޝިއާ އިން ނުބެހޭނެ ކަމަށާއި ކުރީގެ ސޯވިއެޓް ޔޫނިއަނުން އަފްގާނިސްތާން ހިފައިގެން އުޅުނު އިރު ގިނަ ފިލާވަޅުތަކެއް ލިބުނު ކަމަށް ރައީސް ލެޑިމިއަ ޕޫޓިން ވިދާޅުވެއްޖެ އެވެ.

"އަފްގާނިސްތާނުގެ ދާހިލީ ކަންކަމާ އަޅުގަނޑުމެން ނުބެހޭނަން. ހުރިހާ އެންމެން އެކަކު އަނެކަކަށް ހަމަލާދޭ ހަމަނުޖެހުމެއްގެ ތެރެއަށް އަޅުގަނޑުމެންގެ ސިފައިން ވެސް ނުވަންނާނެ،" ވެރިކަން ކުރާ ޔުނައިޓެޑް ރަޝިއާ ޕާޓީގެ ބައްދަލުވުމެއްގައި ޕޫޓިން ވިދާޅުވި އެވެ.

"އަފްގާނިސްތާނުގައި ސޯވިއެޓް ޔޫނިއަން އަށް ވަނީ ތަޖުރިބާތަކެއް ކުރެވިފައި. އަޅުގަނޑުމެންނަށް ދަސްވާން ޖެހޭ ފިލާވަޅުތައް ދަސްވެ ނިމިއްޖެ".

ރަޝިއާ އިން ވަނީ 1979 ގައި އަފްގާނިސްތާނަށް އަރައި، އެ ގައުމުގެ ކޮމިއުނިސްޓް ސަރުކާރަށް އަސްކަރީ އެހީ ފޯރުކޮށްދީފަ އެވެ. އޭރު ކޮމިއުނިސްޓް ސަރުކާރުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔެއީ މުސްލިމް ގްރޫޕުތަކުންނެވެ.

ދިހަ އަހަރު ވަންދެން އެ ހަނގުރާމަ ކުރިއަށް ދިޔައިރު، ދެ މިލިއަން އަފްގާން ރައްޔިތުން މަރުވެ ހަތް މިލިއަން މީހުންގެ ގެދޮރު ގެއްލުނެވެ. އޭގެ އިތުރުން ރަޝިއާ ސިފައިން 14،000 މީހުން މަރުވި އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސާގީ ލެވްރޯވް އަންގާރަ ދުވަހު ވިދާޅުވީ އެމެރިކާ އިން ވަނީ އަފްގާން ރައްޔިތުން ތާލިބާނަށް ވިއްކާލާފައި ކަމަށާއި ތާލިބާނުން ދެކެ ބިރުން އަފްގާން ރެފިއުޖީންގެ ގިނަ ބަޔަކު އޭޝިއާގެ މެދު ތެރޭގައިވާ ގައުމުތަކަށް ވަންނަމުންދާ ކަމަށެވެ.

އޭޝިއާގެ މެދުތެރޭގައި އޮންނަ ގައުމުތަކަކީ ރަޝިއާ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ގައުމުތަކެވެ. ލެވްރޯވް ވިދާޅުވީ އެމެރިކާ އިން މަސައްކަތް ކުރަނީ އެ ގައުމުތަކުން އަފްގާން ރެފިއުޖީންނަށް "ވަގުތީ ގޮތުން" ފުރުސަތު ދިނުމަށް ވިސްނައިދިނުމަށް ކަމަށެވެ.

އަފްގާނިސްތާނާ އަވައްޓެރި އުޒްބެކިސްތާނަށް 1،500 އަފްގާން ރެފިއުޖީން ވަނީ އެތެރެވެފަ އެވެ. އެ މީހުން ދިރިއުޅެމުން ދަނީ ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައިވާ ވަގުތީ ޓެންޓުތަކެއްގަ އެވެ. އޭގެ އިތުރުން ވެސް ވަށައިގެންވާ ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ދެވޭތީ އާއްމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox