އަފްގާނިސްތާނުގެ ހަމައެކަނި އަންހެން ބޯޑިން ސްކޫލު ރްވާންޑާ އަށް ބަދަލުކުރަނީ

އަފްގާނިސްތާނުގެ އަންހެން ދަރިވަރުންތަކަކަށް ކިޔަވައިދެނީ. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ އަންހެން ދަރިވަރުންތަކަކަށް ކިޔަވައިދެނީ. -- ފޮޓޯ: އޭއެފްޕީ

ކިގާލީ، ރްވާންޑާ (އޯގަސްޓު 25) - އަފްގާނިސްތާނުގެ ހަމައެކަނި އަންހެން ބޯޑިން ސްކޫލު ރްވާންޑާ އަށް ބަދަލުކުރަން ނިންމައިފި އެވެ.

މިދިޔަ ހަފްތާގައި ވެރިކަމަށް އައި ތާލިބާނުން ވަނީ އަންހެނުންގެ ހައްގުތައް ނުހިފަހައްޓާނެ ކަމަށް ވައުދުވެފަ އެވެ. ނަމަވެސް ބިރުން ތިބި ގިނަ ބަޔަކު އަންނަނީ ގައުމު ދޫކޮށް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން ތާލިބާނުން 1990 ގެ އަހަރުތަކުގައި ވެރިކަން ކުރިއިރު ވަނީ އަންހެން ކުދިންގެ ސްކޫލުތައް ބަންދުކޮށް، އަންހެނުން ވަޒީފާ އަށް ދިޔުން މަނާކޮށްފަ އެވެ.

އަފްގާނިސްތާނުގައި އަމިއްލަ ފަރާތަކުން ހިންގާ އަންހެން ކުދިންނަށް ހާއްސަ ހަމައެކަނި ބޯޑިން ސްކޫލު، ސްކޫލު އޮފް ލީޑާޝިޕް އަފްގާނިސްތާ (އެސްއޯއެލްއޭ) ގެ ފައުންޑަރު ޝަބާނާ ބަސިޖް ރާސިކް ވިދާޅުވީ 250 ދަރިވަރުންނާއި، ފެކަލްޓީ ސްޓާފުންނާއި އެ އެންމެންގެ އާއިލާތައް ރްވާންޑާ އަށް ބަދަލުވާން ނިންމާފައިވާ ކަމަށެވެ.

ދަރިވަރުންގެ ކިޔެވުން ދެން ކުރިއަށް ދާނީ ރްވާންޑާގައި ކަމަށް އޭނާ ވިދާޅުވި އެވެ. ޓްވިޓާ މެދުވެރިކޮށް އޭނާ ވިދާޅުވީ އެންމެން މިހާރު ދަތުރު ކުރަމުން ދަނީ ގަތަރުގައި މަޑު ކުރުމަށް ފަހު ރްވާންޑާ އަށް ފުރުމަށް ކަމަށެވެ.

"ގައުމުގެ ހާލަތު ރަނގަޅުވުމުން އަނބުރާ އަފްގާނިސްތާނަށް އާދެވޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

ރްވާންޑާގެ ސަރުކާރުން ބުނީ އެ ގައުމުގައި ސްކޫލު ހިންގަން ހުއްދަ ދީފައިވާ ކަމަށާއި އަފްގާން ރައްޔިތުންނަށް މަރުހަބާ ކިޔާ ކަމަށެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޗީފް މިޝޭލް ބެޗެލެޓް އަންގާރަ ދުވަހު ވިދާޅުވީ ތާލިބާނުންނަށް އޮތް "ރަތް ރޮނގަކީ" އަންހެނުންނާ މެދު އަމަލު ކުރާ ގޮތް ކަމަށެވެ.

ރްވާންޑާގެ އިތުރުން، އެމެރިކާގެ އެދުމުގެ މަތިން ޔުގެންޑާ އިން ވެސް ވަނީ އަފްގާން ރައްޔިތުން އެ ގައުމުގައި ތިބުމުގެ ފުރުސަތު ދޭން ނިންމާފަ އެވެ. ބެލެވޭ ގޮތުގައި އަފްގާނިސްތާނުގައި 2،000 އެއްހާ މީހުން ޔުގެންޑާ އަށް ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox