ދައުލަތުގެ މުދާ ކުއްޔަށް ދީގެން 81 ބިލިއަން ޑޮލަރު ހޯދަން އިންޑިއާ އިން މަސައްކަތް ކުރަނީ

އިންޑިއާގެ ރޭލު ސްޓޭޝަނެއްގައި މީހުންގެ ހުން ޗެކް ކުރަނީ.

އިންޑިއާގެ ރޭލު ސްޓޭޝަނެއްގައި މީހުންގެ ހުން ޗެކް ކުރަނީ.

ނިއު ދިއްލީ، އިންޑިއާ (އޯގަސްޓް 24) - ދައުލަތުގެ މުދާ ޕްރައިވެޓް ސެކްޓަރަށް ކުއްޔަށް ދޫކޮށްގެން 81 ބިލިއަން ޑޮލަރު ހޯދަން އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

ކޮވިޑް ބަލިމަޑުކަމާ ހެދި އިންޑިއާ އަށް ވަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. ލޮކްޑައުން ކުރަން ޖެހުމުގެ ސަބަބުން ބަޖެޓު ޑެފިސިޓް ބޮޑުވެ އެތައް މިލިއަން ބަޔަކު ވަނީ ފަގީރުކަމަށް ވެއްޓިފަ އެވެ.

ޕްރައިވެޓް ކުންފުނިތަކަށް ދިގު މުއްދަތަށް ކުއްޔަށް ދޭން ނިންމާފައި ވަނީ 26،000 ކިލޯމީޓަރުގެ މަގާއި، ކަރަންޓު ފޯރުކޮށްދޭ ލައިންތަކާއި، ހައިޑްރޯ އިލެކްޓްރިކް އަދި ސޯލާ ހަކަތައާ ގުޅޭ މުދަލާއި، ފޯން ނެޓްވޯކްތަކާއި، 15،000 ޓެލެކޮމް ޓަވަރެވެ.

އޭގެ އިތުރުން 8،000 ކިލޯމީޓަރުގެ ގުދުރަތީ ގޭސް ޕައިޕްލައިނާއި، 15 ރޭލު ސްޓޭޝަނާއި ރޭލުވޭ ލައިންތަކާއި، 25 އެއާޕޯޓާއި، ގިނަ އަދަދެއްގެ ސްޓޭޑިއަމްތައް ވެސް ކުއްޔަށް ދޫކުރާނެ އެވެ.

އެކަން އިއުލާނު ކުރީ ހޯމަ ދުވަހު އާއްމު ކުރި، ހަތަރު އަހަރު ދުވަހަށް ހިންގަން ހަމަޖެހިފައިވާ ނޭޝަނަލް މޮޑަނައިޒޭޝަން ޕައިޕްލައިން ޕްރޮޖެކްޓުގެ ދަށުންނެވެ.

"މުދަލުގެ ވެރި ފަރާތަކީ ސަރުކާރު އަދި ވަގުތު އައިސް ޖެހުމުން އަލުން އަނބުރާ ދައުލަތަށް ރައްދު ކުރަން ޖެހޭނެ،" ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތަރަމަން ވިދާޅުވި އެވެ.

"މި ކަމުގެ ތެރެއަށް އަމިއްލަ ފަރާތްތައް ގެނައުމުން އޭގެން ލިބޭ މާލީ ފައިދާ ބޮޑުވެ، އިންފްރާސްޓްރަކްޗާ ބިނާ ކުރުމުގައި އިތުރު އިންވެސްޓްމަންޓް ޔަގީންވާނެ."

އެ ތަންތަން ކުއްޔަށް ދީގެން ލިބޭ ފައިސާ ސަރުކާރުން ހޭދަ ކުރާނީ މާލީ ގޮންޖެހުންތައް ހައްލު ކުރުމަށާއި އާ މަޝްރޫއުތައް ފެށުމަށެވެ.

ސަރުކާރުގެ ނިންމުމަށް އިދިކޮޅުން ވަނީ ފާޑުކިޔާފަ އެވެ. ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވީ 70 އަހަރު ހޭދަކޮށްގެން ބިނާކުރި މުދާ ހިޔާނާތްތެރިންނަށް ހަދިޔާކުރަމުންދާ ކަމަށެވެ.

"އިންޑިއާގެ މުސްތަގްބަލް ވިއްކާލަނީ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ބައެއް ބޮޑެތި ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން އެތައް ބިލިއަން ޑޮލަރެއް ހޯދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން އެއާ އިންޑިއާ އާއި ބާރަތް ޕެޓްރޯލިއަމް އެ ކުންފުނިތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox